Support Us

އިސްރާއީލު ސިފައިން ޢަސްކަރީ އާލަތްތަކާއެކު އަރީޙާގެ ފޭލިގެއަވަށަކަށް ވަދެއްޖެ

އިސްރާއީލު ސިފައިން ރޭ ދަންވަރު ހުޅަނގު އައްސޭރީގެ އަރީޙާގެ ފޭލިގެއަވަށެއް ކަމުގައިވާ ޢަޤަބާ ޖަބްރަށް ވަނުމުގެ ސަބަބުން ހިނގި ކުރިމަތިލުންތަކުގައި ފަލަސްޠީނުގެ އަށް މީހަކު ޒަޚަމުވެއްޖެއެވެ. މި މީހުންގެ ތެރެއިން އެކެއްގެ ޙާލު ވަރަށް ނާޒުކު ކަމަށް އެ ވުޒާރާއިން ބުންޏެވެ. 

އިސްރާއީލު ސިފައިން މި ފޭލިގެއަވަށަށް ރޭ އެރީ ހައްޔަރު ކުރަން ބޭނުންވާ ފަލަސްޠީނު ބަޔަކު ހިފުމަށް ޓަކައި ކަމަށް އިސްރާއީލުން ބުންޏެވެ. މި މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި އިސްރާއީލު ސިފައިން މި އަވަށަށް ވަނީ ސިފައިންގެ ޢަސްކަރީ ފަންސާހަކަށް އާލިއްޔަތާއި ދެ ޖައްރާފާއާ އެކުގައެވެ. އިސްރާއީލު ސިފައިން މި އަވަށަށް އެރީ ތަފާތު ނާރެސްތަކުންނެވެ. ބޭރުން މީހަކު އަތުވެދާނެތީ މި އަވަށުގެ މައި ދޮރޯށި ކައިރިން ބިންގަނޑު ކޮނެ ވަރަށް އުސްކޮށް ފަސްބާޑި ޖެއްސެވެ. 

އިސްރާއީލު ސިފައިން މި އަވަށަށް އަރައިގެތައް ޙިޞާރުކޮށް މަގުތައް ބަންދުކުރިއެވެ. އަދި ޝިކާރަވެރި ސިފައިން އަވަށުގެ އުސް ޢިމާރާތްތަކުގެ މައްޗަށް އަރައި ފާރަލުމަށް ތިއްބެވެ.

އދ އަށް ސިޓީތަކެއް

އިސްރާއީލުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފަލަސްޠީނުގެ ރަށްތަކަށް ދެމުންގެންގެންދާ ޢުދްވާނީ ޢަމަލުތައް ހުއްޓުވައިދިނުމަށް އެދި ފަލަސްޠީނުން ރޭ އދގެ ކިބައިން އެދިއްޖެއެވެ. އދގައި ހުންނަވާ ފަލަސްޠީނުގެ މަންދޫބު ރިޔާޟު މަންޞޫރު އދގެ އަމީންޢާންމު ޣުޓަރެޝަށާއި ސަލަމާތީ މަޖިލީހުގެ މި މަހުގެ ރައީސަށާއި (ސްވިޒަރލޭންޑް) އދގެ ޢާންމު ޖަމްޢިއްޔާގެ ރައީސް  ޗަބާ ކްރޯޝީއަށް ރޭ ސިޓީފުޅުތަކެއް ފޮނުއްވިއެވެ. އޭނާގެ މި ސިޓީފުޅިތަކުގައި އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ވަގަށް ނަގަމުންދާ ކަމާޢި ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި ފަލަސްޠީނުގެ ބިންތައް ފޭރިގަންނަމުންދާ ކަމާއި ފަލަސްޠީނު މީހުން ގަދަކަމުން އެމީހުންގެ ގޮވެތިގެދޮރުން ބޭރަށް ނެރެމުންދާކަން ފާހަގަ ކުރައްވައިފައި ވެއެވެ. 

ފަލަސްޠީނުގެ މަންދޫބު ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި އިދްރާއީލުން ޤުދްސުގެ ސިޔާދަތަށް އަރައިގަތުން ހުއްޓުވުމަށައި އެއީ ހުފައިފައިވާ ބިމެއްކަން ކަށަވަރުކޮށް ދިނުމަށް ގޮވައިލައްވައިފައި ވެއެވެ. ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުމަށް އިސްރާއީލުން ހަދަމުންގެންދާ އާބާދީތައް ހެދުން ކުށްވެރިކުރުމަށް އޭނާ ގޮވައިލެއްވިއެވެ. އެމެރިކާގެ ވީޓޯގެ ސަބަބުން ސަލާމަތީ މަޖިލިސް ވަނީ އިސްރާއީލު ކުށްވެރިކުރުމަށް ނުކުޅެދިފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *