Support Us

ތައިވާނަކީ ޗައިނާގެ މައި ބައްރާ ވަކިނުކުރެވޭނެ ޗައިނާގެ ބިމެއް: ޗައިނާގެ ނައިބު ރައީސް

ތައިވާނަކީ ޗައިނާގެ މައި ބައްރާ ވަކިނުކުރެވޭނެ ޗައިނާގެ ބިމެއް ކަމަށާއި ފަލަސްޠީނު މީހުން އެމީހުންގެ ޙައްޤުތައް އަނބުރާ ހޯދުމަށް ޓަކައި ކުރާ މަސައްކަތްތަކަށް ޗައިނާއިން ތާއީދުކުރަމުންދާނެ ކަމަށް ޗައިނާގެ ނައިބު ރައީސް ޗިންގް އދ ގެ ޢާންމު ޖަމްޢިއްޔާގައި ވާހަކަފުޅުދައްކަވަމުން ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޝީގެ މަންދޫބުގެ ހައިސިއްޔަތުން އދ.ގައި ވާހަކަފުޅު ދައްކަވަމުން ޗިންގް (ފޮޓޯގައި) ވިދާޅުވިގޮތުގައި އަތްގަދަކުރުމުގެ އުޞޫލުތަކާއި ފިނި ހަނގުރާމައިގެ ވިސްނުމަކީ ޗައިނާ އެކަމާ ދެކޮޅުހަދާ ކަންތައްތަކެކެވެ. ޗައިނާގެ ބާރަށް އިހާނެތިކަމާއެކު ނުބެލުމަށާއި ޗައިނާގެ ބިމުގެ އެއްބައެއްވަންތަކަން ރައްކައުތެރިކުރުމުގެ ޤާބިލުކަން ޗައިނާއަށް ލިބިފައިނުވާ ކަމަށް އެއްވެސް ފަރާތަކުން ހީނުކުރުމަށް އޭނާ އދގެ މިންބަރު މަތިން ދުނިޔެއަށް ގޮވައިލެއްވިއެވެ.

ޗައިނާގެ ނައިބު ރައީސް އޭނާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ދުނިޔޭގައި އުފެދެމުންދާ ދެބަސްވުންތައް ސުލްޙަމަސަލަސްކަމުގެ ވަސީލަތްތަކުންނާއި ވާހަކަދައްކައިގެން ޙައްލުކުރަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. ޔުކްރޭންގެ މަސްއަލަ ސުލްޙަވެރި މަގުތަކުން ޙައްލު ކުރުމަށް ޓަކައި ކުރެވޭ ހުރިހާ މަސައްކަތްތަކަކަށް ޗައިނާ ވާގިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިޝާރާތްކުރެއްވި ގޮތުގައި ޔުކްރޭންގައި ސުލްޙަ ޤާއިމުކުރުމަށް ޓަކައި ބިނާކުރަނިވި ދައުރެއް ކުޅުމަށް ޗައިނާ އޮތީ ތައްޔާރަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މެދުއިރުމަތީގެ މަސްއަލަތަކުގެ ނާރެހަކީ ފަލަސްޠީނު މަސްއަލައެވެ. އޭނާ ވިދާޅުވި ގޮތުގައި މި މަސްއަލަ ޙައްލު ކުރެވޭނީ ދެ ދައުލަތުގެ ޙައްލުގެ ތެރެއިންނެވެ.

ޗިންގް ވިދާޅުވިއެވެ. "ދުނިޔެއާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިކުރުވާ ބަހާތަކަކީ ދުނިޔޭގެ ސަލާމަތީ ޙާލަތާއި ދުނިޔެއާ ކުރިމަތިވަމުންދާ ކާރިސާތަކާއި އިޤްތިޞާދީ ދަތި ޙާލަތުތަކެވެ. މި ފަދަ މަސްއަލަތައް ޙައްލު ކުރުމުގައި އިޚްތިޔާރު ކުރަން ޖެހޭނީ ވާހަކަދެއްކުމުގެ ވަސީލަތެވެ. ކުރިމަތިލުމުގެ ވަސީލަތެއް ނޫނެވެ. ބައިވެރިވެ ޙިއްސާކުރުމުގެ ވަސީލަތެވެ. ޚުދްމުޚްތާރު ގޮތެއް ނޫނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *