Support Us

އުސްފަސްގަނޑުގައި ހިނގަމުންދާ ނައިޓް މާކެޓުން ކަރަންޓް ކަނޑާލުމުން ސްޓޯލްތައް ބަންދުކޮށްފައި.. -އަދިވެސް ފޮޓޯ

ގިނަ ބަޔަކު ޖަމާވެފައި ވަނިކޮށް ނައިޓް މާކެޓުން ކަރަންޓު ކަނޑާލައިފި

23:00

އުސްފަސްގަނޑުގައި ހިނގަމުންދާ ނައިޓް މާކެޓަށް ގިނަ ބަޔަކު ޖަމާވެފައި ވަނިކޮށް އެތަނުން ކުއްލިއަކަށް މިރޭ ކަރަންޓު ކަނޑާލައިފިއެވެ.

ގާތްގަނޑަކަށް ފަންސާހަކަށް ސްޓޯލާއެކު ކުރިއަށްދާ މި ނައިޓް މާކެޓަކީ "ޖަމްބްލް ސޭލް"އެއްގެ ގޮތުގައި މި މަހުގެ 12 އިން 25 އަށް ކުރިއަށް ގެންދަން، ހައުސިން މިނިސްޓްރީން އަމިއްލަ ފަރާތަކަށް ދިން ހުއްދައެއްގެ ދަށުން ކުރިއަށް ގެންދާ ނައިޓް މާކެޓެކެވެ. މިރޭ 10 ޖެހިތަނާ ނައިޓް މާކެޓުން ކުއްލިއަކަށް ކަރަންޓު ކަނޑާލީ، ފާއިތުވީ ހަފުތާއެއްހާ ދުވަހު އެތަން ހިންގައިފައި ވަނިކޮށެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު "އަދިވެސް" އަށް މިރޭ ވިދާޅުވީ ނައިޓް މާކެޓުން ކަރަންޓު ކަނޑާލީ، "އެ ތަނުގައި ވިޔަފާރިކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ނުނަގައި ނައިޓް މާކެޓް ހިންގާތީ ސިޓީ ކައުންސިލުން އަންގައިގެން" ކަމަށެވެ.

މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވެސް "އަދިވެސް" އަށް މިރޭ ވިދާޅުވީ އެ ނައިޓްމާކެޓް ހިންގަނީ، ސިޓީ ކައުންސިލުން ނަގަންޖެހޭ ހުއްދަތައް ނުނަގާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ނައިޓްމާކެޓް ހިންގުމަށް، ހ. ކުއްޅަވައްމާގޭ ފާތުމަތު ޝިފާއަށް ހައުސިން މިނިސްޓްރީން މި މަހު 12ގައި ދިން ހުއްދަ ސިޓީގައި ވެސް ވާގޮތުން، "މި އިވެންޓު ކުރިއަށް ގެންދިއުމުގައި ކަމާ ބެހޭ އެހެން އިދާރާތަކުން ނަންގަވަންޖެހޭ އިތުރު ހުއްދައެއް ވާނަމަ، އެ ހުއްދައެއް ނެންގެވުމަށް" ވަނީ އަންގައިފައެވެ.

މި ކަމާ ބެހޭ ގޮތުން ޝިފާގެ ބަހެއް އަދި ނުލިބެއެވެ.

އުސްފަސްގަނޑުގައި ހިނގަމުންދާ ނައިޓް މާކެޓުން ކަރަންޓް ކަނޑާލުމުން ސްޓޯލްތައް ބަންދުކޮށްފައި.. -އަދިވެސް ފޮޓޯ: ޝަކީބު

ވަރަށް ގިނަ ބަޔަކު ޖަމާވެފައި ވަނިކޮށް ނައިޓް މާކެޓުން ކަރަންޓު ކަނޑާލުމުން، މީހުންތައް ވަނީ ނުކުމެފައެވެ. އަދި ސްޓޯލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

މި ނައިޓް މާކެޓުގައި ދިވެހިން ތިބި ސްޓޯލްތައް ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް އެ ތަނުގައި ގިނައީ ބަންގާޅީން ހިންގާ ސްޓޯލްތަކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. Karantu kandaalee huhdhanunagaathee ey kiyaafa owk kandaalee Hama ranglhah hudhanunaganyya Hama karantu ves kandaa lan v salhii

  2. ބަންގާޅުން ހިންގާ ސްޓޯލްތަކޭ ލިިޔެފައި އެވަނީ ބަންގާޅީން ހިންގާ ސްޓޯލް ތަކޭ ލިޔަން ވެގެން ކަމަށް ބެލެވެނީ! އެކަމު އެއީ ބަންގްލަދޭޝް ރައްޔިތުން ދެރަކޮށް ނިކަމެތި ކޮށްލުމުގެ ގޮތުން ބޭނުން ކޮށް އުޅޭ ބަހެއް ކަމަށް ބެލެވެނީ! 'ރޭޝަލް ސްލަރ' އެއް ގޮތަށް ބޭނުން ކުރާ 'ޑިރޯގޮޓްރީ' ނޫނީ އިހްތިރާމް ކުޑަ ކުރުމުގެ ގޮތުން ބުނެ އުޅޭ ބަހެއް! ނޫހެއްގައި ލިޔުން އެކަށީގެންވާ ބަހެއް ކަމަކަށް ނުދެކެން!

  3. މި ކަން ކުރީ އެމީޙުންނަށް ނާންގާ ނޫނީ އެ މީހުން ކައިރީގައި ނުބުނެހޭ މި ބުނީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *