Support Us

"ޗައިނާ އިން ރަޝިޔާއަށް ވާގިވެރިވާނެ"

"ދަތިތައް ގިރާކުރުމަށާއި ބޮޑު ބާރެއްގެ ގޮތުގައި ރަޝިޔާގެ މަޤާމު ދެމެހެއްޓުމަށް" ޗައިނާއިން ރަޝިޔާއަށް ވާގިވެރިވާނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

މި ކަން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވަށް ކަށަވަރުކޮށް ދެއްވީ މިއަދު އެ ދެބޭފުޅުން ފޯނުން ބައްދަލު ކުރެއްވުމުގެ ތެރޭގައެވެ. ރަޝިޔާގެ އާރުޓީ ނޫސް އޭޖެންސީ ބުނިގޮތުގައި މި ކަމަށް ޗައިނާ ކަށަވެތިވާ ކަމަށް ޗައިނާގެ ވަޒީރު ވިދާޅުވިއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. "ރަޝިޔާގެ ތަރައްޤީގެ އިސްތިރާޖީ ލަޑުދަނޑިތައް ޙާޞިލުކޮށް ދިނުމަށާއި ހުރިހާ ދަތިތަކެއް ގިރާކުރުމަށް ބޭޖިންގުން ރަޝިޔާއަށް ވާގިވެރިވާނެއެވެ." ޗައިނާގެ މިނިސްޓަރ ވާންގް ޔީ ވިދާޅުވިއެވެ. "ރައީސް ވްލަޑިމީރު ޕޫޓިންގެ ޒަޢާމަތުގެ ދަށުގައި ރޫސީވިލާތުގެ ރައްޔިތިުންނަށް ހުރިހާ ދަތިތަކެއް ގިރާކުރެވޭނެއެވެ.ހުރިހާ ހުރަސްތަކެއް ގިރާކޮށް ތަރައްޤީގެ އިސްތިރާޖީ ލަޑުދަނޑިތައް ޙާޞިލުކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑު ބާރެއްގެ ގޮތުގައި ރަޝިޔާގެ މަޤާމު ވަރުގަދަކުރުމަށް ބޭނުންވާ ފިޔަވަޅުތައް ކުރިއަށް އެޅޭނެއެވެ."

ގުޅުންތައް ފުންކޮށް ވަރުގަދަ ކުރުން

ވާންގް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޒަމާނާ އެއްގޮތަށް ތަރައްޤީ ކުރުމަށް ޓަކައި މަސައްކަތް ކުރުމުގެ ޙައްޤު ޗައިނާއަށާއި ރަޝިޔާއަށް ލިބިގެން ވެއެވެ." އޭނާ ވިދާޅުވި ގޮތުގައި ޗައިނާއާއި ރަޝިޔާ ކުރިއަށް ދިޔުމަށް ހުރަސްއަޅައި ކޮންމެ މަސައްކަތެއް ނާކާމިޔާބު ވެގެންދާނެއެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ރަޝިޔާއާއެކު ހުރިހާ މައިދާނެއްގައި ހުރިހާ ފެންވަރެއްގައި ގުޅުންތައް ފުންކޮށް ވަރުގަދަ ކުރުމަށް ބޭޖިންގ ވަނީ ޢަޒްމު ކަނޑައަޅައިފައެވެ."

ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި "ހަމަޖެހުމެއް ނެތް ދުނިޔެއަށް ހަމަޖެހުން ގެނެވޭނީ ޗައިނާ –- ރަޝިޔާ ގުޅުންތައް ރަނގަޅުކޮށްގެންނެވެ. އެ ގުޅުންތައް ބަދަހިކޮށްގެންނެވެ. މި ކަމުގެ ސަބަބުން ޗައިނާއާއި ރަޝިޔާގެ ރައްޔިތުންނަށް ފައިދާ ލިބޭނެތެވެ."

ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ޗައިނާގެ ކޮމްޔުނިސްޓް ޕާޓީގެ 20ވަނަ ބައްދަލުވުން ހަމަ ނިމުނުމުން ރައީސް ޕޫޓިން ޕާޓީގެ އަމީން ޢާންމު ޝީ އަށް ތަހްނިޔާގެ ޚާއްޞަ މެސެޖެއް ފޮނުއްވިއެެވެ. ރަޝިޔާއާ ޗައިނާއާ ދެމެދުގައި އޮތް އިތުބާރުގެ ބޮޑުކަން މި ކަމުން ހާމަވެގެން ދިޔަ ކަމަށް ޗައިނާގެ ވަޒީރު ވިދާޅުވިއެވެ.

ޔުކްރޭންގެ މަސްއަލައަށް އިންސާފުވެރި ޙައްލެއް ގެނައުމަށް ރަޝިޔާއިން ކުރާ މަސައްކަތަށް ބޭޖިންގުން ލިބެމުންދާ ތާއީދަށް ޓަކައި ޗައިނާގެ ޒަޢާމަތަށް ރޫސީ ވަޒީރު ޝުކްރު އަދާކުރެއްވިއެވެ. ފްރާންސް ޕްރެސް 24 ބުނާގޮތުގައި "ކިޔީވުން މި ޙައްލަށް ހުރަސް އަޅަމުންދާތީ" ލެވްރޯވް އެ ކަން ކުށްވެރި ކުރެއްވިއެވެ.

މި ހުސްވި ސެޕްޓެންބަރު މަހު އުޒްބަކިސްތާނުގެ ވެރިރަށް ސަމަރުގަންދުގައި ބޭއްވުނު ޝަންހައި އެއްބާރުލުމުގެ ސަމިޓްގައި ރައީސް ޕޫޓިން ރައީސް ޝީއާ ބައްދަލު ކުރެއްވިއެވެ.

ޔުކްރޭންގެ މަސްއަލައިގައި އެމެރިކާއިން ރަޝިޔާއަށް ފިއްތުންތައް ފިއްތަމުންދާ ގޮތަށް ތައިވާނުގެ މަސްއަލައިގައި އެމެރިކާއިން ދަނީ ޗައިނާއަށް މި ފަދަ ފިއްތުންތައް ފިއްތަމުންނެވެ.

ވޭތުވެދިޔަ 12 މަސް ދުވަހަށް ބަލާއިރު ޗައިނާއިން ޔުކްރޭނަށް ބޭރުކުރި މުދާ ވަނީ 75% ދަށަށް ގޮސްފައެވެ. އަދި 2019 އާއި 2020ގައި ވިޔަފާރީގެ މައިދާނުގައި ޔުކްރޭނުގެ އެންމެ ބޮޑު ބައިވެރިއަކީ ޗައިނާއެވެ.

ޔުކްރޭނުގެ މަސްއަލައިގައި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކާ ވިދިގެން ރަޝިޔާއިން ވަނީ އޭޝިޔާއާ ދިމާއަށް މިސްރާބު ބަދަލުކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *