އެމެރިކާއިން ޔުކްރޭނަށް ދެމުންދާ ޢަސްކަރީ އެހީތަކުގެ ސަބަބުން އެމެރިކާގެ ހަތިޔާރު ގުދަންތައް މުޅިން ހުސްވެއްޖެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއިން އެނގެނީ ބައިޑްންގެ ދީލަތިކަމަކީ ފާސިދު ޠަބީޢަތެއް ކަމެވެ.
އެމެރިކާގެ ޖޯޖިޔާގައި ޖުމްހޫރީ ޕާޓީގެ ވާގިވެރީންނާއެކު ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ވިދާޅުވަމުންދާ ގޮތަށް ބައިޑްނަކީ އޭނާގެ ދަރިކަލުން ހަންޓަރއާ އެކު ޔުކްރޭނުގައި "ބޮރިސްމާ" ނަކަށް ކިޔާ ކުންފުންޏެއް ހިންގަވާ ބޭފުޅުންތަކެކެވެ. ޓްރަމްޕް ތުހްމަތު ކުރެއްވި ގޮތުގައި މި ކުންފުނީގެ ތެރެއިން ލައިފާ ބައިޑްންގެ ޢާއިލާއިން ވިޔަފާރީގެ މަޝްރޫޢުތައް ދަނީ ތަރައްޤީ ކުރަމުންނެވެ.
ޓްރަމްޕް ވިދާޅުވިއެވެ. "މިހާރު އަހުރެމެންގެ ގުދަންތަކުގައި އުންޑައާއި ވަޒަނާއި އެމިޔުނިޝަނެއް ނެތެވެ. އެމިޔުނިޝަންތައް ހުރީ އެތާނގައެވެ. ޔުކްރޭންގައެވެ."
ޕެންޓަގަނުން ޔުކްރޭނަށް ޢަސްކަރީ އެހީ ދޭ ވާހަކަ ދައްކާއިރު އެމެރިކާގެ ޚާއްޞަ ބޭނުންތަކަށް ރިޢާޔަތް ކުރަމުންދާ ވާހަކަ ބުނެއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމުގައި އެމެރިކާގެ ޢަސްކަރީ ބާރު ވާނީ އަލުން ބިނާކުރައްވައިފައެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެން އަތުގައި ބައިވަރު އެމިޔުނިޝަން ހުށްޓެވެ. އަހުރެމެންގެ އަމިއްލަ ނަފްސު ޙިމާޔަތް ކުރުމަށް ޓަކައި މިހާރު ހުރީ ވަރަށް މަދު އެތިކޮޅެކެވެ."
ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ. "ޔުކްރޭނުން ބައިޑްނަށް ބައިވަރު އެއްޗެހިތައް ލިބިވަޑައިގަންނަވާތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ. އަހުރެމެން ސުވާލުކުރާންވީ ބައިޑްން ޔުކްރޭނަށް އެހާ ބޮޑަށް އެހީވެވަޑައިގަންނަވަނީ ކީއްވެގެން ހެއްޔެވެ؟"
ޓްރަމްޕް ވިދާޅުވިގޮތުގައި ވިޔަފާރީގެ އެފަދަ މުޢާމަލާތުތައް ހިނގަމުދާކަން ބައިޑްނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިޔަސް އެއީ ހިނގަމުންދާ ކަމެކެވެ.
ޓްރަމްޕް ބާރުލައްވާ ވިދާޅުވިގޮތުގައި އޭނާގެ ޒަޢާމަތުގައި ނަމަ ޔުކްރޭންގައި އެފަދަ އަރާރުމެއް ނުހިނގާނެއެވެ. މި އަންނަ އިންތިޚާބުގައި އޭނާއަށް ކާމިޔާބު ލިބިވަޑައިގަންނަވައިފިނަމަ 24 ގަޑިއިރުގެ ތެރޭގައި ޔުކްރޭން ހަނގުރާމަ ހުއްޓުމަކަށް ގެންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ވެރިކަމާ ޙަވާލުވެ ވަޑައިގަތުމުގެ ކުރިން އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެފަދަ ކަމެއް ކުރެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ އޭނާއެވެ.
އޭނާ ވިދާޅުވިއެވެ. "ތިން ވަނަ ބޮޑު ހަނގުރާމައެއް ފެށުނަކަ ނުދޭނަމެވެ. އާދައިގެ ޓޭންކް ހަނގުރާމައަކަށް ވިޔަކަ ނުދޭނަމެވެ. އަދި ނިޔުކްލިއަރ ހަނގުރާމައަކަށް ވިޔަކަ ނުދޭނަމެވެ."



advertisment