ހުޅަނގުން ޔުކްރޭނަށް ދިން ފަންވަރު ދެރަ ނިޔުކްލިއަރ އުންޑަތައް ރަޝިޔާ ސިފައިން ނައްތައިލުމުގެ ސަބަބުން ނިޔުކްލިއަރ ރޭޑިއޭޝަންގެ ވިލާގަނޑެއް އުފެދި މި ވިލާގަނޑު ޔޫރަޕާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.
ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އަމީން ޢާންމު ނިކޮލައި ޕެޓްރޮޝޭވް މި ކަން ހާމަކުރެއްވީ މިއަދު ރަޝިޔާގެ ސެކްޓީވްކާރު ސަހަރުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއަކީ މިފަދަ ބީދައިން ޤައުމުތަކަށް އެހީވެދީފައިވާ އަދި އެހީވެދެމުންދާ ޤައުމެކެވެ. އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން އެމެރިކާގެ ފަލަކުގައި އެނބުރޭ ޤައުމުތައް މި ވަނީ ފަންވަރު ދެރަ ނިޔުކްލިއަރ އުންޑަތަކާއި އެމިޔުނިޝަންތައް ދީފައެވެ. މީގެ ސަބަބުން ހަލާކުވެގެންދާނީ ހަމަ އެމީހުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުން ޔުކްރޭނަށް މި ދިން ފަންވަރުދެރަ ނިޔުކްލިއަރ ހަތިޔާރުތައް ފުނޑުފުނޑުކޮށްލުމުގެ ސަބަބުން އުފެދުނު ނިޔުކްލިއަރ ރޭޑިއޭޝަން ވިލާގަނޑު މިހާރު އެ ދަނީ އެ ޤައުމުތަކާ ދިމާއަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޕޮލެންޑްގައި ނިޔުކްލިޔަރ ރޭޑިއޭޝަންގެ މިންވަރު މިހާރު ވަނީ މައްޗަށް ގޮސްފައެވެ.
ރޫސީ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. "އެމެރިކާގެ ރައީސް ޖޯ ބައިޑްން ޖަމާޢަތް 7ގެ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމުމަށް ޓަކައި އިއްޔެ ވަނީ ޖަޕާނަށް ވަޑައިގަތްފައެވެ، އޭނާ ވަޑައިގެންނެވީ "ދީމުޤްރާޠީ ގިޔަމުތަކުގައި ހިފަހައްޓަން ޖެހޭނެ ކަމަށް" ގޮވައިލައްވާށެވެ. ޕެޓްރޯޝޭވް ވިދާޅުވި ގޮތުގައި މި ސަމިޓްގެ އެންމެ ބޮޑު ނިންމުމަކަށް ވާނީ ޔުކްރޭނަށް އިތުރު އެހީ ދިނުމެވެ.
އޭނާ އިތުރަށް ވިދާޅުވިއެވެ. "އެމެރިކާއިން ދަނީ ކީމާވީ ހަތިޔާރާއި ޙަޔަވީ ހަތިޔާރު އުފައްދައި ތަރައްޤީކުރަމުންނެވެ. މި ހަތިޔާރުތައް އުފައްދަނީ ޔުކްރޭން ފަދަ ބޭރު ޤައުމުތަކުގެ ފަސްގަނޑުގައެވެ."
އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން ހީރޯޝީމާއަށް އެޅި ޒައްރީ ބޮންތަކުގެ މަސްއަލައިގައި އެމެރިކާ އަދިވެސް މާފަކަށް ނޭދެއެވެ. އޭނާ ވިދާޅުވިއެވެ. "އެމީހުން މާފަކަށް ނޭދޭނެއެވެ. އެމީހުން ޖަޕާނު މީހުން ގާތުގައި ބުނާގޮތުގައި ޖަޕާނާ ދެކޮޅަށް ޒައްރީ ހަތިޔާރު ބޭނުންކުރީ ސޮވިއެޓް ޔުނިއަނުންނެވެ. އެމެރިކާއަކުން ނޫނެވެ."



advertisment