Support Us

އެންމެ އިސް އައުލަވިއްޔަތަކީ ފަލަސްޠީނު ޤަޟިއްޔާ: ޙަމާސް

ޙަމާސް ޙަރަކާތުގެ އައުލަވިއްޔާތުގެ ތެރޭގައި ހިމެނެނީ ފަލަސްޠީނުގެ ޤައުމީ އެއްބައިވަންތަކަން ޤާއިމުކުރުމާއި ޤުދުސާއި އަޤްޞާ ޙިމާޔަތްކުރުމާއި އަސީރުން މިނިވަންކުރުމާއި ޣައްޒާގެ ޙިޞާރު ނައްތައިލުން ކަމަށް ޙަމާސް ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ރައީސް އިސްމާޢީލު ހަނިއްޔާ ވިދާޅުވެއްޖެއެވެ.

އޭނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ޙަމާސް ޖަމާޢަތުގެ 37ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ޓީވީއިން ދެއްވި ޚިޠާބެއްގައެވެ. ޙަމާސް ޖަމާޢަތް ޤާއިމު ކުރީ 1987ވަނައަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހެވެ.

ހަނިއްޔާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އެންމެ އިސް އައުލަވިއްޔަތަކީ ފަލަސްޠީނު ޤަޟިއްޔާއެވެ. ފަލަސްޠީނުގެ ބިމާއި ފަލަސްޠީނުގެ ސަވާބިތުތަކާއި ޙައްޤުތަކަކީ އެކަތި އަނެކައްޗާ ވަކިކޮށްލެވޭނެ އެއްޗެހިތަކެއްނޫނެވެ. އަޅުގަނޑުމެންގެ ރައްޔިތުންގެ ޙައްޤުތައް ނައްތައިލާ އެއްވެސް ޙައްލެއް ބަލައެއް ނުގަނެވޭނެއެވެ."

ހަނިއްޔާ ވިދާޅުވިއެވެ. އަޅުގަނޑުމެންގެ އައުލަވިއްޔާތުގައި ދެވަނައަށް އޮތީ ޤުދުސެވެ. އޭނާ ވިދާޅުވި ގޮތުގައި ދުޝްމަނުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނާރެހަކީ ޤުދުސެވެ. މި ނާރެހުގެ ހުރިހާ މަލަތަކެއް ވަށައިލައިފައިވަނީ ޤުދުސާއެވެ. އޭނާ ވިދާޅުވިއެވެ. "މި ރަށަކީ ވެރިރަށެވެ. ޢަޤީދާއާއި ޤިބްލައާއި އުންމަތާއި ރައްޔިތުން ތަމްސީލުކޮށްދެނީ ޤުދުސެވެ."

ހަނިއްޔާ ވިދާޅުވި ގޮތުގައި ތިންވަނައަށް އައުލަވިއްޔަތު ދެވިފައި ވަނީ ދުޝްމަނާ ދެކޮޅަށް ކުރާ ޖިހާދަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޖިހާދަކީ ހަމައެކަނި ޝިޢާރެއް ނޫނެވެ. އަދި އެއީ ޚިޔާރެއް ވެސް ނުމެނޫންމެއެވެ. އެހެނަސް އެއީ ފަލަސްޠީނު ރައްޔިތުންގެ ޤަދަރެވެ. އޭނާ ވިދާޅުވިއެވެ. "ވަޠަނުގެ ހުރިހާ މަގުތަކެއް ދެމިގެންދަނީ މި ޖިހާދުގެ ތެރެއިންނެވެ."

ހަނިއްޔާ ވިދާޅުވި ގޮތުގައި އައުލަވިއްޔާތުގެ ލިސްޓްގައި ހަތަރު ވަނައަށް އޮތީ ޤައުމީ އެއްބައިވަންތަކަމެވެ. ސިޔާސީ ވަޠަނީ ޕްރޮގްރާމެއް އެކުލަވައިލައިގެން އިސްރާއީލުން ފަލަސްޠީނު ހިފައިފައި އޮތްއޮތުމާ ދެކޮޅަށް އިސްތިރާތީޖީ ޖިހާދަކަށް އެއްބަސްވުމެވެ.

ދެހާސް ހަތްވަނަ އަހަރުގެ ހޫނު މޫސުމުން ފެށިގެން ފަލަސްޠީނުގެ ސިޔާސީ މަސްރަޙާއި ޖޯގްރަފީ މަސްރަޙު ވަނީ ބައިބައިވެފައެވެ. ޣައްޒާގައި ޙަމާސުގެ ބާރު އޮތްއިރު ހުޅަނގު އައްސޭރީ އޮތީ ފަތަޙު ޖަމާޢަތުގެ ބާރެވެ. ފަލަސްޠީނު ސަރުކާރު ތަމްސީލު ކުރަނީ ފަތަޙަ ޖަމާޢަތުންނެވެ.

އިސްރާއީލުން އޮތީ 2007 އިން ފެށިގެން ޣައްޒާ ޙިޞާރުކޮށްފައެވެ. އެ ސަރަޙައްދުގެ އަހްލުވެރީންގެ ޙަރަކާތްތައް ވަނީ ޤައިދުކޮށްފައެވެ. އެ ސަރަޙައްދަށް ވެއްދޭ އެއްޗެއްސާއި އެތެރެ ކުރެވޭ އެއްޗެހި ވަނީ ޤައިދުކޮށްފައެވެ.

ހަނިއްޔާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތީ މިނިވަންކުރުމުގެ ފިޔަވައްސެވެ. އެއީ އުންމީދުގެ ފިޔަވައްސެވެ. އެއީ ފަލަސްޠީނުގެ ބިމުގައި އާރާސްތުކުރުމުގެ މަޝްރޫޢުތައް ހިންގޭނެ މަރްޙަލާއެވެ. އޭނާ ވިދާޅުވި ގޮތުގައި ސައްތައިގެ ޑީލު މިހާރު ވަނީ ސައްތައިގެ ތަފާލަށް ބަދަލުވެފައެވެ. އިސްރާއީލަކީ އަވަށްޓެރިއެއް ނޫނެވެ. އަދި އެއީ ރަޙްމަތްތެރިއެއް ވެސް ނޫނެވެ. ޤަޠަރު މޮންޑިޔާލުން އެކަން ދުނިޔެއަށް ފެނިއްޖެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *