Support Us

އިސްރާއީލުން ޣައްޒާއަށް ބޮން އެޅުމުގެ ސަބަބުން އިސްރާއީލުގެ އަސީރުންތަކެއް މަރުވެއްޖެ

އިސްރާއީލުން ރެއާއި މިއަދު ޣައްޒާއަށް ބޮންއެޅުމުގެ ސަބަބުން އިސްރާއީލުގެ އަސީރުންގެ ތެރެއިން ހަތަރު މީހަކު މަރުވެއްޖެ ކަމަށް ޤައްސާމު ފައުޖުގެ ތަރްޖަމާން އަބޫ ޢުބައިދާ ވިދާޅުވެއްޖެއެވެ. މި މީހުންނާއެކު މި މީހުން އަސީރު ކުރި ފަލަސްޠީނުގެ ހަނގުރާމަވެރިންގެ ތެރެއިން ބަޔަކު ވެސް ޝަހީދުވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  

އަބޫ ޢުބައިދާގެ ޓެލެގްރާމްގައި ލިޔުއްވައިފައި ވެއެވެ. "އިސްރާއީލުން ރެއާއި މިއަދު ޣައްޒާއަށް ބޮންއެޅުމުގެ ސަބަބުން ޢަދުއްވުންގެ ހަތަރު އަސީރަކު މަރުވިއެވެ. އަދި އެމީހުން ބަލަހައްޓަން ތިބި ޤައްސާމުގެ ހަނގުރާމަވެރީންތަކެއް ވެސް ޝަހީދުވިއެވެ."

އަބޫޢުބައިދާގެ ޓެލެގްރާމުގައި ޙަމާސުން ޝަހީދުވި މީހުންގެ ޢަދަދެއް ވިދާޅެއް ނުވެއެވެ.

ޙަމާސްގެ ސިޔާސީ އޮފީހުގެ ނައިބު ރައީސް ޞާލިޙުލް ޢާރޫރީ ވިދާޅުވިއެވެ. "އަހުރެމެންގެ ބަލުމުގެ ދަށުގައި އިސްރާއީލުގެ ވަރަށް ބައިވަރު އަސީރުން އެބަތިއްބެވެ. އޭގެ ތެރޭގައި އިސްރާއީލު ސިފައިންގެ ބޮޑެތި އޮފިސަރުންތަކެއް ވެއެވެ. އަހުރެމެން މި ހަނގުރާމަ ފެށީ މި ހަނގުރާމަ ކާމިޔާބު ކުރުމަށް ޓަކައި ވާންޖެހޭ ޤުރްބާނީތައް ވުމަށް ތައްޔާރުވެގެންނެވެ."

 އަނެއްކޮޅުން އިސްލާމީ ޖިހާދު ޖަމާޢަތުގެ އަމީން ޢާންމު  ޒިޔާދުއް ނައްޚާލާ ވިދާޅުވިއެވެ. "އަހުރެމެންގެ ބެލުމުގެ ދަށުގައި ޢަދުއްވުންގެ 30 އަސީރުން އެބަ ތިއްބެވެ."

އޭނާ އިތުރަށް ވިދާޅުވިއެވެ. "އިސްރާއީލުގެ  ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އެންމެން ދޫކޮށް ލަންޏާ މެނުވީ މި މީހުން ދޫކޮށެއް ނުލާނަމެވެ." 

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ޙަމަލާތަކުގެ ސަބަބުން 436 ފަލަސްޠީނު މީހުން ޝަހީދުވެ 2،300 މީހުން ޒަޚަމުވެފައި ވެއެވެ. އިސްރާއީލގެ ރޭޑިއޯ ބުނާގޮތުގައި އަޤްޞާ ޠޫފާނުގެ ސަބަބުން އިސްރާއީލުން 700 މީހުން މަރުވެ 2،100 މީހުން ޒަޚަމުވިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް