Support Us

ރަޝިޔާއިން ޙަމަލާތައް ހޫނުކޮށްލައިފި

ރަޝިޔާއިން އިއްޔެ ހެނދުނު ޔުކްރޭންގެ ވެރިރަށް ކިޔީވަށް ވައިގެ ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ޔުކްރޭން ބުނާގޮތުގައި ރަޝިޔާއިން މި ޙަމަލާތައް ދީފައިވަނީ އިސްކަންދަރު މިސައިލް ބޭނުންކޮށްގެންނެވެ. 

ކިޔީވުން އެއްބަސްވިގޮތުގައި ޔުކްރޭންގެ ހުޅަނގު ބިތުގެ ޢަސްކަރީ ވެއްސަކަށް ވައިގެ ޙަމަލާތަކެއް ފުލުފުލުގައި ސިލްސިލާކޮށް ދިނުމުގެ ސަބަބުން އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން ޔުކްރޭނަށް ލިބެމުންދާ ގެއްލުންތައް ޢާންމުކޮށް ހާމައެއް ނުކުރެއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ކަށަވަރުކޮށްދިން ގޮތުގައި އިއްޔެ ރޭ ރަޝިޔާއިން ޙަމަލާދިން ހުރިހާ ލަޑުދަނޑިތަކެއް ވަނީ ފުނޑުފުނޑުކޮށް ނައްތައިލައިފައެވެ. މި ޙަމަލާތަކުގެ އަމާޒުތަކުގެ ތެރޭގައި ވައިގެ ބަނދަރުތަކާއި ރާޑަރު މަރްކަޒުތަކާއި ހަތިޔާރު ގުދަންތަކާއި މަތިންދާބޯޓުގެ ސްޕެއަރތައް ހިމެނެއެވެ. 

ފަރަންސޭސި ނޫސް އޭޖެންސީ ބުނިގޮތުގައި ގްރީނިޗް ގަޑިން 08:10 ހާއިރު ޔުކްރޭންގެ ވެރިރަށުގައި އިންޒާރުގެ ކަށިގަނޑު އެޅިގެން ދިޔައެވެ. މިއާ ވިދިގެން ބާރުގަދަ އެތައް އެއްޗެހިތަކެއް ފުލުފުލުގައި ގޮވަމުންދިޔަ އަޑު އިވުނެވެ. 

ކިޔީވްގެ މެޔަރ ހާމަކުރެއްވި ގޮތުގައި ސަހަރުގެ އެންމެ ކާރޫބާރޫ ބޮޑު ހިސާބުގައި އެއްޗެހިތައް ގޮވަމުންދިޔަ އަޑު އިވިވަޑައިގަތެވެ. ކިޔީވްގެ ޢަސްކަރީ އިދާރާ ބުނާގޮތުގައި އެ ރަށުގެ ވައިގެ ދިފާޢީ ނިޒާމުތައް ހިންގައިލައި ވެރިރަށް ދިފާޢީ ތައްޔާރީ ޙާލަތަށް ގެނެވުނެވެ. 

ކިޔީވްގެ މެޔަރ ހާމަކުރެއްވި ގޮތުގައި ވެރިރަށުގެ ތިން އަވަށަކަށް ރަޝިޔާގެ ޙަމަލާތައް އެރިއެވެ. މި ޙަމަލާތަކުގެ ސަބަބުން އެކަކު ހަސްފަތާލަށް ގެންދެވުނެވެ. އެތައް ތަނެއްގައި އަލިފާން ރޯވިއެވެ. 

ޔުކްރޭނުން ބުނާގޮތުގައި ރޫސީން މި ޙަމަލާތަކުން އަމާޒުކުރަނީ ޢާންމުންނަށެވެ. 

ޔުކްރޭން އެއްބަސްވުން

ރަޝިޔާއިން ހޯމަވިލޭރޭ ދަންވަރު ޔުކްރޭންގެ ހުޅަނގު ސަރަޙައްދެއް ކަމުގައިވާ ޚަމިލުނެޓްސްކީ އަށް ދިން ޙަމަލާގެ އަމާޒަކީ ޢަސްކަރީ ރަންވޭތަކާއި ހަތިޔާރު ގުދަންތަކެވެ. މި ސަރަޙައްދުގެ ކައުންސިލުގެ ޓެލެގްރާމު ޞަފްޙާ ބުނާގޮތުގައި އެ ސަރަޙައްދުގެ ޢަސްކަރީ އެތައް ވެހިތަކަކަށް ރަޝިޔާއިން އިއްޔެ ރޭ ދަންވަރު ޙަމަލާދިނެވެ. މި ޙަމަލާތަކުގެ ސަބަބުން ޢަސްކަރީ އާލަތްތަކަށާއި ސާމާނުތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. އަދި މި ޙަމަލާގެ ސަބަބުން އެތައް ރަންވޭއެއް ހަލާކުވިއެވެ. 

ޔުކްރޭންގެ ސިފައިންގެ ޢާންމު ކޮމާންޑަރު ވެލަރީ ޒަލޮޖްނީ އޭނާގެ ޓެލެގްރާމުގައި ލިޔުއްވާފައިވާ ބަޔާން ބުނާގޮތުގައި ރޫސީ ސިފައިން މިސައިލުން އިއްޔެ ރޭ ޙަމަލާތައް ދީފައި ވަނީ ކެސްޕިއަން ކަނޑުންނެވެ. އިއްޔެ ރޭގެ ޙަމަލާތަކުގައި 35 ޑްރޯނާއި 40 މިސައިލް ބޭނުންކޮށްފައި ވެއެވެ. ޒަލޮޖްނީ ހާމަކުރެއްވި ގޮތުގައި ޔުކްރޭން ސިފައިން އިއްޔެ 11 އިސްކަންދަރު މިސައިލް ވައްޓައިލިއެވެ. އޭނާ ވިދާޅުވިގޮތުގައި ވައިގެ ދިފާޢުތަކުން ހުރިހާ އަމާޒުތަކެއް ހަލާކުކޮށްލިއެވެ.

ކިޔީވްގެ  ޢަސްކަރީ އިދާރާ ބުނާގޮތުގައި އިއްޔެގެ ޙަމަލާއަކީ މި މަހު ރަޝިޔާއިން ކިޔީވަށް ދިން 15ވަނަ ޙަމަލާއެވެ. 

ކިޔީވްގެ މެޔަރ ވިދާޅުވިގޮތުގައި އިއްޔެ ރެއަކީ "ވަރަށް ބިރުވެރި ބުރަ ރެއެކެވެ." އޭނާ ވިދާޅުވިގޮތުގައި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނަސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *