Support Us

ހުރްމުޒު ކަނޑުއޮޅިތެރެއަށް ވަދެއުޅޭ މެރިކާގެ މަނަވަރަކަށް އިރާނުން ފާރަލާން ފަށައިފި

ހުރްމުޒު ކަނޑުއޮޅިތެރޭގައި ދަތުރުކުރަމުންދާ އެމެރިކާގެ ޔޫއެސްއެސް ޕޯލް ހެމިލްޓަން މަނަވަރަށް އީރާނުގެ އިންޤިލާބީ ފާރަވެރީން ފާރަލަމުންދާ ކަމަށް އީރާނުގެ ކަނޑުގެ ފުރަތަމަ ސަރަޙައްދުގެ ވެރިޔާ ހާމަކުރައްވައިފިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަނަވަރުގައި އެމެރިކާގެ ކަނޑުގެ ބާރުތަކުގެ އިސްވާރަކާއި ފަރަންސޭސިވިލާތުގެ ކަނޑުގެ ސިފައިންގެ އިސްވާރަކާއި އިނގިރޭސިވިލާތުގެ ކަނޑު ސިފައިން އިސްވާރަކު އެބަ ތިއްބެވިއެވެ. މި މަނަވަރު މި ކަނޑުއޮޅިތެރެއަށް ވަނީ އިއްޔެ ކަމަށް އީރާނުގެ މި އިސްވާރު ވިދާޅުވިއެވެ.

ތަސްނީމު ނޫސް އޭޖެންސީ ބުނާގޮތުގައި އީރާނުގެ ފުރަތަމަ ސަރަޙައްދުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ޢައްބާސް ޣުލާމު ޝާހީ ހާމަކުރެއްވި ގޮތުގައި ހުރްމުޒު ކަނޑުއޮޅިއާއި ގަލްފުގެ ތެރޭގައި ދަތުރުކުރާ ހުރިހާ އުޅަނދުތަކެއް ޙަރަކާތްތެރިވާ ގޮތް އީރާނުން 24 ގަނޑިއިރު ބަލައެވެ.

ޢައްބާސް ޣުލާމު ޝާހީ ވިދާޅުވިއެވެ. "އިރާނުގެ ފުރަތަމަ ސަރަޙައްދުގެ ކަނޑުގެ ބާރުތަކުން ޑްރޯނުންނާއި ޢަސްކަރީ ލޯންޗުތަކުން އެމެރިކާގެ މަނަވަރު ގަލްފުތެރެއަށް ހަމަ ވަނުމާއެކު އީރާނުން އޭއްޗަށް ފާރަލާން ފަށައިފިއެވެ."

މި ދިޔަ ހަފުތާގައި ވައިޓް ހައުސްގެ ޤައުމީ ސަލާމަތީ މަޖިލީހުގެ ތަރްޖަމާނު ޖޯން ކަރބީ ވިދާޅިވެފައިވާ ގޮތުގައި ގަލްފުގައި ދިފާޢީ ބާރުތައް ވަރުގަދަ ކުރުމަށް ޓަކައި އެމެރިކާއިން ފިޔަވަޅުތަކެއް އެޅުމަށް ވަނީ ރާވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޕޯލް ހެމިލްޓަންގެ ގުޅިފައިވާ ދަތުރަކީ އެމެރިކާއާއި އެމެރިކާގެ އެކުވެރީންގެ އުޅަނދުތައް ގަލްފުގައި މިނިވަންކަމާއެކު ދަތުރުފަތުރުކުރެވޭނެ މަގު އަމާންކޮށް ދެމެހެއްޓޭނެކަން ކަށަވަރުކޮށް ދިނުމަށް ކުރެވުނު ދަތުރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *