Support Us

ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވައި ތިނަދޫ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފި

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވައި އެ އަތޮޅު ތިނަދޫ އައު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ހުޅުއްވައިދެއްވި ތިނަދޫގެ އައު އިންޖީނުގެއަކީ ރަށުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ސަރަޙައްދާ އަދި ޢާންމުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި އިމާރާތްކޮށްފައިވާ ޒަމާނީ އިންޖީނުގެއެކެވެ. މި އިންޖީނުގެއިން ޖުމްލަ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ހުރެއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލިދުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މި މަޝްރޫޢަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންގޮސްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ އެކި ސަރަހައްދުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ގްރަޮއިން ޖެހުމާއި ބޭރުތޮށި ޖެހުން ވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *