ރަޝިޔާއިން ބޭރުކުރާ ލަކުޑިއާ ބެހޭ ޚާއްޞަ ކުންފުނިން ޔޫރަޕަށް ލަކުޑިއާއި ލަކުޑިން އުފައްދާ އެއްޗެހި ވިއްކުން ހުއްޓައިލައިފިއެވެ. މި ކުންފުނި ބުނާގޮތުގައި މި ތަކެތި ދެން ވިއްކޭނީ އޭޝިޔާއަށާއި މިޞްރަށެވެ.
މި ކުންފުނީގެ ރައީސް މީޚާއީލް ޝެމޮލިން ނޫސްވެރީންނަށް ވިދާޅުވިއެވެ. ރަޝިޔާގެ ލަކުޑި ކުންފުނި Segezha Group ން ޔޫރަޕަށް ލަކުޑިއާއި ލަކުޑީގެ އުފެއްދުން ވިއްކުން މި ދިޔަ ޖުލައި މަހުން ފެށިގެން ވަނީ ހުއްޓައިލައިފައެވެ. ޔޫރަޕަށް ވިއްކަން ހުރި އެއްޗެހި ވިއްކުނީ މިޞްރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔޫރަޕްގައި ހުރި އެ ކުންފުނީގެ ގޮފިތައް އަދި ބަންދެއް ނުކުރެވެއެވެ. އެހެނަސް އޭޖެންޓުންގެ މަސްއަލައަށް ޙައްލެއް ނުލިބެއެވެ.
ރަޝިޔާގެ ޞިނާޢަތާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ "ރަޙްމަތްތެރިނޫން ޤައުމުތަކަށް" ލަކުޑިއާއި ލަކުޑީގެ އުފެއްދުންތައް ވިއްކުން މަނާކޮށްފައެވެ. އެ ވުޒާރާ ބުނާގޮތުގައި މި ހުސްވި މަހު އެ ވުޒާރާއިން ވަނީ މިކަމާ ބެހޭ ޤާނޫނެއް އެކުލަވައިލައިފައެވެ.
ރަޝިޔާގެ މި ވުޒާރާ ބުނާގޮތުގައި މި އަހަރު ނިމުމުން ރަޝިޔާގެ ލަކުޑިއާޢި ލަކުޑީގެ އުފެއްދުންތައް ރަޙްމަތްތެރިނޫން ޤައުމުތަކަކަށް ނުލިބޭނެއެވެ. މި ލިސްޓުގައި އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކާއި އިނގިރޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާއާއި ނިވްޒީލެންޑްފަދަ އެމެރިކާގެ ފަލަކުގައި ދައުރުކުރާ ޤައުމުތައް ހިމެނެއެވެ.
ރަޝިޔާގެ މި ވުޒާރާ ބުނާގޮތުގައި ބަތޫލާ ލަކުޑިއަކީ ޔޫރަޕްގެ އިއްތިޙާދަށް ވަރަށް މުހިއްމު ރޯމާއްދާއެކެވެ. ރަޝިޔާ ބުނާގޮތުގައި އެއީ ކަރުދާސް އުފެއްދުމަށް ބޭނުންކުރާ އަސާސީ މާއްދާއެކެވެ.



advertisment