އެމެރިކާއާއި ޗައިނާއާ ދެމެދުގައި ގުޅުންތައް ދެމެހެއްޓުމަކީ އެމެރިކާގެ އައުލަވިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލުވިޑް އޮސްޓިން ވިދާޅުވެއްޖެއެވެ.
ރޮއެޓަރޒާ ވާހަކަފުޅު ދައްކަވަމުން އޮސްޓިން ހާމަކުރެއްވި ގޮތުގައި ޢަސްކަރީ ދާއިރާގެ ތެރޭގައި މަސްއަލަތައް ޙައްލުކުރުމަށް ތަބާވާން ޖެހޭ އާލިއްޔަތުގައި ބައިވެރިވުމަށް ޗައިނާއިން ސަމާލުކަން ނުދޭތީ ވޮޝިންގްޓަން ވަރަށް ކަންބޮޑުވެއެވެ. އެމެރިކާގެ ދިފާޢީ ވަޒީރު ބާރުލައްވާ ވިދާޅުވި ގޮތުގައި އަރާރުމެއް އުފެދުން މަނާކުރުމަށް ޓަކައި ޗައިނާއާއެކު ވާހަކަދެއްކުން ބޭއްވުމަކީ ޟަރޫރީ ކަމެކެވެ.
އޭނާ ވިދާޅުވިއެވެ. "ތައިވާން ކަނޑުއޮޅި މިހާރުގެ ޙާލަތުގެ މަތީގައި ބޭއްވުމަށް އަހުރެމެން މި ތިބީ ކަށަވެތިވެގެންނެވެ. ވަކިން އޮވެ އެއްވެސް ފަރާތަކުން މި ޙާލަތަށް ބަދަލުގެނައުމާ އަހުރެމެން ދެކޮޅުހަދަމެވެ." އިތުރަށް ވިދާޅުވިއެވެ. "އައު ފިނިހަނގުރާމައަކަށް ވޮޝިންގްޓަން މަސައްކަތެއް ނުކުރެއެވެ. ވާދަވެރިކަން ކޯޅުމަކަށް ބަދަލުވެގެން ނުވާނެއެވެ."
ކުއްލި ސަލާންކޮށްލުމެއް
ސިންގަޕޫރުގައި ބާއްވަމުންދާ އޭޝިޔާގެ ދިފާޢާއި ސަލާމަތީ ޝިންގްރެއްލާ މަންސާގެ އިފްތިތާޙީ ރަސްމިއްޔާތުގެ ތެރޭގައި އިއްޔެ ވަރަށް ކުއްލި ގޮތަކަށް އޮސްޓިން ވަނީ ޗައިނާގެ ދިފާޢީ ވަޒީރު ލީ ޝަންގް ފޫއާ ސަލާންކޮށްލައްވައިފައެވެ. (ފޮޓޯގައި)
އެމެރިކާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ޖެނެރަލް ޕެޓްރިކް ރައިޑަރ ހާމަކުރެއްވި ގޮތުގައި ދެ ވަޒީރުންގެ ސަލާންކުރެއްވުމަކީ އިއްތިފާޤީ ކަމެކެވެ. އެ ދެ ބޭފުޅުން އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ.
ޗައިނާ ރަޝިޔާ އަތުން ހަތިޔާރު ގަންނާތީ އެމެރިކާއިން ވަނީ 2018ގައި ޗައިނާގެ ދިފާޢީ ވަޒީރުގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމައިފައެވެ. އެހެނަސް ޕެންޓަގަން ބުނާގޮތުގައި މި ކަމުގެ ސަބަބުން ރަސްމީ މަސައްކަތްތައް ކުރުން މަނާވެގެން ނުވެއެވެ.
މި ސިޔާޤުގައި އެކްސިއޯސް އިންޓަރނެޓް ސައިޓް ބުނާގޮތުގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ޑިރެކްޓަރ މި ހުސްވި މޭ މަހު ޗައިނާއަށް ސިއްރު ދަތުރުފުޅެއް ކުރެއްވިއެވެ.
ޗައިނާ- އެމެރިކާ ގުޅުންތައް ރަނގަޅުވެގެން ދިޔުމަށް ރައީސް ބައިޑްން އުންމީދު ކުރެއްވިޔަސް ތައިވާނުގެ މަސްއަލައާ ހެދި ބޮޑު ދެ ބާރުގެ ދެމެދުގައިވާ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.
ޞުލްޙަޔާ ބެހޭ ދިރާސާތައް ކުރާ ސްޓޮކްހޮލްމުގެ މަރްކަޒު ބުނާގޮތުގައި ޗައިނާގެ ހަތިޔާރު ކޮށާރުގައި 350 ނިޔުކްލިއަރ ބޯ އެބަ އޮތެވެ. ރަޝިޔާ އަތުގައި 4،477 ނިޔުކްލިތަރ ބޯ އަދި އެމެރިކާ އަތުގައި 3،708 ނިޔުކްލިއަރ ބޯ އެބަ ހުއްޓެވެ.
މި ދިރާސާ ބުނާގޮތުގައި 2035 ވަނައަހަރާ ހަމައަށްދާއިރު ޗައިނާ އަތުގައި 2035 ނިޔުކްލުއަރ ބޯ އޮންނާނެއެވެ.



advertisment