Support Us

ޣައްޒާއިން ފައިބައިގެން މިޞްރަށް ދިޔުމަށް އިސްރާއީލުން އަމުރުކޮށްފި

ޣައްޒާގެ ރައްޔއިތުން އެ މީހުންގެ ގޮވެތިގެދޮރު ދޫކޮށް އެ ބިމުން ފައިބައިގެން މިޞްރަށް ދިޔުމަށް އިސްރާއީލުގެ ޢަސްކަރިއްޔާއިން މިއަދު އަމުރުކޮށްފިއެވެ.

އަނެއްކޮޅުން ރެފިޔުޖީންނާ ބެހޭ އދގެ އޭޖެންސީ އަންރުވާ ބުނާގޮތުގައި އިސްރާއީލުން ޙިޞާރުކޮށްފައިވާ ޣައްޒާގެ ރައްޔިތުންގެ ތެރެއިން 137 ހާސް މީހުން ބޯހިޔާވަހިކަން ހޯދުމަށް ޓަކައި އަންރުވާގެ ބެލުމުގެ ދަށުގައިވާ 83 މަދުރަސާއަކަށް ވަދެއްޖެއެވެ.

އިސްރާއީލުގެ ޢަސްކަރީ އިސް ތަރްޖަމާނު ކަރނަލް ރިޗަރޑް ހޭޝްޓް ނޫސްވެރީންގެ ބައްދަލުވުމެއްގައި ބޭރުގެ ނޫސްވެރިންނަށް  ހާމަކުރެއްވި ގޮތުގައި މިޞްރު– ޣައްޒާ ރަފަޙު މަގު އަދިވެސް އޮތީ ހުޅުވިފައެވެ.

އޭނާ ވިދާޅުވިއެވެ. "އަހުރެންގެ ނަސޭހަތަކީ އަވަހަށް ޣައްޒާއިން ފައިބައިގެން ދާށެވެ." އެހެނަސް ހޭޝްޓްގެ އޮފީހުން މިއަދު ހާމަކުރިގޮތުގައި ރަފަޙު މަގު އިއްޔެ ހުޅުވައިފައި އޮތަސް މިހާރު އެ މަގު ބަންދު ކޮށްފިއެވެ. 

މިޞްރުގެ އިންޓަރނެޓް ނޫހެއް ކަމުގައިވާ "މަދާ މިޞްރު" ބުނާގޮތުގައި ފަލަސްޠީނު މިޞްރު އިން ވަކިކުރާ ދޮރޯށި ސަރަޙައްދަށް ވެސް އިސްރާއީލުން މިއަދު ބޮން އަޅައިފިއެވެ. މި ނެޓް ބުނާގޮތުގައި އެ މަގުން ދަތުރުކުރުން މިހާރު ވަނީ ހުއްޓިފައެވެ. މިޞްރުން ބުނާގޮތުގައި މި މަގު ބަންދުކުރަންދެން މިޞްރުން ދިޔައީ ފަލަސްޠީނު މީހުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވާ މީހުން މިޞްރަށް އެތެރެ ވުމަށް ހުއްދީފައެވެ. 

މިޞްރުގެ ޚަބަރާބެހޭ ޤާހިރާ ޗެނެލް މިޞްރުގެ މަސްއޫލުވެރީންނާ ޙަވާލާދީ ބުނި ގޮތުގައި އިސްރާއީލުން ޣައްޒާއިން މީހުން ބާލައިބޭލުން މިޞްރުން ކުށްވެރިކުރެއެވެ. އެއީ ފަލަސްޠީނުގެ ޤަޟިއްޔާ ވަޅުލުމަށް ކުރާ މަސައްކަތެއް ކަމަށް މިޞްރުން ބުންޏެވެ. މިޞްރުގެ މި މަސްއޫލިވެރިން ވިދާޅުވިގޮތުގައި މިޞްރުގެ ބިމަކީ އިސްރާއީލަށް ދީފައިވާ ބިމެއް ނޫނެވެ. 

ފަލަސްޠީނުގެޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި އިސްރާއީލުން ހުއްޓައިނުލާ ޣައްޒާއަށް ބޮންއެޅުމުގެ ސަބަބުން މިހާތަނަށް ޢާންމުންގެ 687 މީހުން ޝަހީދުވެއްޖެއެވެ. އޭގެތެރޭގައި 140 ކުޑަކުދިންނާއި 105 އަންހެނުން ވެއެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް