Support Us

ޤަޟާއީ އިންޤިލާބާ ދެކޮޅުހެދުމަށް އިސްރާއީލުގައި ޢަސްކަރީ ޚިދްމަތް އަދާކުރުމާ ދެކޮޅުހަދަނީ

އިސްރާއީލުގައި ޢަސްކަރީ ޚިދްމަތާ ދެކޮޅުހެދުމަށް ގޮވައިލާގޮވައިލުންތައް އިތުރުވަމުންދިޔުމަކީ ވަރަށް ނުރައްކާތެރި ގޮވައިލުމެއްކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޫއާފު ގެލެންޓް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި "އެއީ ދުޝްމަނުންނަށް ދެވޭ އިނާމެކެވެ."

އިސްރާއީލުގައި ޢަސްކަރީ ޚިދްމަތާ ދުރުހެލިވުމަށް ގޮވައިލާގޮވައިލުންތަކުގެ އަޑުގަދަވަން ފެށީ ބޮޑުވަޒީރު ނަތަންޔާހޫ ގެންނަވަން މަސައްކަތް ކުރައްވާ "ޤަޟާއީ އިންޤިލާބާ" ބެހޭ ބިލުގެ ފުރަތަމަ ކިޔުން ކަނީސަތުން އިއްޔެ ފާސްކުރުމުން އިދިކޮޅު ޙަރަކާތްތަކުން މުޒާހަރާތައް ވަރުގަދަކުރުމުންނެވެ.

ގެލަންޓް ވިދާޅުވިއެވެ. "އަހުރެމެންގެ މަސައްކަތް ކާމިޔާބުވުމުގެ ތަޅުދަނޑި އޮތީ ދުޝްމަނުންނާ ދެކޮޅަށް އަހުރެމެންގެ ސަފުތައް އެއްބައިވަންތަކުރުމުގައެވެ." އޭނާ ވިދާޅުވިގޮތުގައި މިއަދު އިވޭ އަޑުތައް ހިތްވަރުދެނީ ޢަސްކަރީ ޚިދްމަތް އަދާކުރުމާ ދެކޮޅުހެދުމަށެވެ. އަދި ރިޒަރވް ސިފައިންގެ ޚިދްމަތް ނިންމައިލުމަށެވެ. މިއީ ސަފުތަކުގެ އެއްބައިވަންތަކަން ނަގައިލާނެ ކަމެކެވެ. މިއީ ނުރައްކާތެރި ކަމެކެވެ. މިއީ ދުޝްމަނުންނަށް ދެވޭ އިނާމެކެވެ.

އޭނާ އިސްރާއީލުގެ ކަނާތާއި ވާތުގެ ޝަޚްޞިއްޔާތުތަކަށް ޢަސްކަރިއްޔާއިން ސިޔާސަތު ބޭރަށް ލުމަށް ގޮވައިލެއްވިއެވެ.އޭނާ ވިދާޅުވިގޮތުގައި ޢަސްކަރީ ޚިދްމަތާ ދެކޮޅުހެދުމަކީ އިސްރާއީލުގެ އަމްނަށާއި ލަޝްކަރަށް ގެއްލުން ހުރި ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލު ދިރުވާ ދަމަހައްޓާ އާލަތަކީ ޢަސްކަރީ ޚިދްމަތެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންނަށް އެއަށް ބަރޯސާވެވޭނެ އެހެން ލަޝްކަރެއް ނެތެވެ. މި ލަޝްކަރު ދެބަސްވުންތަކާ ދުރުގައި ބާއްވަން ޖެހޭނެއެވެ."

ރިޒަރވް ޚިދްމަތުގެ އޮފިސަރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި ތަރްޖަމާން ގެލެންޓަށް ރައްދު ދެއްވައި ވިދާޅުވިއެވެ. "އޭ ސަލާމަތާ ބެހޭ ވަޒީރެވެ! މަނިކުފާނު ވިދާޅުވާ ގޮތުގައި ޤާނޫނަކީ ރައްޔިތުން ވީދާ ކުދިކުދި ކުރާ އެއްޗެކެވެ. އެއީ ދައުލަތުގެ ސަލާމަތަށް އޮތް ނުރައްކާތެރި އެއްޗެކެވެ. އަހްލީ ހަނގުރާމަ ހުއްޓުވަން ބޭނުންފުޅުނަމަ ޤާނޫނުތައް ހެދުން ހުއްޓައިލައްވާށެވެ. ރައްޔިތުންގެ ލަޝްކަރު އޮންނާނީ ހަމައެކަނި ދީމުޤްރާޠީ ނިޒާމުގައެވެ."

ސަރުކާރުން ސްޕްރީމް ކޯޓުގެ ބާރުކަނޑުވައިލުމަށް ޓަކައި ފަރުމާކޮށްފައިވާ ބިލް ޤާނޫނަކަށް ހަދައިފިނަމަ ޢަސްކަރީ ޚިދްމަތަށް ނުނުކުންނާނެކަމަށް އިސްރާއީލުގެ އެތައް ސަތޭކަ ސިފައިންނެއް ދަނީ ބުނަމުން އިންޒާރުދެމުންނެވެ. މި ބިލުގެ ސަބަބުން މި ދިޔަ ޖަނަވަރީމަހު ފެށުނު މުޒާހަރާތަކާއި އިދިކޮޅު ހނގައިލުންތައް ދަނީ މެދުނުކެނޑި ކުރިއަށެވެ.

މި ހުސްވި މާރިޗް މަހުވަނީ އިސްރާއީލުގެ 37 ޕައިލެޓަކު ޢަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުމާ ދެކޮޅު ހަދައިފައެވެ. އެމީހުން އިއްޔެ ވަނީ އިސްރާއީލުގެ ބެންގޯރިއަން ވައިގެ ބަނދަރުގައި ވެސް ހަޅުތާޅު ކޮށްފައެވެ.

އިސްރާއީލުގެ ޗީފް އޮފް ސްޓާފް އިސްރާއީލުގެ ބޮޑުވަޒީރަށާއި ދިފާޢީ ވަޒީރަށް ވަނީ މިކަމުގެ ނުރައްކާތެރިކަން ބަޔާންކޮށް ދެއްވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި މި ކަމުގެ ސަބަބުން އިސްރާއީލު ސިފައިންގެ ޢަސްކަރީ ޤާބިލުކަން ކުޑަވަން ފަށައިފިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *