Support Us

"ތުރްކީގެ އިޤްތިޞާދު ވަރަށް ކައިރި މުސްތަޤްބަލެއްގައި ހަމަޖެހުމަކަށް އަންނާނެ"

ތުރްކީގެ އިޤްތިޞާދީ ސިޔާސަތަކީ "ކުރު މުއްދަތެއްގެ ތެރޭގައި މާލީ ހަމަޖެހުމާއި އަގުތަކުގެ ހަމަޖެހުން ޖާމިނުކުރުން" ކަމަށް ތުރްކީގެ މާލީ ވަޒީރު މުޙައްމަދު ޝިމުޝްކު މިއަދު ވިދާޅުވެއްޖެއެވެ.

ޝިމުޝްކު ވިދާޅުވި ގޮތުގައި ތުރްކީ ސަރުކާރު ޢަޒްމު ކަނޑައަޅައިފައިވަނީ މި ލަނޑުދަނޑިތައް ޙާޞިލް ކުރުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިއްޔެ ތުރްކީގެ މަރްކަޒީ ބޭންކުން ފައިދާގެ މިންވަރު މަތިކުރި ހިސާބުން ވަނީ މި މަރްޙަލާ ފެށިފައެވެ. މި މަރްޙަލާ ވަރަށް ހަރުދަނާކަމާއެކު ފިޔަވަހިކޮށް ހިންގަމުންގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތުރްކީގެ މަރްކަޒީ ބޭންކުން ފައިދާގެ މިންވަރު 15% އަށް އިއްޔެ މަތިކުރުމާ ވިދިގެން ތުރްކީގެ ފައިސާ ލީރާގެ އަގު ބާޒާރުގައި ވަނީ ދަށަށް ގޮސްފައެވެ. މީގެކުރިން ތުރްކީން ގެންގުޅެފައިވަނީ ލީރާގެ އަގު ހިފެހެއްޓުމަށް ޓަކައި ފައިދާ ކުޑަކުރުމުގެ ސިޔާސަތެކެވެ.

މަރްކަޒީ ބޭންކުގެ މި ނިންމުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝިމުޝްކު ވިދާޅުވި ގޮތުގައި ބޭންކުން ފައިދާ ބޮޑުކުރީ އިޤްތިޞާދީ އައު ސިޔާސަތުގެ ދަށުންނެވެ. މި ސިޔާސަތު ބިނާވެގެންވަނީ ބާޒާރުގެ އިޤްތިޞާދުގެ އުޞޫލުތަކާއި މިނިވަން ގޮތެއްގައި ފައިސާ މާރުކުރުމުގެ ނިޒާމާއި ލާދަ ކުޑަކުރުމުގެ ސިޔާސަތުގެ މަތީގައެވެ.

ޝިމުޝްކު އޭނާގެ ޓްވިޓަރުގައި ލިޔުއްވައިފައިވާ ގޮތުގައި "ތުރްކީގެ ސައްތަ"އިގެ މާރެހުގެ އަސާސީ ފަލްސަފާއަކީ ހަމަޖެހުންގެނައުމާއި އިތުބާރު ބިނާކުރުމާއި ދެމެހެއްޓުމެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަރްޙަލާގައި ސިޔާސީ އިޤްތިޞާދު ނާރެސްވެފައި އޮންނާނީ މި ތިން މަފްހޫމުގެ މަތީގައެވެ. މި ސިޔާސަތުގެ ސަބަބުން 85 މިލިއަން ރައްޔިތުންނަށާއި ކުރިއަށް އޮތް ޖީލުތަކަށް ފާގަތިކަމާއި ސުލްޙަމަސަލަސްކަމާއި އަމާންކަމާއެކު ރަނގަޅު ޙަޔާތެއް ޖާމިނުކަމާއެކު ތަނަވަސްކޮށްދެވޭނެއެވެ.

ތުރްކީގެ މަރްކަޒީ ބޭންކުން ފައިދާގެ މިންވަރު 15% އަށް ބޮޑުކުރުމާއެކު ބުރާސްފަތިދުވަހު ވަނީ ފައިސާގެ ބާޒާރުގައި ލީރާގެ އަގު 2.8% އަށް ދަށަށް ގޮސްފައެވެ. މިއަދުގެ ބާޒާރުގައި ޑޮލަރެއްގެ އަގަކީ 25.59 ލީރާއެވެ. މިއީ މިއަހަރު ލީރާގެ އަގު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ތުރްކީ މާލީ އައު ވަޒީރަކީ ދުނިޔޭގެ އިޤްތިޞާދީ މަސްރަޙުގައި ވަރަށް ނަން މަޝްހޫރު އިޤްތިޞާދީ ބޭފުޅެކެވެ. އޭނާ އިއްޔެ ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ތަރައްޤީއެއް ޙާޞިލު ކުރުމަށް މަސައްކަތް ކުރުމަކީ ޟަރޫރަތެކެވެ. މި ކަން ކުރެވޭނީ ވުނަކުރުމާއި އުފެއްދުންތެރިކަމާއި ވަޒީފާ ތަނަވަސްކޮށްދީގެންނެވެ. އޭނާ ވިދާޅުވިގޮތުގައި ވުނަކުރުމަށާއި މަސައްކަތުގެ ފުރްޞަތު ތަނަވަސްކޮށްދިނުމަށް ބޭނުންވާ ބަހާއަކީ ނިމުތުކުރުމުގެ ބާރެވެ. ނިމުތުކުރުމުގެ ބާރު ލިބޭނީ އިތުބާރު ތަނަވަސްކޮށްދެވިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިވަން ބާޒާރުގެ އިޤްތިޞަދާއި ފައިސާ މިނިވަންކަމާއެކު މާރުކުރުމުގެ ނިޒާމާއި ހުޅުވައިލެވިފައިވާ އިޤްތިޞާދެއްގެ އުޞޫލުތަކުގެ މަތީގައި ޤާއިމުކުރެވިފައިވާ ސިޔާސަތެއް ބިނާކުރެވިއްޖެނަމަ ތުރްކީއަށް ރައުސްމާލު އޮހެންފަށާނެތެވެ.

އޭނާ ވިދާޅުވިގޮތުގައި ޑޮލަރުގެ ބަލާވެރިކަމުން ސަލާމަތް ވެވޭނީ ލީރާއަށް ހަމަޖެހުން ލިބި އިތުބާރު އިޢާދަކުރެވިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *