Support Us

ފުޅަދޫ ގޮނޑުދޮށަށް މިއަދު ލައްގައިފައި ހުރި މަސްތުވާތަކެތީގެ ޕެކެޓްތަކެއް... -އަދިވެސް ފޮޓޯ

މަސްތުވާތަކެތީގެ ޕެކެޓްތަކެއް ފުޅަދޫ ގޮނޑުދޮށަށް ލައްގަން ފަށައިފި

11:30

މަސްތުވާތަކެތީގެ ޕެކެޓްތަކެއް ކަމަށް ބެލެވޭ ބޮޑެތި ޕެކެޓްތަކެއް ބ. ފުޅަދޫ ގޮނޑުދޮށަށް ލައްގަން ފަށައިފިއެވެ.

ފުޅަދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ރަށު އުތުރުފަރާތު ގޮނޑުދޮށަށް މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް 10 ޕެކެޓް ވަނީ ލައްގައިފައެވެ.

"އަދިވެސް" އަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު، ރަބަރު ކޮތަޅުގައި ބަންދުކޮށްފައި ހުރި މިއިން ކޮންމެ ޕެކެޓެއްގައި، މަތިމަސް ލީ ކޮންމެވެސް ބިދޭސީއެއްގެ ފޮޓޯއެއްވެސް ތަތްކޮށްފައިވެއެވެ. މިއިން ކޮންމެ ޕެކެޓެއްގައި ކިލޯއެއް ހުންނާނެ ކަމަށް އެ ތަކެތި ދުށް މީހާ ބުންޏެވެ.

ފުޅަދޫ ގޮނޑުދޮށަށް މިއަދު ލައްގައިފައި ހުރި މަސްތުވާތަކެތީގެ ޕެކެޓްތަކެއް… -އަދިވެސް ފޮޓޯ

"އެންމެ ފުރަތަމަ ލެއްގީ ދެ ޕެކެޓް. ދެން އެއް ޕެކެޓް. އެންމެ ފަހުން ލެއްގީ ހަތް ޕެކެޓް،" މީޑިއާއަށް މައުލޫމާތު ނުދޭން ފުލުހުން ބުނާތީ، ނޫހުގައި ނަން ނުޖަހާން ޝަރުތުކޮށްފައި އޭނާ ބުންޏެވެ. "މިހާރު އެ ޕެކެޓްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި. ފުލުހުން ބުނީ އެއްވެސް ނޫހަކަށް މައުލޫމާތު ނުދެއްޗޭ. އެކަމަކު ފުލުހުންނަށް ހިފެހެއްޓޭނެ ކަމެއް ނޫން އެއީ."

ފުޅަދޫ ގޮނޑުދޮށަށް މިއަދު ލައްގައިފައި ހުރި މަސްތުވާތަކެތީގެ ޕެކެޓްތަކުން ޕެކެޓެއް… -އަދިވެސް ފޮޓޯ

އޭނާ އަދި ބުނީ މި ޕެކެޓްތައް ލައްގަން ފެށުމުން ވެރިރަށް އޭދަފުށިން ފުލުހުންގެ އިތުރު ޓީމެއް އެ ރަށަށް ގޮސް، މޫދާއި ގޮނޑުދޮށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ޓީމުން ފުޅަދޫ ގޮނޑުދޮށުގައި ހަރަކާތްތެރިވަނީ… -އަދިވެސް ފޮޓޯ:

ފުޅަދޫ އަކީ ބ. އަތޮޅުގެ އެހެން ރަށްތަކާ ވަކިން އޮންނަ ތިން ރަށުގެ ތެރެއިން އެއް ރަށެވެ. އެ ކޯނީގައި ދެން ހިމެނެނީ ގޮއިދުއާއި ފެހެންދުއެވެ.

މަސްތުވާތަކެތީގެ މި ފަދަ ޕެކެޓްތައް ރާއްޖޭގެ އެކި ރަށްރަށުގެ ފަޅުތަކުން ފެނުމަކީ މީގެ ކުރިން ވެސް އެތައް ފަހަރަކު ހިނގައިފައިވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *