ޗައިނާއިން އެ ޤައުމުގެ ނިޔުކްލިއަރު ބާރުތައް ފުޅައުކުރަމުން ތަރައްޤީކުރަމުންދާ ދުވެލީގެ ހަލުވިކަމުން އެކަމާމެދު އެމެރިކާ ކަންބޮޑުވާކަން ޕެންޓަގަނުން އިއްޔެ އިޢުލާނުކޮށްފިއެވެ.
ޕެންޓަގަން ބުނާގޮތުގައި 2035އާ ހަމައަށް ދާއިރު ޗައިނާގެ އަތުގައި މިހާރު ހުރި ނިޔުކްލިއަރ ހަތިޔާރުގެ ޢަދަދު ހަތަރު ގުނައަށް އިތުރުވެގެންދާނެއެވެ. މީގެ މާނައަކީ އެމެރިކާއާއި ޗައިނާއާ ދެމެދުގައި އޮތް ތަފާތު ވަރަށް އަވަހަށް ކުޑަވެގެން ހިނގައިދާނެއެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާގެ އަހަރީ ރިޕޯޓު ބުނާގޮތުގައި ޗައިނާ އަތުގައި މިއަދު ހަތަރު ސަތޭކައެއްހާ ނިޔުކްލިއަރު ބޯ އެބަ ހުއްޓެވެ. އަދި 2035 އަށް ދާއިރު މި އަދަދު 1500 އަށް އިތުރުވެގެންދާނެއެވެ. އެސޯޝޭޓެޑް ޕްރެސް ބުނާގޮތުގައި އެމެރިކާ އަތުގައި މިހާރު 3،750 ނިޔުކްލިއަރ ބޯ އެބަ ހުއްޓެވެ. މި ރިޕޯޓު އިންޒާރުކުރާ ގޮތުގައި މި ދުވެލީގައި ޗައިނާ ކުރިއަރަމުންދާނަމަ މި ސައްތައިގެ މެދެއްހާ ހިސާބަށްދާއިރު އެމެރިކާއާ ވާދަކުރުމުގެ ބާރު ޗައިނާއަށް ލިބޭނެއެވެ. މިއީ އެމެރިކާ އެކަމާމެދު ވަރަށް ޖެހިލުންވާ ކަމެކެވެ.
ޕެންޓަގަން ބުނާގޮތުގައި ޗައިނާއިން އެ ޤައުމުގެ މަޞްލަޙަތުތައް ޙާޞިލުކުރުމަށް ޓަކައި ޗައިނާގެ ޢަސްކަރީ ބާރުގެ މައްޗަށް ބަރޯސާވާނެއެވެ. މިއީ އެމެރިކާއާއި އެމެރިކާގެ ބައިވެރީންގެ ސަލާމަތީ މަޞްލަޙަތުތަކަށް އޭގެ ނުބައި އަސަރުފޯރުވާނެ ކަމެކެވެ.
ޕެންޓަގަން ބުނާގޮތުގައި ޗައިނާއިން އެ ޤައުމުގެ ޢަސްކަރީ ބާރުތައް ދުރު ސަރަހައްދުތަކުގައި ބޭނުންކުރުމުގެ ޤާބިލުކަން ހޯދުމަށް ޓަކައި އެ ޤައުމުގެ ޢަސްކަރީ ބޭސްތަކާއި ލޮޖިސްޓިކް ބިނާރުތައް ފުޅައު ކުރުމަށް މަސައްކަތް ކުރަމުން އެބަދެއެވެ.
ޕެންޓަގަން ބުނާގޮތުގައި ޗައިނާއަށް ޢާލަމީ ލޮޖިސްޓިކް ވިއުގައެއް ލިބުމަކީ ކުރިމަގުގައި އެމެރިކާގެ ޢަސްކަރީ ޢަމަލުތަކަށް ހުރަސްއެޅިގެންދާނެ ކަމެކެވެ. އެމެރިކާގެ މި ރިޕޯޓު ބުނާގޮތުގައި ޗައިނާގެ ކަނޑާއި އެއްގަމާއި ވައިގެ ޢަސްކަރީ މަސައްކަތްތައް ވަރުގަދަ ކުރުމަށް ޓަކައި ޗައިނާއިން ދަނީ ޢަސްކަރީ ލޮޖިސްޓިކް ސިންދަފާތު މަރްކަޒުތައް ބިނާކުރުމަށް ރާވަމުންނެވެ. ޗައިނާއިން ކުރިމަގުގައި އޭޝިޔާއާއި އެފްރިކާއާއި ޕެސިފިކް ކަނޑުގައި ޗައިނާގެ ޢަސްކަރީ ބޭސްތައް ޤާއިމު ކުރާނެއެވެ.



advertisment