Support Us

ސްވިޑްންގައި ޢީދު ދުވަހު މިސްކިތް ކުރިމަތީގައި މުޒާހަރާކޮށް މުޞްޙަފު އެންދުމަށް ހުއްދަ ދީފި

ސްވިޑްންގެ ވެރިރަށުގައި ހުންނަ މުސްލިމުންގެ އެންމެ ބޮޑު މިސްކިތް ކުރިމަތީގައި މިއަދު (ޢީދު ދުވަހު) މުޒާހަރާކޮށް މުޞްޙަފު އެންދުމުގެ ހުއްދަ ދީފައިވާ ކަމަށް ސްވިޑްންގެ ފުލުހުން ބުނެފިއެވެ.

މުސްލިމުންނަށް އިހާނެތިކޮށް ހިތުމުގެ ގޮތުން ސްވިޑްންގެ ޙައްދުފަހަނަޅައިފައިވާ ޖަމާޢަތަކުން މިއަދު މި ބާއްވާ މުޒާހަރާގައި މުޞްޙަފެއް އަންދައިލުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ސްވިޑްނުން ބުނާގޮތުގައި މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ހުއްދަދޭން ޖެހުނު ކަމެކެވެ.

ސްވިޑްންގެ ސްޕްރީމު ކޯޓުން މި މަހުގެ މެދުތެރޭގައި ނެރުނު ނިޔާއެއް ބުނާގޮތުގައި މުޞްޙަފުތައް އެންދުމަށް ޓަކައި ބާއްވަން އެދޭ މުޒާހަރާތައް ހުއްޓުވުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވެއެވެ. ކޯޓުން މި ނިޔާ ނެރުނީ ސްވިޑްންގެ ފުލުހުން މި ފަދަ މުޒާހަރާތައް ބޭއްވުމުގެ ހުއްދަ ނުދިނުމުންނެވެ.

ސްޓޮކްހޮލްމުގައި މިއަދު މުސްލިމުންގެ ބޮޑު ޢީދު ދުވަހު މިސްކިތް ކުރިމަތީގައި މުޞްޙަފު އެންދުމަށް ހުއްދަދިނުމުން ތުރްކީ ސަރުކާރުން އެކަން ވަގުތުން ކުށްވެރިކުރިއެވެ. ތުރްކީގެ ޚާރިޖީ ވަޒީރު ހާކާން ފީދާން އޭނާގެ ޓްވިޓަރުގައި ސިފަކުރެއްވި ގޮތުގައި މިއީ "ވަރަށް މުޑުދާރު ޢަމަލެކެވެ." މުސްލިމުންގެ ޢީދު ދުވަހުގައި މި ކަން ކުރުމުން އެނގެނީ ސްވިޑްންގެ ހިތުގައިއިސްލާމްދީނާމެދު އޮތް ނަފްރަތުގެ ބޮޑުކަމެވެ. އޭނާ ވިދާޅުވިގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން މިފަދަ ޢަމަލުތައް ކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. 

އަނެއްކޮޅުން ބަލާއިރު ސްވިޑްންގެ މި ޢަމަލު ކުށްވެރި ކުރުމަށް ރަޝިޔާގެ ބަރްލަމާން ޑޫމާގެ ރައީސް ވޮލޮޑިން މިއަދު ގޮވައިލައްވައިފިއެވެ. އޭނާ ބަރްލަމާނުގެ ޢާންމު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ހުށައަޅަނީ ޑޫމާއިން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރުމަށް ޓަކައި ޚާއްޞަ ކޮމެޓީއެއް އެކުލަވައިލުމަށެވެ. މުސްލިމުންގެ ބޮޑުޢީދު ދުވަހު ސްޓޮކްހޮލްމުގެ މިސްކިތް ކުރިމަތީގައި މުޞްޙަފު އެންދުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިންދިނުން ކުށްވެރިކުރަން އެބަޖެހެއެވެ.

އޭނާ ވިދާޅުވިއެވެ. "މި މަސްއަލައިގައި ތިޔަ ޢިއްޒަތްތެރި މެންބަރުން އަޅުގަނޑަށް ތާއީދު ކުރައްވާނޭ ކަމަށް ޔަޤީންކުރަމެވެ."

މި އަހަރުގެ ޖަނަވަރީގައި ވެސް ސްވިޑްންގައި ވަނީ މުޞްޙަފު އަންދައިފައެވެ. އެކަން ވަނީ ޢަރަބި ޤައުމުތަކުންނާއި އިސްލާމީ ޤައުމުތަކުން ކުށްވެރިކޮށްފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *