Support Us

ރޫސީ ސިފައިން ކުުރިއަރަމުންދާތީ ޚާރްކީވްގެ އެތައް ރަށްތަކަކުން މީހުން ބާލައިފި

ޔުކްރޭންގެ އިރުއުތުރު ސަރަޙައްދެއް ކަމުގައިވާ ޚަރްކީވްގައި ރޫސީ ސިފައިން ކުރިއަރަމުންދާތީ މި ސަރަޙައްދުގެ އެތައް ރަށްތަކަކުން މީހުން ބޭލުމުގެ މަސައްކަތް ކިޔީވުން ފަށައިފިއެވެ. ޔުކްރޭން އެއްބަސްވާ ގޮތުގައި އެ ސަރަޙައްދުގައި ރޫސީ ސިފައިން ވަނީ ބާރުގަދަކޮށްފައެވެ. 

ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ކޮބިއަންސްކް ވަށައިގެން ރޫސީ ސިފައިން ދަނީ ވަރުގަދަ ޙަމަލާތަކެއް ދެމުން ކުރިއަރަމުންނެވެ.

މި ކުރިއެރުމާ ވިދިގެން އެ ސަރަޙައްދުގެ ޔުކްރޭން އިދާރާއިން މިހާރު ވަނީ 37 ރަށަކުން މީހުން ބާލަން އަމުރުކޮށްފައެވެ. މި ރަށްތަކަކީ އޮސްކެލް ކޯރުގެ ވާތްފަރާތު އައްސޭރީގައި އޮންނަ ރަށްތަކެކެވެ. ކޮބިއަންސްކް ސަހަރަކީ 25 ހާސް މީހުން ދިރިއުޅޭ ރަށެކެވެ. މި ރަށުން މީހުން ބޭލުމުގެ މަސައްކަރް މިއަދު ހެދުނު ވަނީ ފަށައިފައެވެ. މީހުން ބާލަންޖެހުނީ ސަލާމަތީ ޙާލަތު ދަތި ޙާލަތަކަށް ބަދަލުވުމާއި ގޮވާއެއްޗެހި ގޮވުން އިތުރުވެ ޢާންމުންނަށް ލިބެމުންދާ ގެއްލުންތައް އިތުރުވުމެވެ. މި ސަހަރުން ބޭލެމުންދަނީ އަންހެނުންނާއި ކުޑަކުދީންނާއި ޢުމުރުން ދުވަސްވީ ފިރިހެނުންނާއި ނުކުޅެދޭ މީހުންނެވެ. 

ކޮބިޔަންސަކީ ރޫސީ ސިފައިން އަތުން ޔުކްރޭން ސިފައިން މި ދިޔަ ސެޕްޓެންބަރުގައި ހިފައިފައިވާ ރަށެކެވެ. ރޫސީ ސިފައިން އެންމެ ވަރުގަދައަށް ޙަމަލާދޭ މައިދާންތަކުގެ ތެރޭގައި މި ސަހަރު ވެއެވެ. 

ޔުކްރޭންގެ ރިވްނީ  ސަރަޙައްދުގެ  ގަވަރުނަރާ ޙަވާލާދީ ރޮއެޓަރޒް ބުނާގޮތުގައި ރަޝިޔާއިން ދިން ޑްރޯން ޙަމަލާއެއްގައި ރޭ ވަނީ އެ ސަރަޙައްދުގެ އުނދަނަ ތާނގީތަކެއް ގޮއްވައިލައިފައެވެ. އެކަމުގެ ސަބަބުން ވަރަށް ވަރުގަދައަށް އެ ރަށް އަނދަމުންދާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އެހެނަސް މީހަކަށް ކަމެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ. 

ރަޝިޔާއިން ރޭ ޒަބަރޯޖިޔާ އަށް ވެސް ޑްރޯން ޙަމަލާތަކެއް ދިނެވެ. ރޮއެޓަރޒް ބުނާގޮތުގައި މި ޙަމަލާތަކުގެ ސަބަބުން ޒަބަރޯޖިޔާ ސަހަރުން ދެ އަންހެނަކާއި ފިރިހެނަކު މަރުވިއެވެ. އަދި އިތުރު ނުވަ މީހަކު ޒަޚަމުވިއެވެ. ރޮއެޓަރޒް ބުނާގޮތުގައި މި ޙަމަލާތަކުގެ ސަބަބުން އެތައް ޢިމާރާތްތަކަކަށް ގެއްލުން ލިބުނެވެ. 

އަނެއްކޮޅުން ޒަބަރޯޖިޔާ އިސްޓޭޝަންގައި ބޭނުންކޮށްފައި ހުރި ނިޔުކްލިއަރ  އުނދަނަ ގުދަންތަކަށް ޔުކްރޭނުން ޙަމަލާދޭން އުޅޭކަމަށް މޮސްކޯއިން ކުރި ތިހްމަތުތައް ޔުކްރޭންގެ ރައީސްގެ މުޝީރު ދޮގު ކުރައްވައިފިއެވެ. 

ޔުކްރޭންގެ ޗީފް އޮފް ސްޓާފްގެ އޮފީސް ބުނާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ވައިގެ 50 ޙަމަލާއާއި މިސައިލްގެ ތިން ޙަމަލާދީފައި ވެއެވެ.

އަނެއްކޮޅުން ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވާ ގޮތުގައި ޖަރްމަނުން  ޔުކްރޭނަށް ދިން ޕެޓްރިއެޓް ވައިގެ ދިފާޢި ނިޒާމުތައް ކިޔީވަށް ލިބިއްޖެއެވެ. މި ކަމުގެ ސަބަބުން ޔުކްރޭން މީހުންގެ ފުރާނަތައް ޙިމާޔަތް ކުރުމަށް ބޭނުންވާ ވައިގެ އައްޑަނަ ބިނާކުރުމުމުގެ މަސައްކަތް ޤާއިމުވެގެންދާނެއެވެ. ޖަރްމަނުން ބުނާގޮތުގައި އެ ޤައުމުން ކިޔީވަށް ޕޭޓްރިއެޓް މިސައިލް ނިޒާމުގެ ދެ ނިޒާމު ވަނީ ދީފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *