Support Us

ޗެލެންޖް އެގްޒިބިޝަން ރައީސްގެ ދެކަނބަލުން ބައްލަވައިލައްވައިފި

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފް.އެޗް.އޭ.އެމް)ގެ ގްލޯބަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2023 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުން މިއަދު ބައްލަވައިލައްވައިފިއެވެ.

މިމަހުގެ އަށަކުން 10ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މިއަހަރުގެ އެފް.އެޗް.އޭ.އެމްގެ ގްލޯބަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް ބައްލަވާ ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ކުރެއްވި ޒިޔާރަތުގައި މައުރަޒުގެ އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖު ކުރިޔަށްދާ ގޮތް ބައްލަވާލެއްވިއެވެ.

މިއަހަރުގެ މައުރަޒުގައި ހޮސްޕިޓާލިޓީ ދާއިރާއާ ގުޅުންހުރި ގިނަ އަދަދެއްގެ ބޭރުގެ ވިޔަފާރިތަކުން ބައިވެރިވެފައިވާއިރު ރާއްޖެއާ ބޭރުގެ ޖުމްލަ 50 ކުންފުންޏެއްގެ 110 ސްޓޯލް ބަހައްޓާފައިވެއެވެ. އަދި މިއަހަރުގެ ކަލިނަރީ ޗެލެންޖުގައި ރާއްޖޭގެ ރިޒޯޓްތަކާއި ހޮޓާތަކުން ޖުމްލަ 500އަށްވުރެ ގިނަ ޝެފުން ބައިވެރިވެއެވެ.

މިއަހަރު 120 ރިސޯޓަކުން 21 ކެޓަގަރީއެއްގައި ބައިވެރިން ވާދަކުރާއިރު އޭގެ ތެރޭގައި 11 ޤައުމެއްގެ ޓީމުތައް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *