Support Us

ނާއިޝް ނަސީމަށް އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު އިނާމު ހަވާލުކޮށްދެއްވަނީ  -ފޮޓޯ: އަހުމަދިއްޔާ

އަޙްމަދިއްޔާގެ ސާނަވީ އެންމެ މޮޅު ދަރިވަރަކަށް ނާއިޝް ނަސީމް

އަޙްމަދިއްޔާ ސްކޫލްގެ 2020-2021 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާދަމް ނާއިޝް ނަސީމް ހޮވައިފިއެވެ.

ރޭ ބޭއްވި އަޙްމަދިއްޔާގެ ސާނަވީ ބައިގެ އިނާމު ދިނުމުގެ ހަފްލާގައި ނާއިޝް އަށް އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާނު މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރެވެ.

މިއަހަރު އަޙްމަދިއްޔާގެ 12 އެލްގައި ކިޔަވަމުންދާ ނާއިޝް ވަނީ އޯލެވެލް ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުމުގެ އިތުރުން ބިޒްނަސް އިން ރާއްޖޭގެ އެއްވަނަ ވެސް ހޯދާފައެވެ.

ހއ. ކެލާ ޝައިޚް އިބްރާހީމް ސްކޫލުން، އަޙްމަދިއްޔާ ގްރޭޑް އަށަކަށް ބަދަލުވި ނާއިޝް އަކީ އޭރުވެސް މިހާރުވެސް އަޚްލާޤް ރަނގަޅު، ތޫނުފިލި، މޮޅު، ހުނަރުވެރި ދަރިވަރެކެވެ. ކިޔެވުމުގެ އިތުރުން ޤުރުއާން މުބާރާތްތަކާއި ރާޒުވާގައި ވެސް ވިދާ ނަމެކެވެ. ބާސްކެޓާއި ކެރަމްގައި ވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ތަފާތު އެކި ޤުރުއާން މުބާރާތްތަކުންނާއި ރާޒުވާ މުބާރާތްތަކުން ރަންވަނަތަކެއް ހޯދާފައިވާ ދަރިވަރެކެވެ.

ކިޔެވުމަށް އެންމެ މޮޅު ދަރިވަރު އަންޖަލް ޢަގީލަށް އިނާމު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު. ފޮޓޯ: އަޙްމަދިއްޔާ
ރޭގެ ޖަލްސާގައި ކިޔެވުމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަންޖަލް މުހައްމަދު އަގީލަށާއި، އަޙްމަދިއްޔާ ސްކޫލްގެ ގަދަ ފަހެއްގައި ހިމެނުނު ދަރިވަރުންނަށާއި، ގައުމީ ގަދަ ދިހައެއްގައި ހިމެނުނު އަޙްމަދިއްޔާގެ 66 ދަރިވަރުންނަށާއި އެންމެ ރަނގަޅު ނަތީޖާ ހޯދި މުދައްރިސުންނަށް ވެސް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވެއެވެ. ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަންގެ ނައިބު ޝަރުމާ ނަޞީރާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ސަޢީދުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި ޔުނިވަރސިޓީތަކުގެ ބައެއް ލެކްޗަރާއިންނެވެ.
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *