Support Us

ބުރްކީނޯ ފާސޯގައި ހުންނަވާ ފަރަންސޭސީ ޢަސްކަރީ އެޓާޝޭ ފޮނުވައިލަނީ

ބުރްކީނާ ފާސޯގައި ހުންނަވާ ފަރަންސޭސި ޢަސްކަރީ އެޓާޝޭގެ ސުލޫކު ނުބައިކަމުން ފޮނުވައިލުމަށް ބުރްކީނާ ފާސޯގައި ވެރިކަން ކުރާ ޢަސްކަރީ މަޖިލީހުން ނިންމައިފިއެވެ.

ބުރްކީނާ ފާސޯގެ ޚާރިޖިއްޔާއިން ފަރަންސޭސި އެންބެސީއަށް ބުރާސްފަތި ދުވަހު ފޮނުވި ސިޓީ ބުނާގޮތުގައި ފަރަންސޭސި ޢަސްކަރީ އެޓާޝޭއާއި އޭނާއެކު މަސައްކަތްކުރާ ޓީމު ދެ ހަފުތާގެތެރޭގައި އެ ޤައުމުން ބޭރަށް ދާން ޖެހޭނެއެވެ. 

ޕެރިހުން ބުނާގޮތުގައި ބުރްކީނާ ފާސޯގެ ތުހްމަތަކީ "ޚިޔާލީ" ވާހަކައެކެވެ. ފަރަންސޭސި ޚާރިޖިއްޔާގެ ތަރްޖަމާނާ ޙަވާލާދީ ޔޫރޯ ނިވްޒް ބުނާގޮތުގައި "ފަރަންސޭސި ޢަސްކަރީ އެޓާޝޭ ޚަރާބީ ޢަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ ކޮށްފައިވާ ތުހްމަތަކީ ޚިޔާލީ އުފެއްދުމެކެވެ. ބުރްކީނާފާސޯގެ ޚާރިޖިއްޔާއިން ފޮނުވި ސިޓީގައި ފަރަންސޭސި ޢަސްކަރީ އެޓާޝޭ ކޮށްފައި ވަނީ ކޮން ކަހަލަ ޢަމަލުތަކެއް ކަމެއް ބުނެފައެއް ނުވެއެވެ. ޕެރިހުގައި ހުންނަ ބުރްކީނާ ފާސޯގެ ދިފާޢީ އޮފީސް ވަނީ ވަގުތުން ބަންދުކޮށްފައެވެ."

ބުރްކީނާ ފާސޯގެ އިންތިޤާލީ ސަރުކާރުން ވަނީ އެ ޤައުމުގައި ހުންނަވާ ސަފީރު ބާބަރާ މެންޒީ ވެސް ފޮނުވައިލައިފައެވެ. 

ޖަނަވަރީ 2022 ގައި ބުރްކީނާ ފާސޯއަށް ގެނައި ޢަސްކަރީ އިންޤިލާބާ ވިދިގެން އެ ޤައުމުގައި ވަނީ ފަރަންސޭސިވިލާތާ އިދިކޮޅު މުޒާހަރާތައް އިތުރުވެފައެވެ. ބުރްކީނާ ފާސޯގައި ތިބި ފަރަންސޭސި ސިފައިން އަވަށްޓެރި މާލީގައި ތިބި ހަރުކަށި ހަނގުރާމަވެރީންނާ ދެކޮޅަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ބުރްކީނާ ފާސޯއިން ތުހްމަތު ކުރެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް