Support Us

ޖަމާޢަތް 20ގެ ދާއިމީ މެންބަރުކަން އެފްރިކާއަށް ދިނުމަށް އެމެރިކާ ގޮވައިލައިފި

ޖަމާޢަތް 20ގެ ދާއިމީ މެންބަރަކަށް އެފްރިކާގެ އިއްތިޙާދު ހެދުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ގޮވައިލައްވައިފިއެވެ.

އޭނާ މި ކަމަށް ގޮވައިލެއްވީ ވޮޝިންގްޓަންގައި ބޭއްވުނު އެމެރިކާ- އެފްރިކާ ސަމިޓްގެ ފަހު ދުވަހުގައެވެ. މި ސަމިޓްގައި އެފްރިކާ ބަރޫދުގެ 49 ޒަޢީމުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ސަމިޓް ފެށުނީ ބުރާސްފަތި ދުވަހުއެވެ.

ސަމިޓްގެ ފަހު ދުވަހުގެ ޚިތާމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ބައިޑްން ވިދާޅުވިއެވެ. "ވަރަށް ދިގު ދުވަސްތަކެއް ފާއިތުވެއްޖެއެވެ. އެހެނަސް އެ ދުވަސް އަންނާން ވެއްޖެއެވެ."

ރައީސް ބައިޑްން ވިދާޅުވި ގޮތުގައި ކޮންގްރެސްއާއެކު އެއްބާރުލައްވައިގެން އެފްރިކާގެ މަޝްރޫޢުތަކަށް ޓަކައި މި އަންނަ ތިން އަހަރުގެ ތެރޭގައި 55 ބިލިއަން ޑޮލަރު ހޭދަކުރެވޭނެއެވެ. މި އެހީގެ ބޭނުމަކީ އެފްރިކާގެ 2063 ގެ އެޖެންޑާއަށް އެހީވުން ކަމަށް ބައިޑްން ވިދާޅުވިއެވެ. މި ފައިސާ ޚާއްޞަ ކުރެވޭނީ އެފްރިކާ އެންމެ އިސްކަންދޭ ކަންތައްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ބައިޑްން ހާމަކުރެއްވި ގޮތުގައި އޭނާ ރާއްވަވަމުން މި ގެންދަވަނީ އެފްރިކާ ޞަޙަރާގެ ދެކުނު ޤައުމުތަކަށް ދަތުރުފުޅެއް ކުރެއްވުމަށެވެ. މިއީ 2015ގެ ފަހުން އެމެރިކާގެ ރައީސަކު އެފްރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް ބައިޑްން ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ ހުރިހާ މުއްސަސާތަކެއްގައި އެފްރިކާ ބަރޫދު ތަމްސީލު ކުރެވެން ޖެހޭނެއެވެ.އޭގެ ތެރޭގައި ސަލާމަތީ މަޖިލީހާއި ޖަމާޢަތް 20 އޭނާ ފާހަގަ ކުރެއްވިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑްން މި ހުސްވި ސެޕްޓެންބަރު އދގެ ޢާންމު ޖަމްޢިއްޔާގައި ވާހަކަފުޅު ދައްކަވަމުން ސަލާމަތީ މަޖިލީހުގައި އެފްރިކާ ތަމްސީލުވާ ގޮތަށް އެ މަޖިލީހުގެ ނިޒާމު އިޞްލާޙު ކުރުމަށް ގޮވައިލެއްވިގޮވައިލެއްވުމަށް ތާއީދު ކުރައްވާ އެފްރިކާ– އެމެރިކާ ސަމިޓްގައި ރައީސް ބައިޑްން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ބައިޑްން ވިދާޅުވިއެވެ. "ދުނިޔޭގެ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދެކެވޭ ކޮންމެ ކޮޓަރިއެއްގައި ބެހެއްޓޭ ވާހަކަދެއްކުމުގެ ކޮންމެ މޭޒެއްދޮށުން އެފްރިކާއަށް ޖާގަ ލިބެން ޖެހޭނެއެވެ."

އެސޯޝޭޓެޑް ޕްރެސް ބުނާގޮތުގައި އެފްރިކާއާއެކު އޮތް އިތުބާރުގެ ވަޅުގަނޑު ތިލަކުރުމަށް އެމެރިކާގެ އިދާރާތަކުން މަސައްކަތް ކުރާނެއެވެ. އެފްރިކާ ބަރޫދާ ބެހޭގޮތުން އެމެރިކާއިން ކަށަވެތިވާ ކަށަވެތިވުން ކުޑަކުރުމުގެ ސަބަބުން މި އިތުބާރުގެ ވަޅުގަނޑު ވަނީ ވަރަށް ބޮޑަށް ފުޅައުވެ ފުންވެފައެވެ. ރަޝިޔާއާއި ޗައިނާގެ ނުފޫޒު އެފްރިކާގައި ގަދަވަމުން ދިޔުމަކީ އެކަމާމެދު އެމެރިކާ ވަރަށް ކަންބޮޑުވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *