އިންޑިއާގެ ނަންބަރު ޕްލޭޓެއް ޖަހައިގެން ހުޅުމާލޭ ދެވަނަ ފޭހުގެ މަގުތަކުގައި ބޮޑު ލޮރީއެއް ދުއްވާތަން ފެނިއްޖެއެވެ.
ރޭ 11 ޖެހި ފަހުން، ރީނދޫ ކުލައިގެ މި ބޮޑު ލޮރީ ދުއްވާފައި ދިޔަތަން ފެނުނު "އަދިވެސް"ގެ ނޫސްވެރިން ބުނީ، އެ ލޮރީގެ ކުރިއާއި ފަހަތުގައި ވެސް ރާއްޖޭގެ ރަޖިސްޓްރީ ނަންބަރު ޕްލޭޓެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ހުރީ ޓެމިލްނާޑޫގެ ނަންބަރު ޕްލޭޓެއް ކަމަށެވެ.
އެ ލޮރީ ދަނިކޮށް "އަދިވެސް"ގެ ނޫސްވެރިން ނަގައިފައިވާ ފޮޓޯ އާއި ވީޑިއޯއިން ފެންނަ ގޮތުގައި ލޮރީގެ އަރިމައްޗާއި ކުރިމަތީގައި "ރެނާޓަސް" ޖަހައިފައި ވެއެވެ. އެއީ، ހުޅުމާލޭގައި ފްލެޓް އަޅާ އިންޑިއާ ކުންފުންޏެކެވެ. އަދި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ހަދަން ދާދި ފަހަކުން ހަވާލުކޮށްފައިވަނީ ވެސް އެ ކުންފުންޏާ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނު ބުނާގޮތުން އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އެއްވެސް އުޅަނދެއް ބޭނުންކުރަންޖެހޭނީ ޓްރާންސްޕޯޓު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެންނެވެ. އެ ގާނޫނުގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި، ނައިބު ރައީސް އާއި ރައްޔިތުންގެ މަޖިލިސްގެ ރައީސް އާއި އުއްތަމަ ފަނޑިޔާރާއި، ރާއްޖެ ޒިޔާރަތްކުރައްވާ ބޭރު ގައުމުތަކުގެ ވެރިންނާއި އެ ފެންވަރުގެ އިއްޒަތްތެރިން ދުއްވާ އުޅަނދުފަހަރުގައި ނަންބަރު ޕްލޭޓުގެ ބަދަލުގައި ހުންނާނީ ދައުލަތުގެ ނިޝާނެވެ. އެހެން ހުރިހައި އުޅަނދެއްގައި ޓްރާންސްޕޯޓުން ކަނޑައަޅާ މިންގަނޑަކަށް ހަދައިފައިވާ ހުންނަ ނަންބަރު ޕްލޭޓެއް ހުންނަންޖެހޭނެއެވެ. އިންޑިއާގެ ނުވަތަ، ބޭރުގެ އެހެން ގައުމެއްގެ ނަންބަރު ޕްލޭޓް ޖަހައިގެން އާންމު އުޅަނދުތައް ރާއްޖޭގެ މަގުތަކުގައި ދުއްވޭނެ ކަމަކަށް އެ ގާނޫނަކު ނެތެވެ.
"މި ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ އުޅަނދެއްގައި، މިނިސްޓްރީން ކަނޑައަޅާ ނަންބަރެއް، ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ." ގާނޫނުގައިވެއެވެ. އަދި މި އުސޫލާ ޚިލާފުވެއްޖެ ނަމަ ޖޫރިމަނާކުރެވޭނެ ކަމަށް ވެސް ގާނޫނުގައި އޮވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ކަހަލަ މަސައްކަތް ކުރަމުން ގެންދާ އިންޑިއާ ކުންފުނިތަކުން ދުއްވާ އުޅަނދުފަހަރު ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް، އަދި އެއްވެސް ނަންބަރު ޕްލޭޓެއް ނެތި އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވަމުންދާކަމުގެ ޝަކުވާ، އެ އުޅަނދުތަކުގެ ފޮޓޯތަކާއެކު މީސްމީޑިއާގައި އަބަދުވެސް ދައުރުވަމުންދެއެވެ.
India ge Tamil Nadu ge registration number plate eh jahaigen HML PH-2 gai bodu lorry eh 12 Feb 2023 ge rey dhuvvanee… pic.twitter.com/ncMpsL7UC6
— adhives.mv (@AdhivesOnline) February 12, 2023



advertisment
One Response
ތިޔައީ އަދުގެ ސަރުކާރުގެ ހާލަތު، ސަރުކާރަށް ތިޔަކަން އެގޭ، ފޮލިހުންނަށްވެސް އެގޭ، އިންޑިޔާގެ ދަށުވެފައިވާ މިންވަރު