Support Us

އިސްރާއީލު ސިފައިން ނާބްލުސްއަށް އަރައި ފަލަސްޠީނުގެ ދެ މީހަކު މަރައިލައިފި

އިސްރާއީލު ސިފައިން މިއަދު ހެނދުނު ނާބްލުސްއަށް އަރައި ފަލަސްޠީނުގެ ދެ މީހަކު މަރައިލައިފިއެވެ. 

އެ ދެ މީހުން މަރައިލީ އިސްރާއީލު ސިފައިންނަށް އަމާން ނުދިނުމުން އެ ދެ މީހުންގެ ގެއަށް ވަދެ ބަޑިޖަހައެވެ. އެއީ މި ދެ މީހުން ނާބްލުސްގެ އައްޠޫރު އަވަށުގައި ބުދަދުވަހު އިސްރާއީލު ސިފައިންގެ އުޅަނދަކަށް ޙަމަލާދީފައިވާތީ ކަމަށް އިސްރާއީލުން ބުންޏެވެ.

އިސްރާއީލުން ނާބްލުސް އަށް އަރައި ދެމުންދާ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ދެ މީހަކު ޒަޚަމުވެސް ވިއެވެ. މި ދެ މީހުން ވަނީ ނާބްލުސްގެ ރުފައިދިޔާ ހަސްފަތާލަށް ގެންގޮސްފައެވެ.

އިސްރާއީލު ސިފައިން ފަލަސްޠީނުގެ ދެ ޒަވާނަކު މަރައިލި ޚަބަރަށް ކޮމެންޓް ކުރައްވަމުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އޭނާގެ ޓްވިޓަރުގައި ލިޔުއްވިއެވެ. "އިސްރާއީލު މީހެއްގެ ލޭ އޮހޮރުވަން މަސައްކަތްކުރި މީހެއްގެ އަދަބަކަށް ވާނީ ކަށްވަޅަށް ދިޔުމެވެ. ނުވަތަ ޖަލަށް ދިޔުމެވެ."  

ހުޅަނގު އައްސޭރީގެ ނާބްލުސްގެ ޤަދީމީ އަވަށަށް އިސްރާއީލު ސިފައިން މިއަދު ހެނދުނު ވަނުމުން ފަލަސްޠީނުގެ ހަގުރާމަވެރީންނާ އިސްރާއީލު ސިފައިންނާ ދެމެދުގައި ކުރިމަތިލުންތައް ހިނގިއެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި ނާބްލުސްގެ ޤާދީމީ ސަހަރުގައި ބަޑީގެ ޙަމަލާތައް ބަދަލުކުރަމުންދާ އަޑު އިވެއެވެ. އިސްރާއީލު ސިފައިން އެ ސަހަރަށް އެރި ވަގުތު މި ސަހަރުގެ ޙަބްލާ ގޯޅި މަތިން އިސްރާއީލުގެ ޑްރޯންތަކެއް އުދުހެމުންދިޔަ މަންޒަރު ފެނިފައި ވެއެވެ. 

ޖަޒީރާ ބުނާގޮތުގައި ޙަބްލާ ގޯޅި ތެރޭގައި އިސްރާއީލު ސިފައިންނާއި ފަލަސްޠީނު ހަނގުރާމަވެރީންނާ ދެމެދުގައި ކުރިމަތިލުންތައް ހިނގަމުންދާތީ އިސްރާއީލުން މިހާރު ދަނީ އިތުރު ސިފައިން ފޮނުވަމުންނެވެ. މި މަންޒަރު ދުށް މީހުން ބުނާގޮތުގައި އިސްރާއީލު ސިފައިން ޤަދީމީ ނާބްލުސް ސަހަރަށް އަރަމުން ދަނީ  އަލް ޤުދްސް މަގުން ތަފާތު ނާރެސްތަކުން ލައިފައެވެ. 

އިސްރާއީލު ސިފައިން ނާބްލުސް އަށް އެރުމުގެ އެއް ދުވަސް ކުރިން ހުޅަނގު ނާބްލުސް ކައިރީގައި އޮންނަ ކަދޫމީމު އާބާދީގައި ފަލަސްޠީނު ހަނގުރާމަވެރިން ވަނީ އިސްރާއީލުގެ ސަލާމަތީ ފާރަވެރިއަކަށް ޙަމަލާދީ ޒަޚަމުކޮށްލައިފައެވެ. އަދި އިސްރާއީލުގެ ޢަސްކަރިއްޔާގެ މީހަކު މަރައިލައިފައެވެ. ޙަމާސް ބުނާގޮތުގައި މިއީ އިސްރާއީލުން ޖަނީން ސަހަރަށް އަރައި ހިންގި ޤަތުލު  ޢާންމަށް ދެވުނު ރައްދެކެވެ.

ޙަމާސް ބުނާގޮތުގައި މި ޙަމަލާއިން އެނގެނީ ފަލަސްޠީނު ހަނގުރާމަވެރިންގެ ކިބައިގައި އިސްރާއީލަށް ރައްދުދިނުމުގެ ޤާބިލްކަން އެބަ ހުރި ކަމެވެ. 

ފަލަސްޠީނުގެ މީޑިއާތައް ބުނާގޮތުގައި ކަދޫމީމު ޙަމަލާ ދިން ފަލަސްޠީނު ހަނގުރާމަވެރިޔާގެ ބައްޕައާއި އޭނާގެ ކޮއްކޮ މިހާރު ވަނީ އިސްރާއީލުން ހައްޔަރުކޮށްފައެވެ.

ކަދޫމީމު ޙަމަލާއަކީ އިސްރާއީލު ސިފައިން ޖަނީނުގައި ހިންގި ޤަތުލު ޢާންމަށް ފަހު ދިން ޙަމަލާއެކެވެ. ޖަނީނު ސަހަރުގައި އިސްރާއީލު ސިފައިން ފަލަސްޠީނުގެ 12 މީހަކު މަރައިލައި 140 މީހަކު ޒަޚަމުކޮށްލައިފައި ވެއެވެ. އޭގެތެރެއިން 40 މީހެއްހެ ޙާލު ވަރަށް ނާޒުކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *