Support Us

އައު ފެހި އިސްތިޢުމާރާ ދެކޮޅު ކަމަށް ބްރެޒީލްގެ ރައީސް ވިދާޅުވެއްޖެ

ޞިނާޢީ ދައުލަތްތަކުން ވެށި ޙިމާޔަތް ކުރުމާ ބެހޭގޮތުން ދޭ ދަރުސްތަކާއި ނަގައިދޭ ފިލާވަޅުތައް ބަލައިނުގަންނާނެ ކަމަށް ބްރެޒިލްގެ ރައީސް ލުވިސް ލޫލާ ޑަ ސިލްވާ ވިދާޅުވެއްޖެއެވެ.

ބްރެޒިލްގެ އައްސޭރި ރަށެއް ކަމުގައިވާ ބެލީމް ސަހަރުގައި ބޭއްވި އެމަޒަން ސަމިޓް ނިންމާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ލޫލާ ވިދާޅުވިއެވެ. "އައު ފެހި އިސްތިޢުމާރާ އަހުރެމެން ދެކޮޅުހަދަމެވެ. އެއީ ވެށި ޙިމާޔަތްކުރުމުގެ ނަމުގައި ވިޔަފާރީގެ މަގުތަކަށް ހުރަސްއަޅައި ބަޔެކެވެ. އެމީހުން އަހުރެމެންގެ ވަޠަނީ ސިޔާސަތާއި ގަވައިދުތަކަށް އިޙްތިރާމެއް ނުކުރެއެވެ. އެއީ އެމީހުން ދަންނަކަމެއް ނޫނެވެ. އެމީހުންގެ ސިޔާސަތުތަކަކީ އިމްތިޔާޒީ އިޖްރާއާތުތަކެކެވެ."

ޔޫރަޕްގެ އިއްތިޙާދާއި ދެކުނު އެމެރިކާގެ އިޤްތިޞާދީ އެއްބާރުލުމާ ދެމެދުގައި ޤާއިމުކުރުމަށް ހުށައެޅިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް  އިތުރުކުރުމަށް ބްރަސަލްސް އިން ހުށައެޅި އިޢުލާނާ ދެކޮޅަށް ވެސް ރައީސް ލޫލާ ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބްރަސަލްސް އިން މޫސުމާއި ވެށްޓާއި އިންސާނީ ޙައްޤުތަކާ ބެހޭގޮތުން އިތުރުކުރަން ބޭނުންވާ އިޢުލާނަކީ ދެކުނު އެމެރިކާގެ އިޤްތިޞާދީ ޖަމާޢަތް (ބްރެޒިލް، އާޖެންޓީނާ، ޕެރަގުއޭ، އުރްގުވޭ) ގެ ދާޚީލީ ކަންތައްތަކާ ބެހުމެވެ. މޫސުމާއި ވެށި ޙިމާޔަތް ކުރުމަށް ޓަކައި ޙަޤީޤީ ޚިދްމަތްތަކެއް ކުރުމަށް ރައީސް ލޫލާ ޞިނާޢީ ޤައުމުތަކަށް ގޮވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *