Support Us

އިސްރާއީލުން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ރަށަކަށް އަރައިފި

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ޖަނީނު ސަރަޙައްދުގެ ކަފްރު ދާނަށް މިއަދު އަރައި ޢުދްވާނީ ޙަމަލާތަކެއް ދީފިއެވެ.

އިސްރާއީލު ސިފައިން އެ ރަށަށް އެރީ ފަލަސްޠީނުގެ ފިދާއީއެއްގެ ގެ ތަޅައިލުމަށާއި ހައްޔަރުކުރާން ބޭނުންވާ ފަލަސްޠީނީންތަކެއް ހައްޔަރުކުރުމަށް ޓަކައެވެ. އިސްރާއީލު ސިފައިން މި ރަށަށް އަރައި ދިން ޢުދްވާނީ ޙަމަލާގައި ފަލަސްޠީނުގެ ދެ މީހަކު ޝަހީދުވެ އިތުރު އަށް މީހަކު ޒަޚަމުވިއެވެ. 

ފަލަސްޠީނުގެ ރަސްމީ ނޫސް އޭޖެންސީ (ވަފާ) ޖަނީނުގެ އިބްނު ސީނާ ހަސްފަތާލުގެ ޑިރެކްޓަރު ސާމިރު ޢަޠިއްޔާއާ ޙަވާލާދީ ބުނިގޮތުގައި ކަފްރު ދާނަށް އިސްރާއީލު ސިފައިން އަރައި ދިން ޙަމަލާގެ ސަބަބުން ފަލަސްޠީނުގެ ދެ މީހަކު ޝަހީދުވެ އަށް މީހަކު ޒަޚަމުވިއެވެ. 

ވަފާ ބުނާގޮތުގައި އިސްރާއީލުން ޝަހީދުކޮށްލި ދެ މީހުންގެ ތެރެއިން އެކަކީ 17 އަހަރުގެ ކުޑަކުއްޖެކެވެ. 

ތުރްކީގެ އަނާޟުލު ނޫސް އޭޖެންސީ ބުނާގޮތުގައި އިސްރާއީލު ސިފައިންގެ އެތައް ބަޔަކު ކަފްރުދާން ރަށަށް އެރީ ފަލަސްޠީނުގެ ދެ ފިދާއީން ކަމުގައިވާ އަޙްމަދު ޢާބިދާއި ޢަބްދުއްރަޙްމާނު ޢާބިދުގެ ގެ ތަޅައިލުމަށް ޓަކައެވެ. އިސްރާއީލު ސިފައިން މިހާރު ވަނީ އެ ގެ ޙިޞާރުކޮށްފައެވެ. މި ނޫސް އޭޖެންސީ ބުނާގޮތުގައި "ކަތީބަތު ޖަނީން" ނަމަކަށް ކިޔާ ފިދާއީ ޖަމާޢަތަކުން އިސްރާއީލު ސިފައިންނާ ކުރިމަތިލައި ޙަމަލާތައް ބަދަލު ކުރިއެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން އިސްރާއީލު ސިފައިންގެ އެތައް ބަޔަކު ޒަޚަމުވިއެވެ. މި ނޫސް އޭޖެންސީ ބުނާގޮތުގައި ޢާބިދުމެންގެ ގެއަށް އިސްރާއީލު ސިފައިން ވަދެގަތުމުގެ ތެރޭގައި އެ ގެއިން މާހިރު ހާނީ ޢާބިދު ނަމަކަށް ކިޔާ ޒުވާނަކު ހައްޔަރުކުރިއެވެ.

އަނެއްކޮޅުން ޖަނީނު ސަހަރުން ޚަބަރުދޭ ގޮތުގައި އެ ސަހަރުގެ ބައެއް މީހުން އިބްނު ސީނާ ހަސްފަތާލު ކައިރިއަށް ގޮސް އިސްރާއީލާ އިދިކޮޅެ ހިނގައިލުމެއް ފެށިއެވެ. މި ހިނގައިލުން ބޭއްވީ އިސްރާއީލު ސިފައިން ޝަހީދުކޮށްލި ދެ މީހުންގެ ޖަނާޒާއާއެކުގައެވެ.  ​​​​​​​

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *