Support Us

ރޫސީ ޒަޢާމަތަށް އުރްދުޣާން ތާއީދު ކުރައްވައިފި

ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ރޫސީ ރައީސް ޕޫޓިނަށް ފޯނުކުރައްވާ ރޫސީ ޒަޢާމަތަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ދަންނަވައިފިއެވެ.

ވެގްނަރ ޖަމާޢަތުގެ ވެރިޔާ ޕްރިގޮޒިން ރޫސީ ޒަޢާމަތާ ދެކޮޅަށް އިޢުލާން ކުރައްވައިފައިވާ ހަތިޔާރުއެޅި ނުކިޔަމަންތެރިކަމާ ދެކޮޅަށް ރަޝިޔާއިން އަޅަމުންދާ ފިޔަވަޅުތަކަށް އަންކަރާ ތާއީދުކުރާ ކަމަށް ވެސް އުރްދުޣާން ވިދާޅުވިއެވެ.

ކްރެމްލިންގެ މީޑިއާ އޮފީހުން ބުނިގޮތުގައި ރައީސް އުރްދުޣާންގެ އިސްނެންގެވުމެއްގެ މަތިން ރައީސް ޕޫޓިން އުރްދުޣާނާ ފޯނުން ބައްދަލުކުރެއްވިއެވެ. ހަތިޔާރުއެޅި ބަސްނޭހުމެއް ފަތުރަން ކުރެވޭ މަސައްކަތާ ބެހޭގޮތުން ތުރްކީގެ ރައީސް އުރްދުޣާނަށް ރައީސް ޕޫޓިން މަޢުލޫމާތު އެރުއްވިއެވެ. ކްރެމްލިންގެ މި ޚަބަރުގައި ރައީސް ޕޫޓިނާ އެހެން ޒަޢީމަކު ގުޅުއްވި ކަމެއް ނުގުޅުއްވާ ކަމެއް ހާމައެއް ނުކުރެއެވެ.

ހަރުކަށި ފިޔަވަޅު އެޅޭނެ

ރަޝިޔާގެ ކުލީ ސިފައިންގެ ޖަމާޢަތެއް ކަމުގައިވާ ވެގްނަރ ޖަމާޢަތުން ރޫސީ ޢަސްކަރިއްޔާއާ ދެކޮޅަށް އިޢުލާންކުރި ނުކިޔަމަންތެރިކަމަކީ, ރައީސް ޕޫޓިން ސިފަކުރެއްވި ގޮތުގައި "ދާޚިލީ ޚިޔާނަތެކެވެ." ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި މި ކަމަށް ވަރަށް "ހަރުކަށި ރައްދެއް" ދޭނެއެވެ.

ރައީސް ޕޫޓިން މި އިންޒާރު ދެއްވީ ޤައުމާ މުޚާޠަބު ކުރައްވާ ދެއްވީ ޓީވީ ޚިޠާބެއްގައެވެ. ޕޫޓިން ވިދާޅުވިއެވެ. "މިއަދު އަހުރެމެންނާ ކުރިމަތިވެފައި މި ވަނީ ދާޚިލީ ޚިޔާނަތެކެވެ. އެއީ އަހުރެމެންގެ ބުރިކަށްޓަށް ހަރައިލެވުނު ޚަންޖަރެކެވެ. އެކަމުގެ ޢުޤޫބާތް އެބަޔަކު ތަޙައްމުލުކުރަން ޖެހޭނެއެވެ." އޭނާ ވިދާޅުވިގޮތުގައި ހަތިޔާރުއެޅި ނުކިޔަމަންތެރިކަމަށް ދެވޭ ރައްދު ވަރަށް "ދިލަ" ވާނެއެވެ. އޭނާ ވިދާޅުވިއެވެ. "ރަޝިޔާ ކުރިމަގަށް ޓަކައި ބުރަ ހަނގުރާމައެއް ކުރަމުންދާ ވަގުތެއްގައި އަހުރެމެންގެ ސަފުތައް ބަލިކަށިކޮށްފާނެ އެންމެހާ ޢަމަލުތަކާ ދުރުހެލިވާން ޖެހޭނެއެވެ."

ޕޫޓިން ވިދާޅުވި ގޮތުގައި "ނުކިޔަމަންތެރިކަން އިންތިޒާމުކޮށް ހިންގަމުންދާ ފަރާތުން މަސައްކަތް މި ކުރަނީ ޤައުމު އަމާންދިނުމަކަށް ކޮއްޕާލާށެވެ. އަދި އަހްލީ ހަނގުރާމައެއްގެ ތެރެއަށް ވައްޓައިލާށެވެ." އޭނާ ވިދާޅުވިއެވެ. "ޞަޚްޞީ މަޞްލަޙަތުތަކުގެ ސަބަބުން މި ވަނީ ޤައުމަށް ޚިޔާނަތްތެރިވެފައެވެ. އަހުރެމެން ޤައުމާއި ރައްޔިތުން ދިފާޢު ކުރާނަމެވެ."

ރޫސީ ރައީސް ވިދާޅުވި ގޮތުގައި މޮސްކޯއާއި ބައެއް ސަރަޙައްދުތަކުގައި މިހާރު މިވަނީ ނިރުބަވެރިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ އިޖްރާއާތުތައް ފެށިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރޮސްޓޯވް ސަހަރަށް ވަރަށް އަވަހަށް ހަމަޖެހުން ގެނެވޭނެއެވެ. ޕޫޓިން ވިދާޅުވިއެވެ. "ދާޚީލީ ކޮންމެ ގަނޑުބަޑުކަމަކީ ދައުލަތް ކަތިލުމަށް ކުރެވޭ ކަމެކެވެ. އެއީ ރޫސީ ރައްޔިތުންގެ މޫނުގައި ޖެހި ތަފާލެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *