Support Us

ދެ ދުވަހަށް ހަނގުރާމަ ހުއްޓަން ޕޫޓިން އިޢުލާން ކުރެއްވުމުން ޔުކްރޭނުން ޤަބޫލެއްނުކުރި

ރަޝިޔާ ތަބާވާ އޮތޮޑްކްސް މަޒްހަބާ އެއްގޮތަށް ޢީސާގެ ފާނުގެ ޢީދު މީލާދު (ކްރިސްމަސް) ފާހަގަ ކުރުމަށް ޓަކައި ރައީސް ޕޫޓިން ޔުކްރޭން ހަނގުރާމަ ދެ ދުވަހުގެ މުއްދަތަށް ހުއްޓައިލުމަށް އަމުރުކުރައްވައިފިއެވެ. ނަމަވެސް ޔުކްރޭނުން މި ކަން ޤަބޫލެއް ނުކުރިއެވެ.

ޔުކްރޭންގެ ރައީސް ޒިލެންސްކީ (ޔަހޫދީއެއް) ވިދާޅުވި ގޮތުގައި މޮސްކޯގެ މި ޢަމަލަކީ މުނާފިޤުކަމެކެވެ. ވޮޝިންގްޓަނުން މިއީ މުހިއްމު ކަމެއް ނޫންކަމަށް ބުނެ އެކަމުގެ އަގު ވަނީ ވައްޓައިލައިފައެވެ.

އދގައި ހުންނަވާ ރޫސީ މަންދޫބުގެ ނައިބު ޑިމިޓްރީ ޕޮލިޔަންސްކީ ވިދާޅުވާ ގޮތުގައި ރައީސް ޕޫޓިންގެ މި ހަދިޔާ ޤަބޫލުނުކުރުމުން "ކިޔީވް ސަރުކާރު އޮތީ އެ ޤައުމުގެ ރައްޔިތުން ޤުރްބާންކުރުމަށް ތައްޔާރުވެގެން ކަން ވަރަށް ރަނގަޅަށް އެނގިއްޖެއެވެ." އޭނާ ވިދާޅުވި ގޮތުގައި ރައީސް ޒިލެންސްކީ މި ކަންތައްތައް މި ކުރައްވަނީ ހުޅަނގުގެ ޖިއޯ ސިޔާސީ މަޤްޞަދުތައް ޙާޞިލުކޮށް ދެއްވުމަށް ޓަކައެވެ.

ޔުކްރޭނުގެ ސިޔާސަތު

ބުރާސްފަތިދުވަހު ހަވީރު ރައީސް ޒިލެންސްކީ ވިދާޅުވިގޮތުގައި އޮތޮޑްކްސް މަސީހީންނަށް ކްރިސްމަސް ފާހަގަކުރާށޭ ކިޔައިފާ ދެ ދުވަހަށް ހަނގުރާމަ ހުއްޓައިލާ ވާހަކައަކީ އޮޅުވައިލުމެކެވެ. މި ކަމުގެ ބޭނުމަކީ ޔުކްރޭން ސިފައިން ޑޮންބާސް ސަރަޙައްދުގައި ކުރިއަރަމުންދާ ދިޔުން ހުއްޓުވައިލުމެވެ. އަދި އިތުރު ސިފައިންނާއި ހަތިޔާރު އެ ސަރަޙައްދަށް ގެނައުމަށް ވަގުތު ހޯދުމެވެ. ޒިލެންސްކީ ވިދާޅުވިގޮތުގައި ހަނގުރާމަ ހުއްޓޭނީ ރޫސީ ސިފައިން ޔުކްރޭނުން ފޭބުމުންނެވެ. ނުވަތަ ފައްސައިލެވުމުންނެވެ.

މިއަދު މެންދުރުފަހުން ފެށުނު ވަގުތީ ގޮތުން ހަނގުރާމަ ހުއްޓުމާ ބެހޭ ރަޝިޔާގެ ނިންމުމާ  ދެކޮޅަށް ފާޑުކިޔަމުން ވޮޝިންގްޓަނުން ބުނީ އެއީ "މަލާމާތް ރައްދުވާ ފަދަ ކަމެކެވެ." ވައިޓްހައުސް ބުނާގޮތުގައި ޔުކްރޭން ހަނގުރާމަ މިހާރު އޮތީ ވަރަށް ނާޒުކު ފިޔަވައްސެއްގައެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ބައިޑްން ވިދާޅުވާ ގޮތުގައި އެމެރިކާއިން ޔުކްރޭނަށް އިތުރު އެހީތައް ދޭނެއެވެ. ރައީސް ބައިޑްން ވިދާޅުވި ގޮތުގައި ހަނގުރާމަ ދެ ދުވަހަކަށް ޕޫޓިން މި ހުއްޓައިލައްވަނީ "ނޭވާއެއް ލައްވާނެ ފުރްޞަތެއް" ތަނަވަސް ކުރައްވާށެވެ. ބައިޑްން ވިދާޅުވި ގޮތުގައި އޭނާ ރައީސް ޕޫޓިންގެ ބަސްފުޅުތަކަށް ކޮމެންޓް ކުރައްވާ ހިތްޕުޅެއް ނުވެއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވިގޮތުގައި ރަޝިޔާއިން ހަނގުރާމަ ހުއްޓަން ބޭނުންނަމަ ޔުކްރޭނުގެ ބިންތަކުން ފައިބަން ޖެހޭނެއެވެ. 

އެމެރިކާގެ އިތުރު އެހީ ކިޔީވަށް

އެމެރިކާގެ އިސް މަސްއޫލުވެރިއަކު ޖަޒީރާއަށް ވިދާޅުވިގޮތުގައި އެމެރިކާއިން ޔުކްރޭނަށް ބްރެޑްލީ މަރުކާގެ 50 އާޓިލަރީ އުޅަނދު ވަރަށް އަވަހަށް ފޮނުވާނެއެވެ. މި އުޅަނދުތަކާއެކު ޓޭންކާ އިދިކޮޅު 500 މިސައިލް ވެސް ފޮނުވާނެއެވެ. މީގެއިތުރަށް އެމެރިކާއިން ޔުކްރޭނަށް 25 މިލިމީޓަރުގެ 250 ހާސް އުންޑަ ވެސް ފޮނުވާނެއެވެ. 

އެމެރިކާގެ އިތުރަށް ޖަރްމަނުންނާއި ފަރަންސޭސިވިލާތުން ވެސް ޔުކްރޭނަށް ހަތިޔާރުގެ އިތުރު ޕާރުސަލްތަކާއި ޝިޕްމެންޓްތައް ފޮނުވާނެކަމަށް ވަނީ އިޢުލާންކޮށްފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *