Support Us

ޔުކްރޭންގެ ނާޒީއަކަށް ކެނެޑާއިން އަދަބުއިޙްތިރާމު ކުރުމުން ރަޝިޔާއިން އެ ކަން ކުށްވެރިކޮށްފި

ކެނެޑާގެ ބަރްލަމާނުން އެސްއެސް ބާރުގައި ޚިދްމަތްކޮށްފައިވާ ޔުކްރޭން މީހަކަށް އަދަބުއިޙްތިރާމު އަދާކުރުމުން ރަޝިޔާއިން އެކަން ކުށްވެރިކޮށް އެކަމަށް ރަސްމީ ސިފައެއްގައި މާފަށް އެދުމަށް ކެނެޑާއަށް އަންގައިފިއެވެ. 

ކެނަޑާގައި ހުންނަވާ ރަޝިޔާ ސަފީރު އެލިގް ސްޓެބަނޯވް  ވިދާޅުވިގޮތުގައި ކެނެޑާގެ ބަރްލަމާނުން ރަޝިޔާގެ ރައްޔިތުންނާއި  ކެނެޑާގައި ދިރިއުޅޭ ރޫސީންގެ ކިބައިން ރަސްމީކޮށް މި ކަމަށް މާފަށް އެދެންޖެހޭނެއެވެ. 

ނާޒީންގެ އެސްއެސް ބާރުން ރޫސީން ޖަމާޢަތްޖަމާޢަތަށް ނައްތައިލަން ޢަމަލުކޮށްފައިވާ ކަމަކީ އެކަން ނޭނގޭކަމަށް ހެދޭނެ ޙަޤީޤަތެއް ކަމެއް ނޫނެވެ. ކެނެޑާގެ ބަރްލަމާނުން އަދަބު އިޙްތިރާމު އަދާކޮށްފައިވާ ޔެރޮސްލާވް ހޮންކާއަކީ އެސްއެސް ޖަމާޢަތުގެ  ހަނގުރާމަވެރިއެކެވެ. ރަޝިޔާއިން ބުނިގޮތުގައި މި ހޮންކާއަކީ ހަނގުރާމައިގެ މުޖްރިމެކެވެ. 

އެސޯޝޭޓެޑް ޕްރެސް އިން މި ދިޔަ ހަފުތާގައި ޝާއިޢުކުރި ފޮޓޯތަކާއި ވީޑިއޯތަކުގައި ހޮންކާ ކެނެޑާގެ ބަރްލަމާނަށް ވަދެ ޔުކްރޭން ރައީސް ޒިލެންސްކީ މި މަހު 22ގައި ވާހަކަފުޅު ދެއްކެވިއިރު ހިތްވަރުދީ އަތްތިލަބަޑި ތަޅައިފައި ވެއެވެ. 

ކެނެޑާގެ ބަރްލަމާނުގެ ރައީސް އޮންޓޮނީ ރޯޓާ ވަނީ އެ ޙަދިސާގެ ފުރިހަމަ މަސްއޫލިއްޔަތު އުފުއްލަވައި އެކަމާ ހެދި ދެރަފުޅުވާ ކަމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވިގޮތުގައި އޭނާއަށް ވެސް އަދި އޭނާގެ އެކުވެރީންނަށް ވެސް އަދި ޔުކްރޭންގެ ވަފްދަށް ވެސް ދަޢުވަތު ދިން މީހުންނާ ބެހޭ މަޢުލޫމާތު ލިބިވަޑައިގެންފައެއް  ނުވެއެވެ.

ރަޝިޔާގެ ޚާރިޖިއްޔާއިން ބުނިގޮތުގައި "ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޯޑޯގެ ސަރުކާރު ސިފަކުރާނީ ފާޅުގައި ނާޒީއަކަށް އަދަބުއިޙްތިރާމު ކުރި ޤައުމަކަ"ށެވެ. 

ކެނެޑާގެ ޚާރިޖީ ވަޒީރާ މެލާނީ ޖޫލީ އިއްޔެ ވަނީ ބަރްލަމާނުގެ ރައީސަށް އިސްތިޢުފާދެއްވުމަށް ގޮވައިލައްވައިފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި "މިއީ ކެނެޑާގެ ރައްޔިތުންނަށާއި ބަރްލަމާނުގެ މޫނުމަތީގައި ޖެހުނު ހުތުރު ލައްގަނޑެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް