Support Us

މައިކްރޯންގެ އުފެއްދުންތައް ޗައިނާއިން މަނާކޮށްފި

އެމެރިކާގެ މައިކްރޯން ޓެކްނޮލޮޖީ ކުންފުނިން އުފައްދާ ޗިޕަކީ ޗައިނާގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކާތެރި އެއްޗެހިތަކެއް ކަމަށް ޗައިނާއިން ބުނެފިއެވެ. ޗައިނާގެ ފަޒާއާ ބެހޭ އިލެކްޓްރޯނިކް އިދާރާއިން ހޯމަވިލޭރޭ ބުނިގޮތުގައި އެމެރިކާގައި ސެމިކޮންޑަކްޓަރ ޗިޕް އުފައްދާ އެންމެ ބޮޑު ކުންފުނި ކަމުގައިވާ މައިކްރޯން ޓެކްނޮލޮޖީން އުފައްދާ ޗިޕަކީ ޗައިނާގެ ބިނާރީ ވިއުގަތަކަށް ހުރި ސަލާމަތީ ނުރައްކަލެކެވެ.

މީގެ މާނައަކީ ޗައިނާގެ އަސާސީ ބިނާރުތަކުގެ މަޝްރޫޢުތަކުގައި އެމެރިކާގެ މި ކުންފުނިން އުފައްދާ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރާނެއެވެ. ދުނިޔޭގެ އިޤްތިޞާދީ ދެވަނަ ބާރުކަމުގައިވާ ޗައިނާއިން އެމެރިކާގެ ކުންފުންޏަކާ ދެކޮޅަށް މިފަދަ ފިޔަވަޅެއް އެޅުމުން އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކަށް ހަމަނުޖެހުމާއި ގަނޑުބަޑުކަން އަންނަމުންދާނެ ކަމަށް ރިޕޯޓަރުން ބުނެއެވެ.

ޗައިނާގެ ފަޒާއާ ބެހޭ އިލެކްޓްރޯނިކް އިދާރާ ބުނާގޮތުގައި އެ އިދާރާއިން މި މަސްއަލަ މުރާޖަޢާކުރި ކުރުމުން މައިކްރޯންގެ އުފެއްދުންތަކަކީ ޗައިނާގެ ވިއުގަތަކަށް ހުރި ސަލާމަތީ ޙަޤީޤީ ބިރެއްކަން ސާފުކޮށް އެނގިގެންދިޔައެވެ. ޗައިނާގެ ޙަޔަވީ މަޢުލޫމާތުތައް ނަޤްލުކޮށްދޭ ބިނާރުތަކުގެ ސަލާމަތީ ކަންތައްތަކަށް އެއީ ބޮޑު ބިރެކެވެ. އެކަމުގެ ސަބަބުން ޗައިނާގެ ޤައުމީ ސަލާމަތަށް ނުބައި އަސަރުތައް ކުރާނެއެވެ.

ޗައިނާގެ ފަޒާއާ ބެހޭ އިލެކްޓްރޯނިކް އިދާރާއިން މި ނުރައްކާތަކާ ބެހޭގޮތުން އެއްވެސް ތަފްޞީލެއް ނުދެއެވެ.

ބީބީސީއަށް އެމެރިކާގެ މައިކްރޯން ކުންފުނިން މަޢުލޫމާތު ދިން ގޮތުގައި "ޗައިނާގެ ފަޒާއާ ބެހޭ އިލެކްޓްރޯނިކް އިދާރާއިން ފާހަގަކޮށްފައިވާ ކަންތައްތަކާ ބެހޭ މަޢުލޫމާތު ވަނީ އެ ކުންފުންޏަށް ލިބިފައެވެ. އެ އިދާރާއިން މި ކަންތައްތައް ފާހަގަކޮށްފައި ވަނީ ޗައިނާގައި މައިކްރޯން ކުންފުނިން ވިއްކަމުންދާ ސާމާނުތައް ބަލައި ހެދުމަށް ފަހުގައެވެ."

އެ ކުންފުނިން ބުންޏެވެ. "އަހުރެމެން މި ދަނީ އެ މަސްއަލަ ބަލަމުންނެވެ. ޗައިނާ ސަރުކާރާއެކު މި ކަމާބެހޭގޮތުން ސައްލާކުރާން އަހުރެމެން ބޭނުންވެއެވެ."

އެމެރިކާ ސަރުކާރުން މިކަމާބެހޭގޮތުން ބުނިގޮތުގައި "ޗައިނާގެ މި ނޭއްގާނި ޢަމަލުގެ ސަބަބުން ސެމިކޮންޑަކްޓަރު ބާޒާރަށް އަންނަމުންދާ ގަޑުބަޑުތައް އެމެރިކާއާއި އެމެރިކާގެ ބައިވެރީން މި ދަނީ ދިރާސާކުރަމުންނެވެ."

އެމެރިކާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުންޏެވެ. "އެއްވެސް އަސާސެއްނެތް ކަމެއްގެ މައްޗަށް ބިނާކޮށް އަޅަމުންދާ ފިޔަވަޅުތަކާ އަހުރެމެން ވަރަށް ބޮޑަށް ދެކޮޅުހަދަމެވެ." މި ވުޒާރާއިން ބުނިގޮތުގައި އެމެރިކާގެ ކުންފުނިތަކާ ދެކޮޅަށް ޗައިނާއިން އަޅުމުންދާ ފިޔަވަޅުތަކަކީ ޗައިނާއިން މާރުކޭޓުތައް ހުޅުވައިލާނެކަމަށް ބުނާބުނުމާ ތަޢާރުޟުވާ ކަމެކެވެ.

އެމެރިކާއިން ވަނީ ޗައިނާގައި އުފައްދާ ސެމިކޮންޑަކްޓަރާ ދެކޮޅަށް އެތައް ފިޔަވަޅުތަކެއް އިސްވެ އަޅައިފައެވެ. އެހެންކަމުން މިއީ އެކަމަށް ރައްދު ދިނުމަށް ޓަކައި އެޅި ފިޔަވަޅަކަށް ވެދާނެއެވެ.

ޗައިނާއިން މި ފިޔަވަޅު އެޅީ ޖަޕާނުގައި ބޭއްވުނު ޖަމާޢާތް 7ގެ ސަމިޓަށް ފަހުގައެވެ. މި ސަމިޓްގައި ވަނީ ޗައިނާއިން "މަޖްބޫރުކުރުމުގެ އިޤްތިޞާދީ ސިޔާސަތެއް" ގެންގުޅޭކަމަށް ބުނެ ޗައިނާއާ ދެކޮޅަށް ފާޑުކިޔައިފައެވެ. ހީރޯޝީމާގައި ބޭއްވުނު މި ސަމިޓްގައި އެމެރިކާގެ މައިކްރޯން ޓެކްނޮލޮޖީގެ ތަންފީޒީ ރައީސް ބައިވެރިވެ ވަޑައިގަތެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެ ކުންފުނިން ޖަޕާނުގައި 3.6 ބިލިއަން ޑޮލަރު ފަންނިއްޔަތު ތަރައްޤީކޮށް ކުރިއެރުމަށް ޓަކައި ވުނަކުރާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *