Support Us

ރޫސީ ސިފައިން ޣަނީމާކުރި ހަތިޔާރުތައް ދައްކައިލައިފި

ޔުކްރޭންގެ ޒަބަރޯޖިޔާ ސަރަޙައްދުގެ ނާރެހަށް ޙަމަލާދޭން އުޅުނު ޔުކްރޭން ސިފައިންގެ ފައުޖުތައް ބަލިވެގެން ފައިބައިގެން ދިޔައީ ޖަރްމަނުން ދީފައިވާ ލެޕަރޑް ޓޭންކްތަކާއި އެމެރިކާއިން ދީފައިވާ ބްރެޑްލީ އާޓިލަރީ އެތައް ހަތިޔާރުތަކެއް ދޫކޮށްލައިފާ ކަމަށް ރޫސީ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޔުކްރޭން ސިފައިން ބަލިކޮށް އެމީހުންގެ ފައުޖު ފަހަތަށް ޖެއްސީ ރޫސީ ސިފައިންގެ ވޮސްޓޮކް ފައުޖުންނެވެ. މި ފައުޖުގެ ސިފައިން ޣަނީމަ ކުރި ބައެއް އެއްޗެހީގެ އިންޖީނުވެސް ހުރީ ހިނގަހިނގައެވެ. މިއިން އެނގެނީ ޔުކްރޭން ސިފައިން ފިލީ ވަރަށް އަވަސްއަވަހަށް ކަމަށްކަމަށް ރަޝިޔާއިން ބުންޏެވެ.

ޖަރްމަނުން ޔުކްރޭނަށް ދީފައިވާ ލެޕަޑް މަރުކާގެ އެތައް ޓޭންކްތަކަކާއި އެމެރިކާއާއި އިނގިރޭސިވިލާތުން ދީފައިވާ އެތައް މިސައިލްތަކަކާއި ރާޑަރު ނިޒާމުތަކެއް ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި ހަލާކުކޮށްލައިވާ ކަމަށް ރޫސީ ދިފާޢި ވުޒާރާއިން ބުންޏެވެ. ރަޝިޔާއިން ބުނިގޮތުގައި ޒަބަރޯޖިޔާއާއި ޑޮނެޓްސްކް ނާރެސްތަކުގައި ޔުކްރޭން ހަނގުރާމަވެރިން ދިން ހުރިހާ ޙަމަލާތަކެއް ވަނީ ނާކާމިޔާބުކޮށް ޔުކްރޭން ސިފައިން ފައްސައިލައިފައެވެ.  

ރަޝިޔާގެ މި ޚަބަރު ބުނާގޮތުގައި ރޫސީ ޓީވީން ވަނީ ރޫސީ ސިފައިންގެ މި ޣަނީމާތައް ދުރަށް ދައްކައިފައެވެ. އެހެނަސް ހަލާކޮށްލައިފައި ވަނީ ކިތައް ޓޭންކް ކަމެއް ކިތައް އާޓިލަރީ ހަތިޔާރު ކަމެއް ނުބުނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *