Support Us

ތައްޔާރީ ހާލަތަށްޓަކައި ޕޫޓިން ރަޝިޔާގެ ޗާޓު ކުރައްސަވައިފި

ރަޝިޔާއިން ޔުކްރޭނުގައި ހިންގަމުންދާ ޢަސްކަރީ ޚާއްޞަ މަސައްކަތަށް ޓަކައި ރައީސް ޕޫޓިން އޭނާގެ ޤައުމު ތައްޔާރީ ހަތަރު ޙާލަތަކަށް ބައްސަވައިލައްވައިފިއެވެ. މިއަދުން ފެށިގެން މި ޙާލަތުތަކާ އެއްގޮތަށް ރޫސީ އިއްތިޙާދުގައި ޢަމަލު ކުރާން ފެށިއްޖެ ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.

ރައީސް ޕޫޓިން މި ބެއްސެވި ޙާލަތުތަކާ އެއްގޮތަށް އެ ސަރަޙައްދުތަކުގައި ޢަމަލު ކުރާން މިއަދު ފެށިއްޖެ ކަމަށް ވެސް މޮސްކޯއިން ބުންޏެވެ.

ތައްޔާރުވާން ޖެހޭ ޙާލަތަށް ބައްލަވައި ޕޫޓިން ރަޝިޔާ ބައްސަވައިލެއްވީ ހަތަރު ސަރަޙައްދަކަށެވެ. އެއީ;

ފެހި ސަރަޙައްދު: މި ކުލައިގެ ދަށަށް ރަޝިޔާގެ ހުރިހާ ރަށްތަކެއް ވަދެއެވެ. މި ސަރަޙައްދުތަކުގައި ރައްޔިތުންނާއި މަދަނީ ތަންތަނާއި ޢަސްކަރީ ތަންތަނާއި ބިނާރުތައް ޙިމާތަތް ކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރެވޭނެއެވެ. އަދި ބިނާރުތައް ޙިމާޔަތްކުރުމަށާއި އެ ތަންތަނުން ދެވޭ ޚިދްމަތްތައް ޙިމާޔަތް ކުރުމަށް ޓަކައި ޚާއްޞަ ނިޒާމަކާ އެއްގޮތަށް އެ ތަންތަނުގެ މަސައްކަތްތައް ހަމަޖެއްސޭނެއެވެ.

ރީނދޫ ސަރަޙައްދު: މި ސަރަޙައްދުގައި ހިމެނެނީ ރޫސީ އިއްތިޙާދުގެ މެދުތެރޭ ސަރަޙައްދާއި ދެކުނު ސަރަޙައްދެވެ. ވެރިރަށް މޮސްކޯ ހިމެނެނީ މި ސަރަޙައްދުގެ ތެރޭގައެވެ. މި ސަރަޙައްދުގައި ތަންތަނަށް ގޮސްއުޅުމުގެ މިނިވަންކަން ޤައިދު ކުރެވޭނެއެވެ. އަދި ޓްރާންސްޕޯރޓްގެ ވަސީލަތްތައް ބަލައި ފާސްކުރެވޭނެއެވެ. މީގެއިތުރަށް ޢާންމުންނަށް ޚިދްމަތްދޭ ތަންތަނާއި ބިނާރުތައް ރަނގަޅަށް ބެލެހެއްޓޭނެއެވެ. ދިފާޢީ ބޭނުންތައް ފުއްދުމަށް ޓަކައި މި ތަންތަން ބޭނުންކުރެވޭނެއެވެ.

އޮރެންޖު ސަރަޙައްދު: މި ސަރަޙައްދުގައި ހިމެނެނީ ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކާ އިންވެގެން އޮންނަ އަށް ސަރަޙައްދެކެވެ. މި ސަރަޙައްދުތަކަށް ވަދެ ނުކުމެ އުޅުމަށް ވަނީ ޚާއްޞަ ޤަވާޢިދުތަކެއް ހަދައިފައެވެ. މި ސަރަޙައްދުތަކުގެ ޢާންމު ރައްޔިތުން އަމާން ތަންތަނަށް ބަދަލު ކުރާން ޖެހިއްޖެނަމަ ބަދަލު ކުރެވޭނެއެވެ.

ރަތް ސަރަޙައްދު: މި ސަރަޙައްދުގައި ހިމެނެނީ ރޫސީ އިއްތިޙާދަށް ވައްދައިފައިވާ ޔުކްރޭންގެ ކުރީގެ ހަތަރު ސަރަޙައްދު ކަމުގައިވާ ލޮގާންސްކާއި ޑޮނެޓްސްކާއި ޒަބަރޯޖިޔާއާއި ޚަރސޫނެވެ. މި ހަތަރު ސަރަޙައްދުގައި ވަނީ ކުއްލި ޙާލަތު އިޢުލާން ކޮށްފައެވެ. ފަރްދީ ޙައްޤުތަކާއި ޢާންމު މިނިވަންކަން ވަނީ ޤައިދު ކުރެވިފައެވެ. މި ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ޓަކައި މިހާރު ވަނީ ސަރަޙައްދީ ދިފާޢީ ޚާއްޞަ ބާރެއް އެކުލަވައިލެވިފައެވެ. މި ސަރަޙައްދުތަކުގައި ހަނގުރާމަ ހިނގަމުންދާ ކަމަށް ވެސް ޚަބަރު ލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *