Support Us

"އުންމެޝް" އަދަބީ ޢީދާއި މަހާސިންތާގައި ވަހީދު (ވ)

ބައިނަލްއަގުވާމީ އަދަބީ އީދެއްގައި ވަހީދު ދިވެހިރާއްޖެ ތަމްސީލް ކުރައްވައިފި

އިންޑިޔާގެ މިނިވަންކަމަށް 75 އަހަރު ފުރުމުގެ ގޮތުން ބޭއްވި ބައިނަލްއަގުވާމީ އަދަބީ އީދެއްގައި، މަޝްހޫރު ލިޔުންތެރިޔާ އޮގަރު އިބްރާހީމް ވަހީދު ދިވެހިރާއްޖެ ތަމްސީލް ކުރައްވައިފިއެވެ.

އިންޑިޔާގެ އިތުރުން 13 ޤައުމަކުން އަދީބުން ބައިވެރިވި "އާޒާދީކާ އަމްރިތް މަހޯތްސަވް"ގެ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ "އުންމެޝް" އަދަބީ ޢީދާއި މަހާސިންތާ އޮތީ އިންޑިޔާގެ މަދްޔަޕްރަދޭޝްގެ ވެރިރަށް ކަމުގައިވާ ބޯޕާލްގައި މި މަހުގެ 3- 6 އަށެވެ. އެކި ގައުމުތަކުގެ ސަތޭކައެއްހައި ތަފާތު ބަސް ތަމްސީލުކުރާ 575 އަދީބުން ބައިވެރިވި މި އަދަބީ ޢީދު އިފްތިތާޙްކޮށްދެއްވީ އިންޑިޔާގެ ރައީސް ޝްރީމަތީ ދްރޯޕަދީ މުރްމޫ އާއި، މަދްޔަޕްރަދޭޝްގެ ގަވަރުނަރު ޝްރީ މަންގޫބާއީ ޕަޓޭލް އާއި މަދްޔަޕްރަދޭޝްގެ ޗީފް މިނިސްޓަރ ޝިވްރާޖް ސިންގް ޗޯހާން އެވެ.

ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ވަހީދަށް، މި ޢީދުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ދިނީ އިންޑިޔާގެ ޘަޤާފަތާ ބެހޭ ވުޒާރާއިންނާއި ސާހިތްޔަ އެކަޑަމީންނެވެ. މި ޢީދުގައި ވަހީދު ވަނީ ދިވެހި ބަހުގެ މުއްސަނދި އަދަބިއްޔާތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *