Support Us

އިސްރާއީލުން އަޅަމުންދާ ބޮންތަކުގެ ސަބަބުން ޝަހީދުންގެ ޢަދަދު 950 އަށް

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ޙަމަލާތަކާއި އަޅަމުންދާ ބޮންތަކުގެ ސަބަބުން ޣައްޒާއިން 950 މީހަކު މިހާތަނަށް ޝާހީދުވެފައިވާ ކަމަށާއި ޒަޚަމުވެފައިވާ މީހުންގެ ޢަދަދު ފަސް  ހާހަށްވުރެ އިތުރުވެއްޖެ ކަމަށް ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ. 

ޣައްޒާގެ ބައިތު ޙާނޫނުގެ 80 އަމާޒަކަށް އިސްރާއީލުން ޙަމަލާދީފައިވާ ކަމަށް އިސްރާއީލު ސިފައިން ބުންޏެވެ. އޭގެތެރޭގައި ބިންގަރާސްތަކާއި ޙަމާސާއި އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ މަރްކަޒުތައް ހިމެނެއެވެ. 

ހުޅަނގުގެ ރައްޔިތުން ބާލަނީ

ހޮލެންޑްގެ އޭ އެން ބީ ނޫސް އޭޖެންސީ ބުނާގޮތުގައި އިސްރާއީލުގައި ތިބި އެ ޤައުމުގެ މީހުން އެ ތަނުން ބޭލުމަށް ޓަކައި ޢަސްކަރީ މަތިންދާބޯޓެއް ވަރަށް އަވަހަށް ތައްލު އަބީބަށް ފޮނުވޭނެއެވެ. މީގެ އިތުރަށް ހޮލެންޑްގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި ހޮލެންޑްގެ ރައްޔިތުންނަށް ބުރާސްފަތިދުވަހު  ކޭއެލްއެމްގެ މަތިންދާބޯޓު ދަތުރުތަކުން ޤައުމަށް އެނބުރި އާދެވޭނެތެވެ.

އިސްރާއީލުގައި ތިބި ހޮލެންޑް މީހުންގެ ތެރެއިން ދުއިސައްތައެއްހާ މީހުން ވަނީ އިސްރާއީލުން ބޭރަށް ދާން އެދޭ ކަމަށް ބުނެފައެވެ. 

ޑެންމާރކް ސަރުކާރުން ވެސް ވަނީ އިސްރާއީލާއި ފަލަސްޠީނުގެ ބިންތަކުގައި ތިބި އެ ޤައުމުގެ މީހުންނަށް އިސްރާއީލުން އަވަހަށް ބޭރުވުމަށް ނަސޭހަތްތެރިވެފައެވެ. 

ކެނެޑާގެ ޚާރިޖީވަޒީރާ މިލާނީ ޖޫލީ ހާމަކުރެއްވި ގޮތުގައި ކެނެޑާއިން ވެސް މިހާރު މި ރާވަމުންދަނީ ކެނެޑާގެ ޢަސްކަރީ މަތިންބޯޓުތަކެއް ފޮނުވައިގެން އިސްރާއީލާއި ފަލަސްޠީނުގައި ތިބި ކެނެޑާ މީހުން ބޭލުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ އެކްސް ޞަފްޙާގައި ލިޔުއްވައިފައިވާ ގޮތުގައި ތައްލު އަބީބުގެ ވައިބަނދަރަށް ދިޔުމަށް ޢުޒްރުވެރިވާ މީހުންނަށް އެހެން މަގުތަކެއް ތަނަވަސް ކޮށްދެވޭނެއެވެ.

މަނާ ހަތިޔާރު ބޭނުންކުރޭ

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ބޮން އަޅައި މި ތަންތަން ހަލާކުކުރުމުގެ އިތުރަށް އެމީހުން ދަނީ ބައިނަލްއަޤްވާމީ ޤާނޫނު މަނާކޮށްފައިވާ ތަފާތު ބާވަތްބާވަތުގެ ހަތިޔާރުތައް ބޭނުންކުރަމުންނެވެ. އޭގެތެރޭގައި ފޮސްފޯރު ބޮމާއި ކޯޅި ބޮން ހިމެނެއެވެ. ފަލަސްޠީނުގެ ޚާރިޖިއްޔާއިން ބުނާގޮތުގައި ޣައްޒާގެ އުތުރުގެ ސަރަޙައްދެއް ކަމުގައިވާ ކަރާމާއަށް އިސްރާއީލުން ވަނީ ފޮސްފޯރު ބޮން އަޅައިފައެވެ. ހިޔުމަން ރައިޓްސް ވޮޗް ޖަމްޢިއްޔާ ބުނާގޮތުގައި އިސްރާއީލަކީ ވިހަ ހުދު ފޮސްފޯރު ބޮން އާދަކޮށް ބޭނުންކުރާ ބައެކެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް