Support Us

ރޫސީވިލާތުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް ޑިމިޓްރީ މެޑަވްޑޭވް

ޔުކްރޭންގައި ހިންގާ ޢަސްކަރީ މަސައްކަތް ރާވައިފައިވާ ގޮތަށް ނިންމައިލެވޭނެ: މެޑްވެޑޭވް

ޔުކްރޭންގައި ރަޝިޔާއިން ފަށައިފައިވާ ޢަސްކަރީ ޚާއްޞަ މަސައްކަތް ރާވައިފައިވާ ގޮތަށް ކުރިއަށް ގެންގޮސް ނިންމައިލުމުގެ ކުޅަދާނަކަން ރަޝިޔާއަށް ލިބިފައިވާ ކަމަށް ރަޝިޔާގެ ކުރީގެ ރައީސް އަދި ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް މެޑްވެޑޭވް ވިދާޅުވެއްޖެއެވެ.

މެޑްވެޑޭވް އޭނާގެ ޓެލެގްރާމުގައި ވިދާޅުވެފައިވާ ގޮތުގައި 2008ގައި ރަޝިޔާއިން ނަޞްރު ހޯދިގޮތަށް ޢަދުއްވުން ބަލިކޮށް ނަޞްރު ހޯދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި އެ ހަނގުރާމައިގައި ވެސް އެމެރިކާ، ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރިއެވެ. އެހެނަސް މިއަދު ހަނގުރާމަ ކުރަމުންދަނީ ފާޅުގައެވެ.

މެޑްވެޑެވް މި އިޝާރާތް ކުރައްވަނީ 2008 އޮގަސްޓް އަށް ވަނަ ދުވަހުގެ ރޭ ޖޯޖިޔާއިން ވަރަށް ކުއްލި ގޮތަކަށް ދެކުނު އެސްޓިޔާއަށް ޢަސްކަރީ ބާރާއެކު އެރި އެރުމަށެވެ. ރަޝިޔާއިން އެސްޓިޔާއަށް ޢަސްކަރީ ބާރާއެކު ވަދެ ފަސް ދުވަހުގެ ތެރޭގައި ޖޯޖިޔާގެ ބާރުތައް ވަނީ ބާލައިފައެވެ. އަދި އެސްޓިޔާއާއި ދެކުނު އަބްޚާޒިޔާ މިނިވަން ދެ ޤައުމު ކަމުގައި ހެދިއެވެ.

އެމެރިކާގެ އިތުރު އެހީ

އެމެރިކާގެ މަސްއޫލުވެރީންނާ ޙަވާލާދީ ރޮއިޓަރޒް ބުނާގޮތުގައި އެމެރިކާއިން ޔުކްރޭނަށް 200 މިލިއަން ޑޮލަރުގެ ޢަސްކަރީ އިތުރު އެހީ ދިނުމަށް ނިންމައިފިއެވެ. މި ކަން ރައީސް ބައިޑްން ވަރަށް އަވަހަށް އިޢުލާންކުރައްވާނެއެވެ.މިއީ ރައީސް ބައިޑްން ޔުކްރޭނަށް ދެއްވުމަށް ކަނޑައެޅުއްވި 6.2 ބިލިއަން ޑޮލަރުގެ އެހީގެ ތެރޭގައި ހިމެނޭ ފުރަތަމަ ޕާރުސަލެވެ.

އެމެރިކާއިން ދޭނެކަމަށް ބުނާ ޢަސްކަރީ އާލަތްތަކާއި ސާމާނުތަކުގެތެރޭގައި ބިންމައިން ނަގައި ސާފުކޮށްދޭ އާލަތްތަކާއި ޓޭންކާ އިދިކޮޅުހަތިޔާރާއި ބަޑިއާއި ވަޒަނާއި އުންޑައާއި ވައިގެ ދިފާޢަށް ބޭނުންވާ ހުރަސްއަޅައި މަތިންދާބޯޓާއި ޕޭޓްރިއެޓް ދިފާޢީ ނިޒާމާއި ރޮކެޓާއި އާޓިލަރީ އުޅަނދުތައް ހިމެނެއެވެ.

ސީއެންއެން ބުނާގޮތުގައި އެމެރިކާގެ މަޝްހޫރު އަބްރާމްޒް ޓޭންކް ޔުކްރޭނަށް ދިނުމަށް މިހާރު ވަނީ ނިންމައިފައެވެ. މި ހަތިޔާރުތައް މި އަންނަ ޚަރީފު މޫސުން ފެށޭހައި ތާނގައި ޔުކްރޭނަށް ލިބޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *