Support Us

ޔުކްރޭނަށް ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާދޭނަން: ރަޝިޔާ

ޔުކްރޭންގެ ކަނޑުގެ ބަނދަރުތަކަކަށް ދަތުރުކުރާ ހުރިހާ އުޅަނދުތަކަކީ ޢަސްކަރީ ހަތިޔާރާއި އާލަތްތައް އަރުވައިގެން ދަތުރުކުރާ އުޅަނދުތަކެއް ކަމުގައި ބަލައި އޭއްޗެއްސަށް ރަޝިޔާއިން ޙަމަލާދޭނެކަމުގެ އިންޒާރު މޮސްކޯއިން ދީފިއެވެ. މި އިންޒާރާ އެއްގޮތަށް ރޭ ޢަމަލުކުރަންފަށާނެ ކަމަށް ވެސް މޮސްކޯއިން ވަނީ ބުނެފައެވެ.

ޔުކްރޭނުގެ ގޮވާމާ ބެހޭ އެއްބަސްވުމުގެ މުއްދަތު ރޭ ވަނީ ހަމަވެފައެވެ. މި އެއްބަސްވުމުގައި ހިމެނޭ ރަޝިޔާގެ ގޮވާމާ ބެހޭ ބަޔަށް ޢަމަލު ނުކުރާތީ ރަޝިޔާއިން ވަނީ މި އެއްބަސްވުން އައު ކުރުމާ ދެކޮޅު ހަދައިފައެވެ. 

ރަޝިޔާގެ ދިފާޢީ ވުޒާރާގެ ޓެލެގްރާމް ޞަފްޙާ ބުނާގޮތުގައި ކަޅު ކަނޑުގެ އިރުދެކުނު ސަރަޙައްދާއި ހުޅުނގު އުތުރު ބައިނަލްއަޤްވާމީ ސަރަޙައްދަކީ "ދަތުރުފަތުރުކުރުމަށް އަމާން ސަރަޙައްދެއްނޫނެވެ." ޔުކްރޭން ދިދަ ނަގައިގެން ޔުކްރޭންގެ ބަނދަރުތަކަށް ދަތުރުކުރާ ހުރިހާ އުޅަނދުދުތަކަކީ ޔުކްރޭނާއެކު ހަނގުރާމަކުރާ ޤައުމެއްގެ އެއްޗެއް ކަމަށް ރަޝިޔާއިން ބަލާނެކަމަށް ވެސް މި ޞަފްޙާގައި އައިސްފައި ވެއެވެ. 

އެއްބަސްވުމުން ރަޝިޔާ ވަކިވުން

ތުރްކީއާއި އދ މެދުވެރިވެގެން ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި ސޮއިކުރެވުނު ގޮވާމާ ބެހޭ އެއްބަސްވުމުގެ މުއްދަތު ހަމަވީ މިދިޔަ ހޯމަދުވަހުއެވެ.

ރަޝިޔާ މި އެއްބަސްވުން އައުކުރުމާ ދެކޮޅު ހެދީ އެތައް ސަބަބުތަކަކާ ހެދިއެވެ. އެއްސަބަބަކީ މި އެއްބަސްވުން ބުނާގޮތަށް ރަޝިޔާގެ ގޮވާމާއި ކާދު ބޭރުކުރުމަށް ހުޅަނގުން އެއްބަސްނުވާތީއެވެ. 

ދެވަނަ ރަޝިޔާއިން ބުނާގޮތުގައި ފަޤީރު ޤައުމުތަކަށް އެހީވާށޭ ކިޔައިފާ ޔުކްރޭނުން ބޭރު ކުރާ ގިނަ ގޮވާން ގޮސްފައި ވަނީ ހުޅަނގުގެ މުއްސަނދި ޤައުމުތަކަށެވެ. 

ތިންވަނަ ސަބަބަކީ މި ދިޔަ ހޯމަދުވަހު ޔުކްރޭނުން ކްރެމިޔާ ފާލަމަށް ޙަމަލާ ދިނުމުވެ. މި ޙަމަލާގައި ދެމަފިރިއަކު މަރުވެ އެ ދެމީހުންގެ ކުޑަ ދަރިފުޅު ޒަޚަމުވިއެވެ. މި ޙަމަލާދީފައިވަނީ ކަނޑު މަގުން ބޮއްކުރާ ދެ ޑްރޯނުންނެވެ. މި ފާލަމަށް ލިބުނު ގެއްލުމުގެ ސަބަބުން ފާލަން ބަންދު ވެސް ކުރަން ޖެހުނެވެ. ރަޝިޔާއާ ކްރެމިޔާ ގުޅުވައިދެނީ މި ފާލަމުންނެވެ. އެއީ 19 ކިޅޯމީޓާރުގެ ދިގު ފާލަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *