Support Us

އިސްރާއީލުން ޣައްޒާގެ ތަންތަނަށް ވައިގެ ޙަމަލާތަކެއް ދީފި

މިއަދު ފަތިހު އިސްރާއީލުގެ ބާރުތަކުން ޣައްޒާއަށް ވައިގެ ޙަމަލާތަކެއް ދީފިއެވެ. މި ކަމުގެ ސަބަބުން ޣައްޒާގެ މެދުތެރޭ ސަރަޙައްދުން މިހާރު ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ.

ޖަޒީރާ ބުނާގޮތުގައި އިސްރާއީލުގެ ބާރުތަކުން މި ދިން މިސައިލް ޙަމަލާތަކުގެ އަމާޒަކަށް ހަދައިފައި ވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ މަޣާޒީ ފޭލިގެއަވަށެވެ. ޖަޒީރާ ބުނާގޮތުގައި އިސްރާއީލުން މި ސަރަޙައްދަށް 10 މިސައިލް ފޮނުވައިލައިފައި ވެއެވެ.

އިސްރާއީލު ސިފައިންގެ ތަރްޖަމާނު ބުނިގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން މި ޙަމަލާ ދިނީ ޣައްޒާގެ މެދުތެރޭގައި ހުންނަ ޙަމާސް ޖަމާޢަތުގެ ތަނަކަށެވެ. އިސްރާއީލު މި ޙަމަލާގެ ސަބަބުން ޣައްޒާގެ މެދުތެރޭ ހިސާބުތަކުން ކަރަންޓް ކަނޑައިގެނބް ދިޔައެވެ. މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ޚަބަރެއް ނެތެވެ.

ޖަޒީރާ ބުނާގޮތުގައި ފަލަސްޠީނުގެ ފިދާއީ ޖަމާޢަތްތަކުން އިސްރާއީލުގެ ބޯޓުތަކަށް ހުރަސްއެޅިއެވެ.

އިސްރާއީލު ސިފައިން ބުނާ ގޮތުގައި އިސްރާއީލުގެ ޔަހޫދީ އާބާދީތަކާ ދިމާއަށް ޣައްޒާއިން ރޭ މިސަިލެއް ފޮނުވައިލިއެވެ. އިސްރާއީލުގެ ދިފާޢީ ނިޒާމު "ދަގަނޑު ޤުއްބު"ން މި މިސައިލަށް ހުރަސްއެޅިއެވެ. މިއީ ތިން މަސް ދުވަސް ފަހުން ޣައްޒާއިން އިސްރާއީލުގެ ޔަހޫދީ އާބާދީތަކާ ދިމާއަށް ފޮނުވައިލެވުނު ފުރަތަމަ މިސައިލެވެ.އިސްރާއީލުން ބުނާގޮތުގައި ޣައްޒާގެ ދެކުނު ފަރާތުގައި ހަދައިފައިވާ ޔަހޫދީ ތިން އާބާދީއެއްގައި އިންޒާރު ކަށިގަނޑު ރޭ އެޅުނެވެ.

އިސްރާއީލުން ބުނާގޮތުގައި ޣައްޒާއިން ގޮވާ އެއްޗެހިތަކެއް ފޮނުވައިލެވޭތޯ ވެސް މަސައްކަތް ކުރިއެވެ. އެހެނަސް މި ތިނެތި ވެސް ވެއްޓިފައިވަނީ ޣައްޒާތެރެއަށެވެ.

މިއީ ބުރާސްފަތި ދުވަހު އިސްރާއީލުން ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢާތުގެ ޙަރަކާތްތެރިއަކު އަވަހާރަކޮށްލުމުން އެކަމަށް ފަލަސްޠީނުން ދިން ރައްދު ޙަމަލާއެއް ކަމަށް ބެލެވެއެވެ.

އިސްރާއީލުގެ ވެރިކަމަށް ހަރުކަށި ކަނާތު ފިޔައިގެ ޕާޓީތައް އިސްވި ވަގުތެއްގައި މި ދިން ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ މަސްރަޙު އަލުން ހޫނުވެގެން ހިނގައިދާނެ ކަމުގެ ބިރު އިތުރުވެއްޖެ ކަމަށް މުޙައްލިލުން ނިމުތު ކުރައްވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *