Support Us

ބަޚްމޫތު ރޫސީ ސިފައިން ހިފައިފި: ޒިލެންސްކީ

އަށް މަސްދުވަހުގެ ދިގު ހަނގުރާމައަކަށް ފަހު ރޫސީ ސިފައިން ޔުކްރޭންގެ ބަޚްމޫތު ސަހަރު ހިފައިފިކަން ޔުކްރޭންގެ ރައީސް ޒިލެންސްކީ ކަށަވަރުކޮށްދެއްވައިފިއެވެ.

ޒިލެންސްކީ ވިދާޅުވިއެވެ. "އަހުރެމެންނަށް ބަޚްމޫތު ގެއްލިއްޖެއެވެ. ރޫސީން ވަނީ މުޅި އެ ސަހަރު ފުނޑުފުނޑުކޮށް ހަލާކުކޮށްފައެވެ. އެ ރަށުގައި އެއްވެސް އެއްޗެއް ނެތެވެ."

ޒިލެންސްކީ ވިދާޅުވިއެވެ. "ބަޚމޫތު ދެން އޮންނާނީ އަހުރެމެންގެ ހިތްތަކުގައެވެ. އެތާނގައި އެއްވެސް އެއްޗެއް ނެތެވެ."

ރައީސް ޒިލެންސްކީ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ޖަޕާނުގެ ހީރޯޝީމާގައި ޖަމާޢަތް 7ގެ ސަމިޓްގެ ހަވާސާމަތީގައި އެމެރިކާގެ ރައީސް ބައިޑްންގެ އަރިހުގައި އިންނަވައިގެންނެވެ.

މި ސަހަރު ހިފިއްޖެކަން ރަޝިޔާއިން އިއްޔެ ވަނީ އިޢުލާންކޮށްފައެވެ. ރިޕޯޓަރުން ސިފަކުރާގޮތުގައި މިއީ ޖަމާޢަތް 7އަށް މޮސްކޯއިން ދިން ހަދިޔާއެކެވެ. އަދި މިއީ ރަޝިޔާއާ ދެކޮޅަށް ކިތަންމެ ވަރަށް އެމެރިކާއާއި ހުޅަނގުން އެހީވިޔަސް ރަޝިޔާ ބަލިނުކުރެވޭކަން އަންގައިދޭ ވަރަށް ރަނގަޅު ދަލީލެކެވެ.

ޒިލެންސްކީ ވިދާޅުވިއެވެ. "މިއީ ވަރަށް ބޮޑު މުޞީބަތެކެވެ."

ބަޚްމޫތު ހިފުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ ރަޝިޔާގެ ވެގްނަރ ޖަމާޢަތުންނެވެ. ވެގްނަރ ޖަމާޢަތުގެ ރައީސް މިއަދު ދެއްވި ބަޔާނެއް ބުނާގޮތުގައި "ބަޚްމޫތު ސަހަރުގައި މީހުން ދިރިއުޅޭ އަވަށުގައި ތިބި ޔުކްރޭންގެ އެންމެ ފަހު މީސްކޮޅު ފައްސައި އެ އަވަށުން ނެރެ ބޭރުކޮށްލައިފީމެވެ."

އެމެރިކާގެ ޢަސްކަރީ އިތުރު އެހީ ކިޔީވަށް

ޖަޕާނުގައި ޒިލެންސްކީއާއެކު ރައީސް ބައިޑްން ބޭއްވެވި ބައްދަލުވުމުގައި ބައިޑްން ވަނީ އެމެރިކާ އިތުރު އެހީ ޔުކްރޭނަށް ދޭނެކަމަށް ވަޢުދުވެވަޑައިގަންފައެވެ. ބައިޑްން ވިދާޅުވިގޮތުގައި ކިޔީވްގެ ދިފާޢީ ޤާބިލުކަން ވަރުގަދަކޮށް ދިނުމަށް ޓަކައި ވޮޝިންގްޓަނުން ކުރެވެން އޮތްހާ ކަމެއް ކުރާނެއެވެ. އިތުރު އެހީގެ އައު ޕާރުސަލުގައި ބޮޑުބަޑިއާއި އާޓިލަރީ އުޅަނދާއި އުންޑައާއި އެމިޔުނިޝަން ހިމެނޭނެކަމަށް ބައިޑްން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *