ޔުކްރޭނުގެ ސިފައިން މިހާރު ކުރަމުންދާ ހަނގުރާމައަކީ ނޭޓޯގެ މަސައްކަތެއް ކަމަށް ޔުކްރޭނުގެ ދިފާޢީ ވަޒީރު އޮލަކްސީ ރެޒްނިކޯވް އެ ޤައުމުގެ 1+1 ޓީވީގައި ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވިއެވެ. "މިއަދު އަހުރެމެން މި ތަންފީޒު ކުރަނީ ނޭޓޯގެ މަސައްކަތެކެވެ. އެމީހުން ލެއެއް ނުއޮހޮރުވައެވެ. އެހެނަސް ލޭ އޮހޮރުވަނީ އަހުރެމެންނެވެ."
ޔުކްރޭނުގެ ދިފާޢީ ވަޒީރު ވިދާޅުވިއެވެ. ހުޅަނގުގެ ސިޔާސީ ބޭފުޅުން ކިޔީވާމެދު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ "އެއީ ތަހްޒީބީ ދުނިޔެއާއި ހުޅަނގު ޙިމާޔަތްކޮށްދޭ ޙަޤީޤީ އައްޑަނައެކެވެ."
އޭނާ އެއްބަސްވެ ވަޑައިގެންނެވި ގޮތުގައި އެކަނިމާއެކަނި ޙަޟާރަތުގެ މައިދާނުގައި ހަނގުރާމަކުރަމުންދާއިރު އަހުރެމެންނަށް ބަރޯސާވާން ޖެހިފައި މި ވަނީ ހުޅަނގުގެ ތަނަވަސްކަމުގެ މައްޗަށެވެ.
މޮސްކޯއިން ތުހްމަތު ކުރަމުންދާ ގޮތުގައި ޔުކްރޭނުގެ މަސްއަލައިގެ ލަގަން އޮތީ ނޭޓޯ އަތުގައެވެ. ނޭޓޯއިން ބޭނުންވަނީ ރަޝިޔާ ނިކަމެތިކޮށް ފަނާކޮށްލުމަށެވެ. ރޫސީ ރައީސް ޕޫޓިން ވިދާޅުވާ ގޮތުގައި "އަހުރެމެން އެކަން ކުރުމަށް ނޭޓޯ ދޫކޮށެއް ނުލާނަމެވެ." ކްރެމްލިންގެ ނޫސް ސެކްރެޓަރީ ޑިމިޓްރީ ބިސްކޯވް ވިދާޅުވާ ގޮތުގައި ނޭޓޯ ބޭނުންވަނީ އެންމެ ފަހު މީހާއަށް ދާންދެން ކިޔީވް ހަނގުރާމަ ކުރުމަށެވެ.
ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް "ޢަސްކަރީ ޚާއްޞަ ޙަމަލާތަކެއް" ފެށީ މިދިޔަ ފެބްރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ރައީސް ޕޫޓިން ވިދާޅުވާ ގޮތުގައި މި ޙަމަލާގެ އަމާޒަކީ ޑޮންބާސް މިނިވަންކުރުމާއި ރަޝިޔާގެ އަމާންކަން ޖާމިނުކޮށްދޭ މާޙައުލެއް ޤާއިމުކުރުމެވެ.



advertisment