Support Us

ރަޝިޔާގެ 26 ޑްރޯން ވަނީ ވައްޓައިލައިފައި: ޔުކްރޭނުން

ރަޝިޔާގެ 26 ޑްރޯން ރޭ ވައްޓައިލައިފައިވާ ކަމަށް ޔުކްރޭނުން މިއަދު އިޢުލާންކޮށްފިއެވެ.

ރޭ ރަޝިޔާއިން ދިން ބައެއް ޙަމަލާތަކުގެ އަމާޒަކަށް ވެފައިވަނީ ވެރިރަށް ކިޔީވްއެވެ. މިއީ ލެޓްވިޔާގައި މިއަދު ފެށި ނޭޓޯގެ ސަމިޓަށް ދިން ވަރުގަދަ މެސެޖެއް ކަމަށް ނޫސްވެރީން ބުނެއެވެ. 

ޔުކްރޭނުގެ އިރުދެކުނު ސަރަޙައްދުގައި އިންސާނީ އެހީތައް ބަހާ މަރްކަޒަށް ރޭ ދިން ޙަމަލާގައި ހަތް މީހަކު މަރުވި ކަމަށާއި ޔުކްރޭންގެ އިރުމަތީ ސަރަޙައްދަށް ދިން ބަޑީގެ ޙަމަލާތަކުގައި ދެ މީހަކު މަރުވެފައިވާ ކަމަށް ވެސް ޔުކްރޭނުން ބުންޏެވެ. 

ޔުކްރޭނުގެ ޢަސްކަރީ އިދާރާގެ ޓެލެގްރާމު މަންސާގައި ހާމަކުރި ގޮތުގައި ރަޝިޔާއިން ރޭ ކިޔީވަށް ދިން ޑްރޯން ޙަމަލާއަކީ މި މަހު ދިން ދެވަނަ ޙަމަލާއެވެ.

ޔުކްރޭނުން ބުނާގޮތުގައި ރަޝިޔާއިން ބޭނުންކޮށްފައި ވަނީ އީރާނުގައި ހަދައިފައިވާ ގޮވާ ޑްރޯނެވެ. މި ޙަމަލާ އައިސްފައި ވަނީ ރަޝިޔާގެ ކްރާސްނޯޑަރު  ސަރަޙައްދުންކަމަށް ޔުކްރޭނުން ބުންޏެވެ.

ކިޔީވްގެ ޢަސްކަރީ އިދާރާ ބުނަގޮތުގައި ކިޔީވަށް ފޮނުވައލި ހުރިހާ ޑްރޯންތަކެއް ވަނީ ހަލާކުކޮށްލައި ވައްޓައިލައިފައެވެ. އެހެނަސް ޔުކްރޭންގެ ދާޚިލީ ވުޒާރާ ބުނާގޮތުގައި މި ޙަމަލާގެ ސަބަބުން  ބައެއް ޢިމާރާތްތަކަށް ގެއްލުން ލިބުނެވެ. ލިބުނު އިންސާނީ ގެއްލުންތައް އަދި ސާފެއް ނުވެއެވެ

ޔުކްރޭނުގެ ދާޚިލީ ވުޒާރާ ބުނާގޮތުގައި ޔުކްރޭންގެ ތަފާތު ހަތަރު ސަރަޙައްދަކަށް ރަޝިޔާއިން ޙަމަލާދިނެވެ. އޭގެތެރޭގައި މިކޮލައިވް ސަރަޙައްދާއި ޚަރސަން ސަރަޙައްދާއި ޚަރކީވް ސަރަޙައްދު ވެއެވެ. 

އަނެއްކޮޅުން ޖަޒީރާ ބުނާގޮތުގައި ޒަބަރޯޖިޔާ ސަރަޙައްދުގައި ހުންނަ އިނަރގޮރާޑް ނިޔުކްލިޔަރ އިސްޓޭޝަނާ  ފަރަލިކޮށް އޮންނަ ނިކަޕޯލް ސަހަރުން މީހުން ބޭލުމުގެ ޙަމަލާއެއް ފަށައިފިއެވެ. މިއީ ރަޝިޔާއިން މި އިސްޓޭޝަނަށް ޙަމަލާއެއް ދީފާނެތީ އަޅައި ރައްކައުތެރިކަމުގެ ފިޔަވަޅެއް ކަމަށް ބުނެއެވެ. ޔުކްރޭން ސަރުކާރުން މިހާރު ވަނީ މި އިސްޓޭޝަނާ ކައިރި ސަރަޙައްދުތައް މަނާ ސަރަޙައްދުތަކަށް ހަދައިފައެވެ. 

އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ޑޮނެޓްސްކް ނާރެހުގައި ކުރިއަށް ދާން މަސައްކަތްކުރި ޔުކްރޭންގެ ފައުޖަކަށް ބޮޑުބަޑިން ޙަމަލާދީ އެ ފައުޖު ހަލާކު ކޮށްލެވިއްޖެއެވެ. މީގެއިތުރަށް ރަޝިޔާ ބުނާގޮތުގައި އެވްޑީވްކާ ސަހަރުގައި ޔުކްރޭން ސިފައިންނަށް މަދަދު އަންނަ އެންމެ ފަހު މަގު ރޫސީ ސިފައިން މިއަދު ހިފައިފިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *