Support Us

ބިން ޣަފީރު އަޤްޞާ މިސްކިތަށް ވަދެގަތުން އެތެރެއިންނާއި ބޭރުން ކުށްވެރިކޮށްފި

އިސްރާއީލުގެ ޤައުމީ އަމްނާބެހޭ ވަޒީރު އީތުމާރު ބިން ޣަފީރު މިއަދު ހެނދުނު އަޤްޞާ މިސްކިތަށް ވަންވަނުމާ ދެކޮޅުހަދާ އެތެރެއާއި ބޭރުގެ އަޑުތައް ގަދަވާން ފަށައިފިއެވެ.

އިސްރާއީލުގެ ބަރްލަމާނުގެ އިދިކޮޅު މެންބަރުން ސިފަކުރެއްވި ގޮތުގައި ބިން ޣަފީރުގެ ޢަމަލަކީ "އިސްރާއީލުގެ އަމްނަށް ބިރުހުރި ޖެއްސުންކުރުމުގެ ޢަމަލެކެވެ."

އުރްދުންގެ ޚާރިޖިއްޔާއިން އިސްރާއީލުގެ ސަފީރު ގެންގޮސް މި ޢަމަލު ކުށްވެރިކޮށް އިޙްތިޖާޖުގެ ނޯޓެއް ޙަވާލުކުރިއެވެ.

އިސްރާއީލުގައި ހުންނަވާ އެމެރިކާ ސަފީރު މި ޙާދިސާއަށް ކޮމެންޓް ކުރައްވާ ވިދާޅުވި ގޮތުގައި އަޤްޞާ މިސްކިތުގެ މިއަދުގެ ޙާލަތަށް ބުރޫއަރާފާނެ އެއްވެސް ކަމެއް ކުރުމަކީ އެކަމާ ވޮޝިންގްޓަން ދެކޮޅުހަދާ ކަމެކެވެ.

ބިން ޣަފީރުގެ ޖެއްސުންކުރުމުގެ މި ޢަމަލު ކުށްވެރިކޮށް އިސްލާމީ ޖިހާދު ޖަމާޢަތުން ބުނިގޮތުގައި މިއީ ފަލަސްޠީނު މީހުންނަށް ދިން ޢުދްވާނެކެވެ. ފަޅައިގެން ހިނގައިދާނެ ފަދަ ޙާލަތަކަށް މިއަދުގެ ޙާލަތު ގެންދިޔުމުގެ މަސްއޫލިއްޔަތު އިސްރާއީލުން ތަޙައްމުލުކުރަން ޖެހޭނެއެވެ.

ޙަމާސް ޖަމާޢަތުން ބުނިގޮތުގައި ބިން ޣަފީރު އަޤްޞާ މިސްކިތަށް ވަންވަނުމަކީ އިސްލާމީ މުޤައްދަސާތުތަކަށް އިސްރާއީލުން ދެމުންގެންދާ ޢުދްވާނާއި ޤުދުސާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިނުލައި ކުރިއަށް ގެންދާކަމުގެ ހެތްކެކެވެ.

ފަލަސްޠީނުގެ ޚާރިޖިއްޔާއިން ބިން ޣަފީރުގެ ޖެއްސުންކުރުމުގެ މި ޢަމަލު ކުށްވެރިކޮށް ނެރުނު ބަޔާން ބުނާގޮތުގައި މިފަދަ ޢަމަލުތަކުގެ ސަބަބުން ޙާލަތު ބަދަލުވެގެން ހިނގައިދާނެއެވެ.

