Support Us

ނިވާކަން ކުޑަ ހެދުން އަޅައިގެން ގއ. ވިލިނގިލީ އީދު ޝޯގައި އަންހެނުން ތަކެއް ނަށަނީ

ނިވާކަން ކުޑަކަން ސިފަވާގޮތަށް ހެދުން އަޅައިގެން ވިލިނގިލީ އީދު ޝޯގައި އަންހެނުން ތަކެއް ނަށާ ވީޑިއޯއަށް ގިނަ ބަޔެއްގެ ނުރުހުން

ނިވާކަން ކުޑަކަން ސިފަވާގޮތަށް ހެދުން އަޅައިގެން ގއ. ވިލިނގިލީ ބޮޑުއީދު ޝޯގައި އަންހެނުން ތަކެއް ނަށާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ، ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، "ބޮޑެ އީދާ- 1444″ގެ ނަމުގައި ވިލިނގިލީގައި ކުރިއަށްދާ މި ޝޯގައި، ނިވާކަން ކުޑަކަން ސިފަވާގޮތަށް ހެދުން އަޅައިގެން ތިން އަންހެނަކު ނަށަމުންދާއިރު، އެތަނުން ދެ މީހަކު ތިބީ ބުރުގާވެސް އަޅައިގެންނެވެ. އެ ވީޑިއޯ އިން ފެންނަނީ ނޫކުލައިގެ ވަރަށް ކުރު ސްކާޓެއް ލައި، ބްރާއެއް އަޅައިގެން ތިބެ އެ މީހުން އެކި ގޮތްގޮތަށް ނަށާތަނެވެ. ހުތުރު އެކި ގޮތްގޮތަށް އެ މީހުން ބަނޑިތައް ލައްވަމުންދާއިރު ސްކާޓު ހިއްލެމުންދާތަން ވެސް ފެނެއެވެ. އަދި ކުޅިބަލާ މީހުންތައް ހަޅޭއްލަވާ އަޑުވެސް އިވެއެވެ.

ނަށަމުންދިޔަ އެ ތިން މީހުން ތިބީ ހަމުގެ ކުލައާ އެއްވައްތަރުގެ، ގަޔަށް ބާރު އެއްޗެއް އެތެރެއިން ލައިގެން ކަމެއް ނުވަތަ ނޫން ކަމެއް މި ވީޑިއޯއަކުން ނޭނގެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ވީޑިއޯގައި ނަށަމުންދަނީ ގޮމަ ގުރޫޕުގެ ކުދިންނެވެ.

މި ނެށުމުގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުވުމުން، ގިނަ ބަޔަކު ދަނީ އެ ނެށުމާ ދެކޮޅަށް ނުރުހުން ފާޅުކޮށް، ސަރުކާރަށާއި ޝެއިހު އިމްރާނުގެ އަދާލަތު ޕާޓީއަށް ވެސް ފާޑުކިޔަމުންނެވެ.

"ގައިގަ އަލިފާން ރޯނުވާކަން ހަމަ ނަސީބު،" މި ވީޑިއޯ ޕޯސްޓްކޮށްފައިވާ ފޭސްބުކްގެ ސަފުހާއެއްގައި އެކަކު ބުނެފައިވެއެވެ.

ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ކޮމެންޓުތަކެވެ.

މި ވީޑިއޯ ޕޯސްޓްކޮށްފައިވާ ފޭސްބުކްގެ އެހެން ސަފުހާއެއްގައި، އެ ވީޑިއޯ ވަނީ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން ކަމަށްވާ ޑރ. މުހައްމަދު އިޔާޒަށާއި ޝެއިޚު އިލްޔާސް ހުސެއިނަށާއި ޝެއިޚު އަލީ ޒައިދަށް ޓެގްކޮށްފައެވެ.

"ޑރ. އިޔާޒު ދެން އަނގަ ގުޔެއްހެން ހަދައިފަ ބުނޭ މުނޖ،" އެކަކު ބުނެފައިވެއެވެ.

މި ވީޑިއޯ ޕޯސްޓްކޮށްފައިވާ ފޭސްބުކްގެ އިތުރު ސަފުހާއެއްގައި އެ މީހުން ހައްޔަރުކުރުމަށް ވިލިނގިލީ ފުލުހުންނަށް ގޮވާލައިފައިވެއެވެ. އަދި މި ނެށުމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވެއެވެ.

ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ކޮމެންޓުތަކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *