މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ. ގައުމީ ދިދަ ވިހުރުވަމުންދިޔަ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު، ޖުމްހޫރީ ޕާޓީގެ މައިމަރުކަޒު ކަމަށްވާ، މ. ކުނޫޒުން ފެށިގެން ހިންގަވައިފައި ގާސިމާއި ރަނިންމޭޓު ޑރ. އަމީން އިބްރާހިމާއި އެޑްވައިޒަރުންނާއެކު ދަރުބާރުގެއަށް ވަޑައިގެންނެވިއިރު އެންމެން އެއް އަޑަކަށް ގޮވަމުންދިޔައީ ގާސިމަކީ "ގައުމީ ކެންޑިޑޭޓް، ގައުމީ ކެންޑިޑޭޓް" ކަމަށެވެ.
ގާސިމްގެ ފޯމާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގެވެ. މި ރަސްމީޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓްރާންސްޕޯޓު މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވެސް ބައިވެރިވެވަޑައިގަތެވެ.
އަންނަ މަހު 9 ގައި ބާއްވާ އިންތިހާބަށް ގާސިމް ނުކުންނެވީ "ހާސްކަނޑާލާ ހަމަޖެހޭނެ" ޝިޢާރުގެ ދަށުންނެވެ.
ސިޔާސީ ދާއިރާގެ ގިނަ ތަޖުރިބާކާރުންތަކެއް ގާސިމްގެ ޕާޓީއާ އަންނަނީ ގުޅެމުންނެވެ. މި ގޮތުން ރައީސް ސޯލިހުގެ ކުރީގެ އެޑްވައިޒަރު، ބަގީޗާގެ މުހައްމަދު ޝިހާބާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީވެސް ވަނީ ސޮއިކުރައްވައިފައެވެ.
#live JP Riyaasee Candidate ge Hon @Qasimibrahim ge Candidacy Form Election ah hushahelhumuge Rasmiyaathu pic.twitter.com/ie213jRGwE
— JP Secretariat (@JPSecretariat) August 7, 2023



advertisment