އިސްރާއީލުގެ އިދިކޮޅު މެންބަރުން ބިން ޣަފީރު ކުށްވެރި ކުރައްވާ

އިސްރާއީލުގެ އިދިކޮޅު ލޭބަރ ޕާޓީގެ މެންބަރެއް ކަމުގައިވާ ނިޢާމާ ލާޒީމީ ވިދާޅުވިއެވެ. "ފުލުހުންނާ ބެހޭ ޤާނޫނު ބަދަލުކުރި ޖަލްސާގައި އަހުރެމެން ބުނި ފަދައިން ބިން ޣަފީރު އިސްރާއީލުގެ ޤައުމީ އަމްނަށް ސަމާލުކަމެއް ނުދެއެވެ. އޭނާ ބޭނުން ވަނީ އޭނާގެ ސިޔާސީ އެޖެންޑާއަށް ޓަކައި އޭނާގެ ބާރު ވަރުގަދަ ކުރާށެވެ. މި މޮޔަ މީހާއަކީ އިސްރާއީލުގެ ދާޚިލީ އަމްނާ ބެހޭ ވަޒީރުކަން ޤަބޫލުކުރަން މަށަށް ދައްޗެވެ."

އިސްރާއީލުގެ ބަރްލަމާނުގައި ޢަރަބީން ތަމްސީލުކުރައްވާ މެންބަރެއް ކަމުގައިވާ އަޙްމަދުއް ޠަޔިބީ ވިދާޅުވާ ގޮތުގައި "އަޤްޞާއަށް ވަނުމުގެ ނަތީޖާ ވަރަށް ހިތިވާނެއެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެންނަށް ފެނުނީ ރޭގަނޑު ވަގަކު ވަންނަގޮތަށް ވަން މީދަލެކެވެ. މި މިސްކިތަކީ ހަމައެކަނި މުސްލިމުންގެ ތަނެކެވެ."

އިސްރާއީލުގެ އިދިކޮޅު ލޭބަރ ޕާޓީގެ މެންބަރެއް ކަމުގައިވާ ޖިލްޢާދު ކާރީފު ވިދާޅުވިއެވެ. "މާތް ޙަރަންފުޅަށް ނުވަނުމަކީ ޙަމާސަށް ބޯލެނބުމެއް ކަމަށް ބިން ޣަފީރު ބުނުމުން ސަލާމަތީ މުއައްސަސާ ކަނަކަށް ކޮށްޕައިލެވިއްޖެއެވެ. މަސްއަލައަކީ ހަމައެކަނި ޙަމާސުގެ ކަމެއްނޫނެވެ. މިއީ ޢަރަބި ޤައުމުތަކާއެކު އޮތް ގުޅުމާ ވެސް ބެހޭ ކަމެކެވެ."

އިދިކޮޅު ޕާޓީއެއް ކަމުގައިވާ "އެތާނގައި ކުރިމަގެއް އެބައޮތް" ޕާޓީގެ މެންބަރެއް ކަމުގައިވާ މީޚާލް ޝޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. "މި ޢަމަލުން ސަރުކާރުގައި ނަތަންޔާހޫގެ ނިކަމެތިކަން ހާމަވެއްޖެއެވެ."

"އިސްރާއިލަކީ އަހުރެމެންގެ ގެ" ޕާޓީގެ ޒަޢީމު ލިބަރމަން އިސްރާއީލު ރޭޑިއޯއަށް ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ. "ޙަމާސަށް ނަތަންޔާހޫއަކީ ފިނޑިއެއްކަން އެނގެއެވެ. އޭނާއަށް ބިން ޣަފީރު ވަކިކުރައްވާކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ."

ބިން ޣަފީރު މިއަދު ހެނދުނު އަޤްޞާ މިސްކިތަށް ވަނީ އިސްރާއީލުގެ ފުލުހުންގެ ވަރުގަދަ ޙިމަޔަތާއެކުގައެވެ. އޭނާ ވަނީ އެ މިސްކިތުގެ އަލްމަޣާރިބާ ދޮރުކޮޅުންނެވެ. އެއަށްފަހު މި މާތް މިސްކިތުގެ ގޯތިތެރޭގައި ބުރެއްޖަހައިލައިފާ ނުކުމެއްޖެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *