އަޙްމަދިއްޔާ ސްކޫލްގެ 2020-2021 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާދަމް ނާއިޝް ނަސީމް ހޮވައިފިއެވެ.
ރޭ ބޭއްވި އަޙްމަދިއްޔާގެ ސާނަވީ ބައިގެ އިނާމު ދިނުމުގެ ހަފްލާގައި ނާއިޝް އަށް އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާނު މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރެވެ.
މިއަހަރު އަޙްމަދިއްޔާގެ 12 އެލްގައި ކިޔަވަމުންދާ ނާއިޝް ވަނީ އޯލެވެލް ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުމުގެ އިތުރުން ބިޒްނަސް އިން ރާއްޖޭގެ އެއްވަނަ ވެސް ހޯދާފައެވެ.
ހއ. ކެލާ ޝައިޚް އިބްރާހީމް ސްކޫލުން، އަޙްމަދިއްޔާ ގްރޭޑް އަށަކަށް ބަދަލުވި ނާއިޝް އަކީ އޭރުވެސް މިހާރުވެސް އަޚްލާޤް ރަނގަޅު، ތޫނުފިލި، މޮޅު، ހުނަރުވެރި ދަރިވަރެކެވެ. ކިޔެވުމުގެ އިތުރުން ޤުރުއާން މުބާރާތްތަކާއި ރާޒުވާގައި ވެސް ވިދާ ނަމެކެވެ. ބާސްކެޓާއި ކެރަމްގައި ވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ތަފާތު އެކި ޤުރުއާން މުބާރާތްތަކުންނާއި ރާޒުވާ މުބާރާތްތަކުން ރަންވަނަތަކެއް ހޯދާފައިވާ ދަރިވަރެކެވެ.




advertisment