އިންޑިޔާގައި ވެރިކަން ކުރާ ބީޖޭޕީ ޕާޓިގެ މެންބަރަކު އިންޑިޔާގެ ބަރްލަމާނުގައި އިސްލާމްދީނަށާއި މުސްލިމުންނަށް ފުރައްސާރަކޮށް ވާހަކަދެއްކުމުން އިންޑިޔާގެ މުސްލިމުން ވަރަށް ބޮޑަށް ރުޅި އަތުވެއްޖެ އެވެ.
ރޮއެޓަރޒް ބުނާ ގޮތުގައިދިއްލީ ތަމްސީލުކުރާ މެންބަރެއް ކަމުގައިވާ ރަމޭޝް ބޭދޯރީ އިންޑިޔާގެ ބަރްލަމާނުގައި އިއްޔެ ވާހަކަދައްކަމުން ވަރަށް ހުތުރު ބަހުން ބަރްލަމާނުގެ މައިނޯރިޓީ މެންބަރަކާ ވަނީ މުޚާޠަބުކޮށްފައެވެ. އޭނާގެ ވާހަކަތައް ވަނީ އިންޑިޔާގައި އޯޑިއޯވީޑިއޯކޮށް ފެތުރިފައެވެ.
އިންޑިޔާގެ ދިފާޢީ ވަޒީރު ރަޖްނާތު ސިންގް ސިފަކުރެއްވި ގޮތުގައި "މިއީ އެކަށީގެންވާ ބަސްތަކެއް ނޫނެވެ." އޭނާ ބަރްލަމާނުގެ ރައީސަށް މި ވާހަކަތައް ޖަލްސާގެ ޔައުމިއްޔާއިން އުނިކުރުމަށް ގޮވައިލެއްވިއެވެ. އެއީ އެކަމުގެ ސަބަބުން އިދިކިޅު މެންބަރުންނަށް ގެއްލުން ލިބިވަޑައިގެންފައިވާތީއެވެ.
ބަރްލަމާނުގެ ބައެއް މެންބަރުން ދިއްލީ މެންބަރުގެ ބަޔާން ކުށްވެރިކުރައްވަމުން އެއީ "އިންޑިޔާގެ އެންމެންނަށް ކޮށްފައިވާ އިހާނެތި ޢަމަލެއް ކަމަށް" ވިދާޅުވިއެވެ. ބަރްލަމާނުގެ ރައީސް އެ ވާހަކަތައް ދެއްކުން ނުހުއްޓުވީ ކީއްވެގެންތޯ އެބޭފުޅުން ސުވާލު ކުރެއްވިއެވެ.
ޖައްމޫ ކަޝްމީރުގެ ކުރީގެ ބޮޑުވަޒީރު ޢުމަރު ޢަބްދުﷲ ބީޖީޕީ އަކީ މުސްލިމުންގެ ޕާޓީ ކަމަށް ބުނާ މުސްލިމުންނަށް މި ފެންވަރުގެ ދަށު ދަރަޖައިގެ ނަފްރަތްތެރިކަމާއެކު ދިރިއުޅޭނީ ކިހިނެއްތޯ ސުވާލު ކުރެއްވިއެވެ. ޢުމަރު ޢަބްދުﷲގެ ވާހަކަފުޅުގައި ބަރްލަމާނުގެ މެންބަރުގެ ބައެއް ވާހަކަތައް ތަރްޖަމާކޮށްދެއްވައިފައި ވެއެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ "ހަޑިހުތުރު ބަސްތަކުން ފުރައްސާރަކުރުމާއި މުސްލިމުން ނިރުބަވެރީންކަމަށް" ސިފަކުރާ ބަސްތަކެކެވެ.
ދުރަށް ދެއްކި ބައެއް ވީޑިއޯތަކުގައި ބިޖޭޕީގެ ކުރީގެ ވަޒީރެއްކަމުގައިވާ ހަރްޝް ވަރްދަން ހިނިފުޅުވަޑުވާން އިންނެވި ތަން ފެނިފައި ވެއެވެ.
ބީޖޭޕީ 2014 ގައި ވެރިކަމަށް އައިފަހުން އެ ޕާޓީގެ މެންބަރުން ތަފާތު ތަންތާނގައި ތަފާތު މުނާސަބަތުތަކުގައި މުސްލިމުންނާ ދެކޮޅަށް ދޭ ބަޔާންތައް ވަނީ އިތުރުވެފައެވެ.



advertisment