Support Us

ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކަކާއެކު އުތުރު ކޮރެޔާގެ ޒަޢީމު ރަޝިޔާއަށް

އުތުރު ކޮރެޔާގެ ޒަޢީމު ކިމް ޖޮންގް އުން  ރޫސީ ރައީސް ޕޫޓިނާ ބައްދަލު ކުރެއްވުމަށް ޓަކައި ޚާއްޞަ ރޭލެއްގައި މިއަދު ރަޝިޔާއަށް ވަޑައިގަންނަވައިފި ކަމަށް ދެކުނު ކޮރެޔާގެ ޚަބަރުފަތުރާ  ވަސީލަތްތަކުން ބުނެފިއެވެ. 

ރަޝިޔާގެ އިންޓަރފެކްސް ނޫސް އޭޖެންސީ ބުނާގޮތުގައި ކިމް ޖޮންގ އުން ރަޝިޔާއަށް ޒިޔާރަތެއް ކުރައްވާނެކަމަށް ލަފާކުރެވެއެވެ. 

ދެކުނު ކޮރެޔާގެ ދުވަހު ނޫހެއް ކަމުގައިވާ ޗޫސުން އިލްބޫ  ބުނާގޮތުގައި އުތުރު ކޮރެޔާގެ ޒަޢީމު މިއަދު ހެނދުނުގެ ވަގުތެއްގައި ރޫސީ ރައީސް ވްލެޑިމީރު ޕޫޓިނާ ބައްދަލު ކުރައްވާނެއެވެ.  

މި ކަމާ ބެހޭގޮތުން ޖަޕާނުން ބުނާގޮތުގައި އުތުރު ކޮރެޔާއާއި ރަޝިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި ރައީސް ކިމް ދަތުރުފުޅު ކުރައްވާ ރޭލު ރީތި ކުރަމުންދާތަން ފެނެއެވެ. މި ދަތުރުފުޅު ކުރައްވާނީ ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކާ އެކުގައި ކަމަށް ޖަޕާނުން  ބުންޏެވެ.

އުތުރު ކޮރެޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ. ދެކުނު ކޮރެޔާގެ ޚާރިޖިއްޔާ ބުނާގޮތުގައި އެ ވުޒާރާއިން ދަނީ މި ކަންތައްތަކަށް ވަރަށް ބޮޑަށް ކަޅިއަޅައި ބަލަމުންނެވެ. 

ޢަސްކަރީ އެއްބާރުލުން

އެމެރިކާއާއި ދެކުނު ކޮރެޔާގެ މަސްއޫލުވެރީންނާއި މުޙައްލިލުން ވިދާޅުވާ ގޮތުގައި ކިމް- ޕޫޓިން ސަމިޓްގައި އިސްކަންދެއްވާނީ ޢަސްކަރީ މައިދާނުގައި އެއްބާރުލުން އިތުރުކޮށް ފުޅައުކުރުމާ ބެހޭގޮތުންނެވެ. 

މިމަހު ނުވަ ވަނަ ދުވަހު ކްރެމްލިނުން ބުނިގޮތުގައި  ޕޫޓިން އިރުމަތީ ރަޝިޔާގެ އެންމެ ދުރުގައި އޮންނަ ވްލާޑިވޮސްޓޮކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެ ސަހަރުގައި  މިދިޔަ އާދީއްތަ ދުވަހު ހުޅުވުނު އިރުމަތީ އިޤްތިޞާދާ ބެހޭ ސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައެވެ. އެހެނަސް ރައީސް ޕޫޓިން މި ރަށުގައި ޒަޢީމް ކިމާ ބައްދަލު ކުރެއްވުމާ ބެހޭގޮތުން ކްރެމްލިނުން އެއްވެސް އެއްޗެއް ނުބުނެއެވެ.  

ޔުކްރޭން ހަނގުރާމައިގެ މަސްއަލައިގައި އުތުރު ކޮރެޔާއަކީ ރަޝިޔާއަށް ތާއީދުކުރާ ޤައުމެކެވެ. މި ދިޔަ ހަފުތާގައި ރައީސް ޕޫޓިން ވިދާޅުވެފައިވާ ގޮތުގައި ރަޝިޔާއިން އުތުރު ކޮރެޔާއާއެކު ހުރިހާ މައިދާންތަކެއްގައި ގުޅުންތައް ބަދަހިކުރާނެއެވެ. 

އުތުރު ކޮރެޔާގެ ޒަޢިމު ކިމް އެންމެފަހުން ޤައުމުން ބޭރަށް ވަޑައިގަތީ 2019ވަނަ އަހަރުއެވެ. އެއީ ރައީސް ޓްރަމްޕާއެކު ބޭއްވެވި ވާހަކަދެއްކުންތައް ނާކާމިޔާބުވުމުން ރަޝިޔާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *