Support Us

ޕޫޓިންގެ ވަރުގަދަ އިންޒާރެއް

މައިތިރިކުރުމުގެ ވަސީލަތަކީ ނިޔުކްލިއަރ ހަތިޔާރުން ތިބާގެ ޤައުމު ޙިމާޔަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން ކަމަށް ހީނުކުރުމަށް ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި "ދުޝްމަނުންނަށް އިސްވެ ޙަމަލާއެއް ދެވިދާނެކަމާމެދު ވިސްނުމަކީ ރަޝިޔާއަށް ހުރި ބިރެކެވެ."

ޕޫޓިން ވިދާޅުވިއެވެ. "މިސައިލް ޙަމަލާއަކަށް ހާސާ ވެދާނެކަމުގެ އިންޒާރީ ކަށިގަނޑު އެޅޭ ހިސާބުން އަހުރެމެންގެ އެތައް ސަތޭކަ މިސައިލްތަކެއް އުދުއްސައިގަންނާނެއެވެ. މި މިސައިލްތައް ހުއްޓުވައިލުމަކީ ކުރެވޭނެ ކަމެއްނޫނެވެ."

އޭނާ އިތުރަށް ވިދާޅުވިއެވެ. "އެކަމަށް ރައްދު ދެވޭނެއެވެ. މާނައަކީ ކޮބާ! މާނައަކީ ހަނގުރާމަމަތީ ބޯ ހުރި ދުޝްމަނުންގެ މިސައިލެއް ރަޝިޔާގެ ބިމަށް ވެއްޓިދާނެއެވެ. އެހިނދު އަހުރެމެންގެ އެތައް ސަތޭކަ މިސައިލްތަކެއް ޙަމަލާ ދިނުމަށް އުދުއްސައިގަންނާނެއެވެ. އޭރުން ދުޝްމަނުންގެ އެއްވެސް އެއްޗެއް ސަލާމަތަކުން ނޯންނާނެއެވެ. ސަތޭކަ މިސައިލަށް ހުރަސްއެޅުމަކީ ކުރެވޭނެ ކަމެއްނޫނެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ މައިތިރިއެވެ."

ޕޫޓިން ވިދާޅުވިއެވެ. "އެންމެފަހު ވަގުތުގައި ވެސް އަހަރެމެންނަށް ޙަމަލާއެއް ދެވިދާނެކަމަށް ޢަދުއްވަށް ހީވާނަމަ މި ހީކުރުމާ އެއްގޮތަށް އަހުރެމެން ދިފާޢީ ފިޔަވަޅުތައް އަޅާނަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *