Support Us

އެމެރިކާއިން ދިން މިސައިލްތަކުން ޚަރސަންގެ ދާލަމެއް ހަލާކުކޮށްލަން ކިޔީވުން މަސައްކަތްކޮށްފި

އެމެރިކާއިން ޔުކްރޭނަށް ދިން ހައިމާރސް މިސައިލްތައް ބޭނުންކޮށްގެން ޔުކްރޭނުގެ ޚަރސަން ސަރަޙައްދުގެ ދާލަމެއް ހަލާކުކޮށްލުމަށް ކިޔީވުން މިއަދު މަސައްކަތް ކޮށްފިއެވެ. ކުއްލި ޚިދްމަތްތަކާ ބެހޭ ރަޝިޔާގެ އިދާރާ ބުނާގޮތުގައި ކިޔީވުން ޙަމަލާދޭން މަސްއަކަތްކޮށްފައިވަނީ އެންޓޮނެވްސްކީ ދާލަމަށެވެ. ޔުކްރޭނުން ފޮނުވައިލި 12 މިސައިލްގެ ތެރެއިން ނުބަ މިސައިލަށް ރޫސީ ދިފާޢީ ބާރުތަކުން ހުރަސްއެޅިއެެވެ. އަނެއް ތިން މިސައިލް ވެއްޓިފައި ވަނީ މި ދާލަމާ ކައިރި ހިސބަކަށެވެ.

ޚަރސަންގައި އޮންނަ ރޫސީވިލާތަށް ތާއީދު ކުރާ ސަރުކާރު ބުނާގޮތުގައި ޔުކްރޭން ސިފައިންގެ އަމާޒަކީ ޚަރސަންގެ ބިނާރުތަކެވެ. މި އިދާރާއިން ބުނާގޮތުގައި ޔުކްރޭން ސިފައިން ތައްޔާރުވަމުން ދަނީ ޚަރސަނަށް ވަރުގަދަ ޙަމަލާއެއް ދެވޭތޯއެވެ.

ޚަރސން ސަރަޙައްދުގެ އިދާރާގެ ނައިބު ރައީސް ކެރިލް ސްޓްރީމޯސޯވް ވިދާޅުވި ގޮތުގައި މި ސަރަޙައްދަށް ޙަމަލާއެއް ދެވޭތޯ ކިޔީވުން މަސައްކަތް އެބަ ކުރެއެވެ. މި ޙަމަލާ ވަރަށް ފުޅައުކޮށް ދޭނެއެވެ. އޭނާ ވިދާޅުވިއެވެ. ޔުކްރޭންގެ އައު ނާޒީން ވަރަށް ކައިރި މުސްތަޤްބަލެއްގައި ޚަރސަނަށް ފުޅައު ދާއިރާއެއްގައި ޙަމަލާތައް ދިނުމަށް ދަނީ ތައްޔާރުވަމުންނެވެ. އައު ނާޒީ ލަޝްކަރުގައި ވަރަށް ގިނަ ޢަދަދަކަށް ކުލީ ސިފައިން އެބަ ތިބިކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި  "އަހުރެމެންގެ ލަޝްކަރުު މާ ވަރުގަދަ ވާނެއެވެ."

ސްޓްރީމޯސޯވް ވިދާޅުވި ގޮތުގައި "އަހުރެމެން ވާނީ ދިފާޢީ އެތައް ސަފުތަކެއް ބިނާކޮށްފައެވެ. މި ވަގުތު މައިދާން އޮތީ އަހުރެމެންގެ ބާރުގެ ދަށުގައެވެ."

ޚަރސަންގެ ދިފާޢީ ސަފުތައް ފޫއަޅުވައިލުމަށް ޓަކައި ޔުކްރޭނުން ދެމުންދާ ޙަމަލާތައް ވަނީ ނާކާމިޔާބުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ޑޮނެޓްސްކް ޖުމްހޫރިއްޔާގެ މީޑިއާ ވަޒީރުގެ ނައިބު ޑެނިއަލް ބިޒަސޮނޯވް ވިދާޅުވާ ގޮތގައި ކިޔީވުން ދަނީ 40 ހާހާއި 60 ހާހާ ދެމެދުގެ ޢަދަދަކަށް ސިފައިން ޚަރސަން ސަރަޙައްދަށް ޖަމާކުރަމުންނެވެ. އެހެނަސް ރޫސީ ސިފައިން ތިބީ ވަރުގަދަ ހަނގުރާމައެއް ކުރާން ތައްޔާރުވެގެންނެވެ.

މި ދިޔަ ހުކުރު ދުވަހު ޔުކްރޭނުން ވަނީ ސިވަސްޓިޕޯލް ސަރަޙައްދަށް ޑްރޯނުން ވަރުގަދަ ޙަމަލާއެއް ދީފައެވެ. އެއީ ރަޝިޔާގެ ކަޅުކަނޑުގެ ފްލީޓުގެ މައި މަރްކަޒު ހުންނަ ސަރަޙައްދެވެ.

ސިވަސްޓިޕޯލް ސަރަޙައްދުގެ ގަވަރުނަރު މީޚާއީލް ރިޒަވޯގައިވް އޭނާގެ ޓެލެގްރާމު އެކައުންޓުގައި ލިޔުއްވައިފައި ވެއެވެ. "މިއަދު ފަތިހު 4:40 އިން ފެށިގެން އެތައް ގަޑިއެއް ވާންދެން ޑްރޯނުން މި ސަރަހައްދަށް ޙަމަލާތައް ދެމުން އެބަ ގެންދިޔައެވެ. އަހުރެމެންގެ ވައިގެ ދިފާޢުތަކުން ވަނީ މި ހުރިހާ ޑްރޯންތަކަކަށް ހުރަސްއަޅައި ވައްޓައިލައިފައެވެ."

ރަޝިޔާއިން ހާމަކުރި ގޮތުގައި ބައެއް ޙަމަލާތަކުގެ އަމާޒަކަށް ވެފައި ވަނީ ކަޅު ކަނޑުގައި އޮންނަ ރޫސީ ކަނޑުގެ ފްލީޓެވެ. ބަނދަރުގައި އޮތް ބޯޓުތަކަށް ވެސް މި ޙަމަލާ އަމާޒުކޮށްފައި ވެއެވެ. މި ބޯޓުތަކަކީ އދ ގެ ބެލުމުގެ ދަށުން ތުރްކީ މެދުވެރިވެގެން ގޮވާން ބޭރުކުރުމަށް ޓަކައި ރަޝިޔާއާއި ޔުކްރޭން އެއްބަސްވެފައިވާ އެއްބަސްވުމުގައި ހިމެނޭ އުޅަނދުތަކެކެވެ. ރަޝިޔާ ބުނާގޮތުގައި އޭގެތެރެއިން އުޅަނދަކަށް ކުޑަކޮށް ގެއްލުން ލިބުނެވެ.

މި ޙަމަލާއާ ވިދިގެން މޮސްކޯއިން ވަނީ މި އެއްބަސްވުމަށް ޢަމަލު ކުރުން ހުއްޓައުލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *